އދގެ ސަލާމަތާ ބެހޭ ކައުންސިލަށް މެންބަރުން ހޮވަން ނެގި ވޯޓުގައި ރާއްޖެއަށް ވޯޓު ނުދިނުމުގެ އިތުރުން ގޮނޑި ރާއްޖެއަށް ކާމިޔާބުވިޔަ ނުދިނުމަށާއި އިންޑޮނޭޝިޔާ އަށް އެ ގޮނޑި ކާމިޔާބު ކޮށްދޭން އިންޑިއާއިން މަސައްކަތް ކުރި ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާއިން ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާ ގޮތުގައި ބައެއް ގައުމުތަކުން އިންޑޮނޭޝިޔާއަށް ވޯޓު ދޭން އިންޑިއާއިން ބާރު އެޅި ކަމަށް އެނޫހަށް ކަށަވަރުވެފައިވާ ކަމަށެވެ.

ރާއްޖެއަށް ވޯޓު ދޭނެކަން 60 ގައުމަކުން ލިއުމުން އަންގާފައިވާ ކަމަށާއި އަދި 30 ގައުމަކުން އަނގަ ބަހުން ޔަގީންކަން ދިން ކަމަށް ނޫހުގައި ބުނެފައި ވެއެވެ.

އެ ނޫހުން ބުނާގޮތުގައި ރާއްޖެ އޮތީ އެ ވޯޓުތައް ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް އޭގެތެރެއިން ގިނަ ގައުމުތަކުން ގޮތް ނިންމުމުގައި ބަލަނީ އިންޑިއާއަށް ކަމަށެވެ.

މި މަހުގެ އަށް ވަނަ ދުވަހު އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެ ބަލިވެފައިވަނީ ބޮޑު ތަފާތަކުންނެވެ. ރާއްޖެއަށް 46 ވޯޓު ލިބުނު އިރު އިންޑޮނޭޝިޔާއަށް 144 ވޯޓު ލިބިފައިވެއެވެ.

ރާއްޖެއިން ވަނީ އިންޑިއާއިން ރާއްޖެއަށް ވޯޓު ދިން ކަމަށް ބުނެ ފަހުން ޝުކުރު ވެސް އަދާ ކޮށްފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ޙަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނީ، މިމަހުގެ ނުވަ ވަނަ ދުވަހު، އދ. ގެ ސަލާމަތީ މަޖިލީހުގެ ވަގުތީ މެމްބަރަކަށް ވުމަށް އިންޑޮނޭޝިއާ އާއި ރާއްޖެ ވާދަކޮށް ބޭއްވި އެ އިންތިޚާބުގައި އިންޑިއާއިން ވޯޓު ދިނީ ރާއްޖެއާއި ދެކޮޅަށް ކަމަށެވެ.

އިންޑިއާއިން ރާއްޖެއާއި ދެކޮޅަށް މި އިންތިޚާބުގައި ވޯޓު ދީފައިމިވަނީ، ރާއްޖޭގެ ސިޔާސީ ކަންކަމުގެތެރެއަށް އެޤައުމުން ވަދެ، ސަރުކާރަށް ފާޅުގައި ފާޑުކިއުން އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ގޮނޑި ކާމިޔާބުކުރަން ހޯދަން ޖެހެނީ 127 ޤައުމެއްގެ ވޯޓެވެ. މި ވޯޓުގައި ބައިވެރިވެފައި ވަނީ ޖުމްލަ 190 ޤައުމެވެ. އދ. ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރުގެ ތެރޭގައި، މިއީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. މި ގޮނޑިއަށް އިންޑިއާއިންވެސް އެންމެ ފުރަތަމަ ވާދަކުރި ފަހަރު ވަނީ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިވެފައިކަން ފާހަގަކޮށްލެވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް ޙުކުމް ކުރި މައްސަލައިގައިވެސް އިންޑިއާގެ އިސް އޮފިޝަލުން ބަސް ބުނެފައިވާއިރު، އެފަރާތްތަކުން ވަނީ އެ ޙުކުމަކީ އިންސާފުވެރި ޙުކުމެއް ނޫންކަމަށް ސިފަކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި މެދުވެރި އިންޑިއާއިން ދަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިޔާއިން އދ. ގެ ސަލާމަތީ މަޖިލީހުގެ ވަގުތީ މެމްބަރުކަން ދިނުމަށް ރާއްޖެއާއި ވާދަކުރި އިންޑޮނޭޝިއާއަށް ވޯޓު ދީފައިވާކަން އެޤައުމުގެ އޮފިޝަލަކާއި ޙަވާލާދީ ނޫހަކުން ބުނެފައިވާއިރު، މި ވޯޓުގެ ކުރިން ތިން ފަހަރެއްގެ މަތިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑޮނޭޝިއާއަށް ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކެޗަޕް

  ކުރާނެ...އަދިވެސް ކުރާނެ! ސިންގަޕޫރުގެ މަށްޗަށް އަތްގަދަކޮށް ކުރިމަގަށް ހުރަސްއަޅާ ހަދާތަ މެލޭ މީހުން..؟ ހޮންކޮންގ އަށް ދުއްޕާންކޮށް ހަދާތަ ޗައިނާ މީހުން..؟ އިންޑިޔާ އަކީ ބޯނުބައި ނާތަހްޒީބު ބައެއް...ތި މީހުންނާ ޑީލްކުރަންޖެހޭނީ އެކަން ދަނެގެން..އެމީހުންނަށްވެސް އެނގެންޖެހޭނެ ތިމަންނާމެންނާމެނާމެދު ރާއްޖޭން ދެކޭނީ ޝައްކުގެ ނަޒަރުންކަން...އޭރުން ކަންކަން ރަނގަޅުވާނެ އިން ޓައިމް..!

  • މަރަޓު

   ސަތޭކައިގެ ވާހަކައެއްތީ. އަކިލޭސް ގޯހޯމް

 2. Anonymous

  ތިގޮނޑި ލިބުނަސް ނުލިބުނަސް މިގައުމުން، ފަލަސްތީނާ އެއްކޮޅުގަ އަބަދުވެސް ތިބޭނީ. ނަތޭއާ، މޯޑޭއާ އެކީ ހެދި އެއްބަސްވުމުން މުސްލިމުން ނައްތާލާ ނިކަމެތި ކޮށްލަން މަސައްކަތްކުރާކަން އަހަރެމެން ދެނެތިބީން.

 3. ދޮންކަލޯ

  ހަމަ އެއްގޮތަކަށްވެސް ވިސާ ދޭނެކަމެއްނެތް.

 4. Anonymous

  މިވަރުގެ ބަޔަކަށް ވިސާ ނުދޭތީވެސް ދިވެހިންގެ ބަޔަކު އެބަ ތަރަތަރަ ޖައްސާވިއްޔަ.

 5. މުށީރު

  ގައުމެއް ނިކަމެތިވެ ބައިބައިވެ އިންސާނީ މުސީބާތެއް އެތަނެއްގައި އުފެދެން މެދުވެރިވާ މައިގަނޑު ސަބަބަކީ ފަގީރުކަމެވެ. މިރާއްޖޭގެ އިގްތިސާދު ފުނޑާލާ ބަލިކަށި ކޮށްލަން ކެނެރީގޭ ބަދުނަޝީދަށް ކުރެވެން އޮތް ހުރިހާކަމެއް ކުރަމުންދާކަން ނޭނގޭމީހަކު ނެތެވެ. ޢެގޮތުން ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެތަށްފަހަރަކު މަސައްކަތްކުރި. އޭގެ ތެރެއިން މިތާ ނިރުބަވެރިން ތިބިކަމާއި، ދިވެހި ސިފައިންގެ މަރުކަޒަކީ އެފަދަ މީހުން އުފައްދާތަނެއްކަމަށްބުނި. މަގުމަތި ހަލަބޮލިކޮށް ފަތުރުވެރިން ނާންނަންގޮވި. މިހާރުވެސް ކުރަމުންދަނީ އެމަސައްކަތެވެ. އެކަން އެގޮތަށް ވިނަމަ. ގައުމު ބަލިކަށިވެ. ރަށްޔިތުންނަށް ދަތިވާނެއެވެ. ނަތީޖާއަކީ ރަށަޔިތުން ރުޅިގަދަވެ ވެރިމީހާ ވެރިކަމުން ބާލާނެއެވެ. ޕޮއިންޓަކީ މިއެވެ. ވެރިކަމާހެދި ސީދާގޮތުންނާއި ނުސީދާގޮތުން ބަދުނަޝީދު ދަނީ ގައުމަށާޢި ރައްޔިތުންނަށް އަނިޔާދެމުންނެވެ.

 6. ނައީމާ

  ގެރި އިންޑީޔާ، ރޭޕިސްތާނު

 7. ދުމައިން

  މިއީ ދިވެހީން ވިސްނާނެކަމެއް. އިންޑިއާއަކީ ދިވެހިންނަށް ވަބާޔަކަށްވެއްޖެ. މި މުސީބާތުން މިގައުމު ސަލާމަތަކޮށް ދެއްވާފާނދޭވެ! ހަމަގައިމުވެސް މަ ވޯޓުދޭނީ މި އިންޑިއާގެ ނުފޫޒުން މިގައުމު ސަލާމަތްކޮށްދޭ ވެރިއަކަށް ! އެހެޔޮ ގެރިއަކަސް.

 8. ކާސިމްބެ

  ރޕ މޮދީ

 9. ރާއްދޭމީހާ

  އެހެން ވީމާއި އިންޑިއައުން ކުރިމަތިލަހަ އޮތެ ދާއިމީ މެމްބަރުންގެ ގޮންޑޭ ވޯޓާ ފައުޅުގައި އިންޑިއާއި ދެކޮޑަށް ދިނެމާއި ނިމުންނޫކުން.

 10. ލަމް

  ގެރިމުދީ ހެވެންނޭދޭނެކަން އެންމެނަށްވެސް އެގޭނެ

 11. އަޙުމަދު

  ތިމީހުންނަށް ދުވަހަކުވެސް އިތުބާރުކުރާކަށް ނުވާނެ. ތީ ހަތުރުވެރި ގެއްލުން ބޮޑު

  އަވައްޓެރިއެއް.

 12. ސައްތާރު

  އިންޑިޔާއަކީ މިރާއްޖޭގެ ދުޝްމަނެއް! މިކަން ދިވެހިންދަނަންޖެހޭނެ!

 13. އިބްރާ

  އިންޑިޔާ ސިފަކުރެވެނީ ވަގު ހިޔަޅެއްގެ ގޮތުގައި

 14. ނަޖްވާ

  އަނހާ މަސައްކަތް ކުރާނެ ނޫންހޭ ބަލަގަ އެވެރިންވެސް ބޭނުމެއް ނުވާނެ ދޯ ޗައިނާ އަށް ސެކިޔުރިޓީ ކައުންސިލުން އިތުރު ގޮނޑިއެއް ދޭކަށް!

 15. ކަލަމިދި

  އަހަރެންމީ އިންޑިޔާޔާ ވަރަށް ގާތްކޮށް އުޅުނު، އިންޑިޔާގެ ކަންކަން ރާއްޖޭގައި ކުރިއަރުވައި، އިންޑިޔާގައި ފަންކްޝަންތަކަށް ގޮސް، މަހާސިންތާތަކުގައި ބައިވެރިވެ، މިހެން އުޅުނު މީހެކެވެ. ނަމަވެސް ކަލްޗަރަލް ސެންޓަރުގައި ހިނގިކަންތައްތަކެއް ސިއްރުކޮށްދޭން ބުނީމާ އެކަންނުވާނެޔޭ ބުނެގެން ހަމަކުއްލިޔަކަށް "ނުބައި" ވި މީހެކެވެ. މިއަދު އެމްބަސީއިންވެސް މަށާދޭތެރޭ ކަންކުރަނީ ވަރަށް ކުޑައިމީސްކޮށެވެ. އިންޑިޔާއަކީ އެކަހަލަ ތަނެކެވެ. އެކަހަލަ ބަޔަކު އުޅޭ، ވަރަށް ދެރަވަރުގެ ތަހުޒީބެއް އޮންނަ ތަނެކެވެ. ދިވެހިރާއްޖެޔާ ބޭނުންހާގޮތަކަށް ނުކުޅެވުނީމާ ދިވެހިރާއްޖެޔަށް ދެރަވާ ކޮންމެފަދަކަމެއްވެސް ކޮށްފާނެއެވެ. އެހެންވީމާ ދިވެހީން މިއަދު ޖެހޭނީ އެހެން ނުހެދޭނެ ހުރިހާ ގޮތެއް ހޯދާށެވެ. މީ ވަރަށް އިޚުލާސްތެރި ކޮމެންޓެކެވެ.

 16. އަސްލުހާލަތު

  ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން ލިބިފައެ ތިޔަ ތިބީ..ދަގަ މަހަށް