ހދ.ކުޅުދުއްފުށިީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްްފުށީގައި މޫނު ނިވާކޮށްގެންް ތިބި ބަޔަކު އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކަށް ރަހީނުކޮށްގެން ގެންްގޮސް އަނިޔާކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 20:48 ހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ރަހީނުކޮށްގެން ގެންގޮސްފައި ވަނީ ކާރަކަށް އަރުވައިގެން ގެންގޮސްގެންނެވެ.

އެ މީހާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ، މިހާދިސާއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަަަމަށެވެ.

''ވަގުތު'' އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ، މާރާމާރީގައި އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި ކަމަށެވެ. އޭނާގެ ބޮލުގެ ކަނާތް ފަރާތުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ މިއަދު މެންދުރު އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.