ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން ހުޅުމާލެ ފޭސް ދޭއްއަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އެ މަސައްކަތް ކުރަމުން ދަނީ ދިވެހި ފުލުހުންނާއި، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން، އެމްޕީއެލްއާ ގުޅިގެންނެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނައިރު، ކޮވިޑާއި ގުޅިގެން ގައުމަށް ދާން ބޭނުންވެފައިވާ ބިދޭސީންނާއި، ގަވާއިދާއި ހިލާފަށް އުޅެމުން އަންނަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ގައުމަށް ފޮނުވާލާފައި ވެއެވެ.

އެމްޕީއެލްއިން މިއަދު ބުނީ، ‏ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން، ހުޅުމާލެ ފޭސް ދޭއް އަށް ގެންދިއުމުގައި އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ބިދޭސީން ގެންދަނީ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށެވެ.

އެމްޕީއެލްއިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެނިގެން ދަނީ ބިދޭސީންތަކެއް އެމްޕީއެލްގެ ބަސް ޓާމިނަލްގައި ތިބޭ ތަނެެވެ.

މިއީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެއެވެ.

ރާއްޖޭގައި ލައްކައަކަށްވުރެ ގިނަ ބިދޭސީން އުޅެމުން އަންނަ އިރު އެމީހުންގެ ގިނަ ބަޔަކު ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދިވެހި ދިދަ

  ވަރަށް ބޯބޮޑުކަމެއް..ދެން އެމީހުން މަގުމައްޗަށް ނުނިކުންނާނެ..އަނެއްކާވެސް ފިލާނީ.ހޭބަލިތަކާ!ހާދަމޮޅު ފިޔަވަޅޭ މިއަޅުއްވަނީ ޕީއެޗްޑީ ހޯލަޑަރުން... އޮހޮހޯ ސާބަހޭ

  8
  2
 2. Anonymous

  އެތަނަށް ގެންގޮސް އެމީހުން ލައްވާ މަސައްކަތްކުރުވަމުން ކެއުމުގެ ކަންތައް ހަމަޖައްސާ..މަސައްކަތްނުކުރުވާ ކާންދޭނެކަމެއްނެތް

  18
 3. ވިސްނާ

  މުސާރަ ދީފަ ކާން ދީފަ ބައިތިއްބާ .

  6
  5
 4. އަކުރަމް ކމލ

  ސަރުކާރުން ކާންދީ ބޯންދީ ބަލަހައްޓާނެ ކަމެއްނެތް. ވަގުތުން ޑީޕޯޓް/ސަރުކާރު ޕްރޮޖެކުޓް ތަކުގަ މަސައްކަތް ކުރުވާފަ ފުރުވޭވަރު ރުފިޔާ މުސާރަ ކޮޅުން ޓިކެޓް ހަރަދުކޮށްފަ/ މުސާރައިން ކާންދީފަ ޑީޕޯޓް ކުރަންވީ. އެންމެ ވޯކް ޕާމިޓަކަށް އެޖެންޓުން ގެނޭ 10/12 މީހުން. އެޖެންޓުންނާ އިމިގުރޭޝަން ގުޅިގެން ހިންގާ ޖަރީމާ. ބލއކ

 5. އިބުރާހިމް ކީރިތިކުރަވާ ސޯލިހު

  ފެން އެބީތާއިންނަ ދިވެހިރަތް އިތުންގެ ރުފިޔާއިން ކާންބޯން ދީ. މިހާރުވެސް މިއުޅެނީ ބަލިވާ ދިވެހިންނައް އަޅާނުލެވިގެން. މާ ދަމާ ބުނާނެ ސަރުކާރުން ދިވެހިރައްއިތުން ކޮވިޑުގަ ބިލިޔަނެއް ހަރަ ދުކުރީމޭ.

 6. ޑިމް

  ޢަޅެ މީ ގައުމެއްތަ؟ ޢިލީގަލް އިމިގްރެންޓްސް ނުވަތަ ގަވާއިދާ ހިލާފަށް މި ތަނަށް އެތެރެވެގެން އުޅޭމޯހުން މަގުތަކށް ނުކުތީމަ ހިމާޔަތްދީ، ބޯހޮޔާވަހިކަންދީ، ކާންދީ ބޯންދީ ބަލަހައްޓަނީ އެކަމް އުފަން ގައުމިގެ ރައްވެހިން ކަމުގައިވާ ދިވެހިން މަގުމަތިން ފެންނަ އިރަށް ޖީރިމާނާ ކޮށް ޖަލަށް ވެސްލަނީ...މީ ތޯ ވޯޓް ދޭ ހައްގު ވެރިންނަށް ބަދަލް ދޭ ގޮތަކީ؟...ދިވެހިން އަތުންނަގާ ޓެކްސް ފައިސާ އިން ތި މީހުންނަށް ހަރަދު ނުކޮށް ޑީޕޯޓް ކޮށްބަލަ!

 7. ބަރުގޮނު

  ޤަވާޢިދާ ޚިލާފަށް ފިހާރަތަކާ ހޮޓާތަކުގައި ތިބޭ ބިދޭސީ ސޭޓްންވެސް ކޮންމެވެސް ތަނަކަށް ގެންދަން ވެއްޖެ. ފިހާރާގެ މުދަލުގެ ވެރިމީހާ ބިދޭސީއަކަށް ވެފައި ފިހާރާގެ ސޭޓާ މަސައްކަތު މީހުންނަކީވެސް ބިދޭސީންނަށްވާ ފިހާރަތައް ވަރަށް ގިނަ. އެތަންތަނުގެ ވިޔަފާރި ލައިސަންސް ޗެކް ކުރެވިއްޖެ ނަމަ މި ބިދޭސީން ގެ "ބާރު" ވަރަށް ރަގަޅަށް ސާފުވާނެ ކަމަށް ފެނޭ.

 8. ފަރާ

  ތިގޮތަށް ގެންދެވެނީ މަދު ބައެއް. މިހާރުވެސް ޕާރޓްޓައިމް ކުރާ އަންހެނުންނާ ފިރިހެނުން މަގުމަތިން ނުފެންނަ އިރެއް ނުދޭ. ޓިއުޝަން ދީފަ ލާރި ނަގާ ގޮތަށް މިކަން ވެސް މިހާރު ކޮންޓްރޯލް ނުވާ ދަރަޖައަކަށް ގޮއްސި. 2 ގަޑި އިރަށް 150 ޑޮލަރަށޭ ބުނެ 1 ގަޑިއިރުވެސް ނުވަނީސް ކައްކާ އެއްޗިހި އުދުންމަތީގަބަހައްޓާފަ ދަނީ އެހެން ގެއަކަށް. ދުވާލަކު 7 ގެ ނޫނީ 8 ގޭގަ އަށް ދާ މީހުން ވެސް މަދެއް ނުވާނެ. މިއީ ބަލި އުފުލުމަށް ކިހާ ނުރައްކާތެރި ކަމެއް ކަމަށް ކިތައް މީހުންނަށް ޤަބޫލު ކުރެވޭބާ.