ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ބަލަމުން ދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީގެ މައުލޫމާތުތަކާއި ސިއްރުތައް ސަލާމަތީ ޚިދުމަތުގެ ތެރެއިން ލީކުކޮށްލި ފަރާތްތަކުގެ މައްސަލަ ކަމަށް އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ""ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ނަޝީދުގެ ސެކިއުރިޓީއާއި އެމަނިކުފާނުގެ ގެކޮޅު ކަމަށް ގ. ކެނެރީގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ އެ މައްސަލަ 241 ކޮމިޓީން ބަލަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ރާއްޖޭގެ ނޫސްތަކުގެ އެޑިޓަރުންގެ ޖަމިއްޔާ ކަމުގައިވާ އެޑިޓާސް ގިލްޑް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގާނޫނު އަސާސީގެ 28 މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެވޭ މަސްދަރު ސިއްރު ކުރުމުގެ ހައްގު ލިބިދީފައިވާ ކަން ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން 241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ނޫސްތަކުގައި ޝާއިއުކުރާ މައުލޫމާތުތައް ބެލުމަކީ 241 ކޮމިޓީގެ މެންޑޭޓެއް ނޫން ކަމަށެވެ.
އެހެންވެ ކޮމިޓީން ބަލަނީ ނޫހުގައި މައުލޫމާތު ޝާއިއު ކުރި މައްސަލަ ނޫން ކަމަށާއި، ކޮމިޓީން ބަލަމުން ދަނީ އެ މައުލޫމާތުތައް ސަލާމަތީ ޚިދުމަތުގެ ތެރެއިން ލީކު ކޮށްލި ފަރާތުގެ މައްސަލަ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މީގަ އަޅުގަނޑުމެން ފާހަގަކޮށްފައި އެ އޮތް ކަމަކީ އެ ޚަބަރުގައި އެ ހިމެނޭ ސެންސިޓިވް މައުލޫމާތުތައް، ރައީސް ނަޝީދާއި އާއިލާގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތައް، އެ މައުލޫމާތުތައް ލީކުކޮށްލި މީހާގެ މައްސަލަ، މައުލޫމާތު ލީކުކޮށްލުމުން ނޫސްތަކުގައި ޝާއިއު ކުރާނެ، ޝާއިއު ކުރުމެއް ނޫން، މައުލޫމާތު ލީކްކޮށްލުން މައްސަލައަކީ،" އަސްލަމް ވިދާޅުވިއެވެ.
ނޫސްވެރިޔާ ހާޒިރު ކުރާނެ ކަމަކަށް ނުބެލެވޭ، ނިންމާނީ ކޮމިޓީން!
241 ކޮމިޓީން މި މައްސަލަ ދިރާސާ ކުރަމުންދާއިރު "މިހާރު" ނޫހުގައި އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާ އިސްމާއީލް ނަސީރު ހާޒިރުކޮށް ސުވާލު ކުރުމުގެ އެއްވެސް ކަމެއް ކުރިއަށް ދާނެތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، ކޮމިޓީން މައްސަލަ ބެލުމުގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ކޮމިޓީގެ މެންބަރުން މަޝްވަރާކޮށް އެ މެންބަރުންގެ ތެރެއިން އަޣުލަބިއްޔަތު ދެކެވަޑައިގަންނަވާ ގޮތެއްގެ މަތިން ކަމަށެވެ.
އެހެން ނަމަވެސް، އަސްލަމް ޤަބޫލު ކުރައްވާ ގޮތުގައި ކޮމިޓީން ބަލަމުންދާ މައްސަލައަކީ ނޫހުގައި އެ މައުލޫމާތުތައް ޝާއިއު ކުރި މައްސަލަ ނޫން ކަމަށް ވާތީ ރިޕޯޓަރު ހާޒިރު ކުރުމަށް ނިންމާނެ ކަމަށް "ވަރަށް ބޮޑަށް ނުބެލެވޭ" ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވިޔަސް މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުގެ ވެސް މަތިން ކޮމިޓީއަށް ހާޒިރު ކުރާނެ މީހުނާއި މައްސަލަތައް ދިރާސާ ކުރާނެ ގޮތާއި ތާވަލު ނިންމާނީ ކޮމިޓީ މެންބަރުންގެ އަޣުލަބިއްޔަތުން ކަން ފާހަގަކުރެއްވިއެވެ.
"ކޮމިޓީން އެ ކަމުގައި ބައްދަލުވުމެއް ބާއްވާނެ، ބައްދަލުވުމުގައި ކޮމިޓީ މެންބަރުން މަޝްވަރާ ކޮށްގެން، މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާނީ، މައްސަލަ ދިރާސާ ކުރާނެ ގޮތަކަށް، އެހެން ވިޔަސް އަޅުގަނޑުމެންނަކީ ނޫސްވެރިކަމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ބައެއް،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެ ރިޕޯޓްގައި ހިމެނޭ މައުލޫމާތުތަކަކީ ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން އާންމު ކޮށްގެން ވާނެ މައުލޫމާތެއް ނޫނެވެ. މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެސް ވާނެ ގޮތުގެ މަތިން އެ ފަރާތަކުން ވަނީ ސިފައިންގެ ޚިދުމަތުގެ ގާނޫނާއި ކަނޑައެޅިގެން ޚިލާފު ވެފައި ކަމަށާއި އެ މައްސަލަ ގާނޫނު އަސާސީއިން މަތިކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގެ 241 ކޮމިޓީން ބަލަމުންދާން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.
އެކައްޗެއްވެސް ނުބެލޭނެ. މަޢުލޫމާތު ލީކު ކުރި މީހެއްވެސް ނޭނގޭނެ. އެހެންވިއްޔާ މަސްދަރު އެނގުނީނު. އަސްލަމޫޫޫޫޫ ބޭކާރު ވާހަކަ ނުދައްކަބަލަ
ސަރުކާރު ދިފާއު ކުރާ ނޫހެއްވީމަ ބިރުގަތީ
މިސަރުކާރުގެ މިނިސްޓަރަކުވެސް އެއްވެސް ހައްޤަކާ ނުލާ އެތައް ރައްޔިިތެއްގެ ޒާތީ މަޢުލޫމާތު މީސްމީޑިއާދައި ހާމަ ކުރި ފަހުން މާފަށް އެދުނީ ކީއްވެ ބާ އެކަން ތިޔަ ކޮމެޓީ އަށް ނުބެލުނީ؟ އެ ނަންތަކުގެ ތެރޭގައި ރޯޔަލް ނަމެއް ނެތީމަތޯ؟ފުކެއް ބޮޑުވަރު ދެއްތޯ؟ ނިކަމެތި ނޫސްވެރިން ނިކަމެތި ރައްޔަތުން ވީމަ ހަމަ ރަޖަމްކުރާ ހިސާބުގަ، ވަޓްއިސް ދިސް؟
ނަޝިދުއަށް ސެކުއުރިޓީ ދޭން އުނދަގޫވަ
މައްސަލައާއި ސެކުއުރިޓީންގެ އެންގުންތަކަށް އަމަލު ނުކުރި މައްސަލަވެސް ބަލަންވާނެ.
ތިޔައީ ގައުމަށް ޖެހިފަ ހުރި ތިޔަބަލާއިންގައުމު ސަލާމަތް ކޮށްބަލަ .ތިޔަ މީހާ ގެ ފަރާތުން ގައުމަށް ލިބުނު އެއްވެސް ފައިދައެއް ނެތް ލިބިފަ ހުރީ ހުސްގެއްލުން.
ޕޮލިހާ ސިފައިންްު އުވާލާފަ މަޖްލިސްި އިން އެތަނުން ބެލެހެއްޓި ކަންތައްތައް ބަލަހައްޓަންވީ ނޫންތޯ މިއޮތީވާ މަޖި ލިހެއް. ޕާރޓީގެ އެކްޓިވިސްޓުންނާ ހަވާލުކުރޭ ސެކިއުރިޓީ ބަލަހައްޓަން އަންނިގެ މުސާރައިން ބައެއް ދީފަ .
ބުނާގޮތާސީދާ އިދިކޮޅައް ދާނީ ސީދާ ލާ ދީނީ ގޮތައް މިހެންވެ މިވެރިންނާދިމާލައް ލާދީނީއޭވެސްކިޔަނީ ކުރނެކަމެއްނޭގި ކުރަންހުރުކަންކަންކަން ބަހައްޓާފާ އެހއންކަންކަންކުރާތަން މުފެންނަނީ ނިކަންބަލާބަލަ މަޖިލީހުންފާސްކޮއްފަވާ ކިތައްގާނޫނު އެބައޮތްތޯ އެއައް ހަދަންޖެހޭ ކިތަކެއް ގަވާއިދު އެބައޮތްކަން އެގޭހެއްޔެވެ އޭގެ އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ
241 ކޮމެޓީން ކީއްވެތޯ ކުޅުދުއްފުށީގެ ޒުވަނާ އަށް ލިބުނު އަނިޔަ ނުބަލަނީ...
ކަލޯމެނަށް ބެލޭނެ މައްސަލައެއް ނޯންނާނެ . ތިހެންކަރުފުއްޕަފުއްޕާ ތިއްބާ ދައުރު ހަމަވާނީ!
ކީއްވެ ނޫސްވެރިޔާ ހާޒިރު ނުކުރަނީ. ހާޒިރުކުރުން މައްސަލައެއްތަ.
ދިފާއުގަ ވާހަކަ ދެއްކޭނެ އެއްނުން.
އެންމެން ތިބެގެން ލިޔާނެ އިންޓެލް ފެއިލް އޭ، ފަޅޮލޭ..
ރާބޯމީހުން މަޖްލިހުގަ ތިބެގެން ޤާނޫނު އަސާސީ ހިފައިގެން ރައްޔެތުން ކުއްވެރިކުރަން އާދެވޭނެބާ؟ މަ ތި ކޮމިޓީ އައް ގެންގޮއްސިއްޔާ އެކަމައް ޖަވާބްދާރީ ކުރުވާނަން، އަދިމަގޭ ސުވާލައް ޖަވާބު ނުދެނީސް މަށަކައް ސުވާލެއްވެސް ނުކުރެވޭނެއެވެ.
އަހަރުތަކެއްކުރިން ފެށިގެން ސަލާމަތީބާރުތަކުގެ އަގުވައްޓާލާ އެމްއެންޑީއެފް އަދި ޕޮލިސް މިދެމުއައްސަސާ ނައްތާލުމައް ސިސްޓަމެޓިކްކޮއް ހިންގާޖަރީމާއެއް
ބަލަން ހަދާނީ ކިހިނެތް؟ ނޫސްވެރިޔާ މައުލޫމާތު ދިން ފަރާތް ހާމަނުކުރުމަކީ އޭއަށް އޮތް ހައްގެއް. އެ ހައްގު ނިގުޅައެއް ނުގަނެވޭނެ. ހާމަނުކޮށްފިއްޔާ ލިބުނުގޮތް ބަލާނީ ކިހިނެތް؟ ތިޔައީ ތަހްގީގީ އިދާރާއެއް ނޫން. ކިތަންމެ ތަހްގީގެއް ކުރިޔަސް ޝަރީޢަތަކަށް ހުށަހަޅާނެ ގޮތެއް ނޯންނާނެ. ޖިނާއީ ތަހްގީގު ހިންގާނީ އެކަމާބެހޭ މުވައްސަސާތަކުން.
ޢެމްޑީޕީ ވެރިކަމަށް އައިއްސިއްޔާ އަބަދުވެސް އިވެނީ ކޮންމެވެސް ތަހުގީގެއް ކުރާއަޑު 2008ގަ ވެރިކަންލިބުނީމަ މަގުމަތީ ކޯޓުތަށް ހަދައިގެން މައްސަލަތައް ބަލަބަލާ ތިއްބާ ހިނދުކޮޅު އައިސްގެން އިސްތިއުފާ ދީފަ ފޭބީ ވެރިކަން ކުރަން ނޭގިގެން މިފަހަރު ވެރިކަން ހިންގަމުން ދަނީ މިމީހުން ރަމްޒީކޮށް ބައިތިއްބައިގެން އިންޑިއާއިން ވިއްޔަ އެހެން ނޫންނަމަ މިހާރު މިހިރަ ކިނބޫ މާއަވަހަށް އިސްތިއުފާ ދީފަ ބަޗާނެ ބަލަގަ ވެރިކަން ކުރަން އެނގިގެނެއް ނޫނޭ ބައިތުލްމާލު ކޮޅާލަން އަރާ ތިބި ބައެއް މިމީހުން މިއީ މިމީހުނަށް ވޯޓްދީގެން ވެރިކަމަށްްްގެނައި ބަޔަކަށް އައްސަރިބަހާސާބަސް!!!!!!!!!!!!!؟؟؟؟؟؟؟؟؟