ކޮވިޑް-19 ޖެހުނު މާބަނޑު ތިން މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ރާއްޖޭގައި މާބަނޑު މީހުން ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ އިތުރުވެފައެވެ.

"ވަގުތު"އަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް 400 އަށްވުރެ ގިނަ، މާބަނޑު މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 90 ވަރަަކަށް ބަލި މީހުންނެވެ.

ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، މިހާރުވެސް މާބަނޑު ހަތަރު މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން ދަނީ ޑީއެޗް11ގެ އައިސީޔޫގައެވެ. މި ތިން މީހުންވެސް އޮތީ ވެންޓިލޭޓަރުގައެވެ. އަދި މި ތިން މީހުންގެ ބަނޑުގައި އޮތް ދަރިފުޅު ވަނީ އޮޕަރޭޝަންކޮށްގެން ނަގާފައެވެ.

މި ތިން މީހުންގެ ދަރިންނަށްވެސް ފަރުވާދެމުން ދަނީ އެންއައިސީޔޫގައެވެ.

މީގެ ހަތަރު މީހުންގެ ތެރެއިން އެކަކަށް މިހާރު ފަރުވާ ޑީއެޗް16ގައެވެ. އެތަނުގައި ފަރުވާދެމުން ދަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ޒުވާނެއްގެ އެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ޒުވާނާގެ އާއިލާ ފަރާތުން މައުލޫމާތު ދިން މީހަކު ބުނީ، އެ ޒުވާނާ ކޮވިޑަށް ފައްސިވެފައި ވަނީ މާލޭގައި އުޅެމުން ދަނިކޮށް ކަމަށެވެ. އޭނާ ފައްސިވެފައި ވަނީ މީގެ ހަފްތާއެއް ވަރު ވެދާނެ ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށާއި، މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާގެ ފަރާތުން މައުލޫމާތުދިން މީހަކު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢައިންތު

    ދެރަ ކެމެއް. މިހާލަތުގައިވެސް ދެރައީ މާބަނޑު މީހުން އަދިވެސް މަސައްކަތައް ނެރޭތީ

    21
  2. ދަރަނި ދަންތުރަ

    ހާދަ ރީތި ބޮޑު އިމާރާތެކޭދޯ ، މިއީ ރައީސް ޔާމީނުގެ ތަރައްގީދޯ ހަމަ ހަބޭސް ، ސޯލިބޭ ގޯތި އިބުރާހިމަށް މިވާވަރަކީ އިންޑިޔާ އަށް މިގައުމު ވިއްކާލާ އަޅުވެތި ކުރުވަނީ ، އިބޫ އިސްތިއުފާ..

    31
    10
  3. ސުވާލެއް

    ބަނޑަށް ކިތައް މަހުގަތޯ މާބަނޑު ތިން މީހުންގެ ދަރިން ނަގާފައިވަނީ ވެސް އަރޓިކަލް ގަ ހިމަނާލަދިން ނަމަ.. ވްޑް ރިއަލީ ލައިކް ޓް ނޯ...

    22
    • މަ

      ހޫމް

      5
      2
  4. Anonymous

    ސަރުކާރު ދިވެހިންނަށް އިހުމާލު ވަމުން ދަނީ ދަރުމަވަންތަ އާއިލީ މުދާގަޑަކަށް ހަދާ ރައްޔިތުން އެތަނުން ފަހާލާއި ހުޅުމާލެ ޗޮވިޑް ފެސިލިޓީ ރައްޔިތުމީހާގެ ކައްވަޅައްހަދައިފި ކިރުޔާވަރުދެރަވާހެން ހީވީމާ ޝަހާދަތް ލައިދީފަ އަޅާނުލާ ފަރުވާދިނުން ހުއްޓާލަނީ
    މީ ވަރައް ވާހަކަ