"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން "މިހާރު" ގައި ޝާއިއުކުރި ރިޕޯޓްގެ މައްސަލަ ބެލުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅިގެންދާ ކަމެއް ކަމެއް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެޑިޓާސް ގިލްޑް އިން މިއަދު ފާޅުކޮށްފިއެވެ.

"މިހާރު" ނޫހުން ގެނެސްދީފައިވާ އެ ރިޕޯޓާއި ގުޅިގެން ވެރިކަން ކުރާ އެމްޑީޕީން ބުނެފައިވަނީ އެއީ ފޮރުވިގެން ތިބެ ޕްރޮޕެގެންޑާ ފެތުރުން ކަމަށެވެ. އަދި އޭގައި ހުރި މައުލޫމާތުތަކަކީ ނަޝީދާއި އޭނާގެ އާއިލާގެ ހިމާޔަތާއި ރައްކާތެރިން ގެއްލިގެންދާނެ ފަދަ މައުލޫމާތުތަކެއް ކަމަށް ބުނެ ރިޕޯޓުގެ މައްސަލަބަލަން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވެސް އިއްޔެ އޮތީ ނިންމައިފައެވެ.

މިކަމާއި ގުޅިގެން އެޑިޓާސް ގިލްޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ނޫސްބަޔާނުގައި، މިހާރު ނޫހުގެ ރިޕޯޓަކީ ނަޝީދަށް ކޮށްފައި އޮތް ފުރައްސާރައެއް ކަމަށް ބުނެފައި އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓަކީ ދައުލަތުން މަތީ ފެންވަރުގެ ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ކަމެއް އޮތް ގޮތް، އިންވެސްޓިގޭޓިވް ގޮތަކަށް ގެނެސްދީފައިވާ ރިޕޯޓެއް ކަމަށް ދެކޭ ކަމަށާއި އެއީ މައްސަލައިގެ އެންމެ ބޮޅެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެމައްސަލަ ބަލަން ނިންނި ނަމަވެސް، ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރު ހާމަ ނުކުރުމުގެ އިހްތިޔާރު ގާނޫނުއަސާސީން ނޫސްވެރިންނަށް އޮންނައިރު، އެރިޕޯޓް ލިޔުނު ނޫސްވެރިއާއި އަދި އެ ނޫހުގެ މަސްދަރާ ސުވާލުނުކޮށް އެމައްސަލަ ބެލޭނެ ގޮތަކީ ކޮބައިތޯ ބާޔުނުގައި ވަނީ ސުވާލު އުފައްދާފައެވެ.

"އެހެން ކަމާ އެކު، ކަމުގެ އަސްލު މައްސަލަ ނުބަލައި ނޫސްވެރިން ކުށްވެރިކޮށްވާ ގޮތަށް އެފަދަ ބަޔާންތައް ނެރުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅުވުމަށް ކުރާ ކަމެއް ކަމުގައި ދެކެމެވެ. އަދި އެއީ ކަންބޮޑުވުމެއް ކަމުގައި ވެސް ދެކެމެވެ" ރާއްޖޭގެ މީޑިއާތަކުގެ އެންމެ އިސް ބޭފުޅުން، ނުވަތަ އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑްގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަޝީދު އުޅުއްވި ގެކޮޅުގެ މައުލޫމާތަކީ ވަކި ބަޔަކަށް ނޫނީ ލިބިގެންވާނެ މައުލޫމާތެއް ނޫން ކަމަށް ބުނެފައިވިޔަސް ނަޝީދު ދިރިއުޅުއްވި ގެކޮޅަކީ ގިނަ ބަޔަކަށް ވަދެ ނުކުމެ ހެދޭ ގެކޮޅެއް ކަމާއި އެ ގެކޮޅު ފެންނަން ހުންނަ ކަން ވަކި ބަޔަކު ނުބުންޏަސް ނޫސްވެރިންނަށް އެނގޭނެ ކަމަށެވެ. އަދި އެނޫހުގެ މައްޗަށް އެމައްސަލާއިގައި ކޮށްފައި އޮތް ތުހުމަތަކީ ވެސް ޖާއިު ތުހުމަތެއް ނޫން ކަމަށް ވެސް ވަނީ ބުނެފަވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތިރިބެ

    އިވޭހާ ކޮއްމެ ވާހަކައެއް .ނޫސްވެރިޔާއައް ހިތައްއަރާ އެޗެއް މީހަކާ ބެހޭ އަބުރައް އަރައިގަތުމަކީ ނޫސްވެރިކަމެއްނޫ އިއްވެސްޓިގޭޓް ކޮއް ބަލާދިރާސާ ކޮއްފަލިޔާނީ ކޯއްމެހެއް ކެކަކައްވުރެއްކުރިން ހަބަރުލިޔައް އުލެގެއް ހަބަރު ގެނެސް 20 މިނެޓުނުވަނީސް ސީދާ ބުހުތާނުދޮގު ލިޔެފަ އެވެސްނޫސްވެރިންބާ

    1
    1
  2. Anonymous

    ވަކި ފަރުދެެއްގެ ސަލާމަތީ ސިއްރުތަކެއް އޮވެގެންނުވާނެ. ޤައުމުގެ މުދަލާއިފައިސާ ބާރުތައް އެންމެ ފަރްދަކަށްޓަކައި ބޭނުންކުރެވިގެންވެސް ނުވާނެ.
    މަޤާމުގެ ގޮތުން ދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމަށްވުރެ ބޮޑު ރައްކާތެރިކަމެއް ދައުލަތުން ދޭނަމަ އެކަމަށް ހިންގާ ޚަރަދު އެމީހަކު ދައުލަތަށް ދޭންޖެހޭނެ
    މެމްބަރުގެ މަޤާމަކީ ހިތުހުރިގޮތަކަށްހަދަން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އޮންނަ ބާރެއްނޫން. ޤާނޫނަކުން ދީފައިވާ ބާރެއް މެމްބަރުންނަށްވެސް ލިބިގެންވަނީ. ހިތުހުރިގޮތަކަށް ޤާނޫނުތައްހަދާ ހިތުހުރިގޮތަށް ކަންކުރުމުގެ އިޚްތިޔާރއިޚްތިޔާރެއް ނެތް. ސުޕްރިމް ކޯޓު ....

    4
    1
  3. ޙހހ

    ވެރިކަން ލިބުނުވަގުތު ކޮށްފަ ނުކުރާނެކަމެއް ނޭގިގެންގޮސް ތިޔަބައިގަނޑު އަބުރުގެ ގާނޫނު އުވާލައިފަ ނޫސްވެރިންނަށް މިނިވަންކަން ދީފަ މިހާރުތިގޮވަނީ އެއީ މޮޔަކަމުން ކުރެވުނުކަމަކީ އެމީހަކު ފޭހި އިލޮށިގަނޑު ހެރޭނީ އެމީހަކުގެލޮލަށް.

  4. ދަރަނި ދަންތުރަ

    ކެނެރީގޭ ނަސީދަކީ ދިވެހިއްނަން ދުލާ ގަލަމުގެ މިނިވަންކަން ހޯދައިދިން މީހާޔޯ ، ލަދުން ބޯ ހަލާކު އެއީ މައުމޫނަން ގޮޅާބޯ ކިޔަން ، ގަންޖާބޯ ނުކިޔޭނެ މިއޮތީ ތިޔަބުނާ ހައްގު....

  5. ބޯޖަލީލު

    ތިޔަ ބުނާ އިންސާނާ ފަހުނޭވާ ލާނެ ބާ ؟

  6. ޅޮސްއުދޯލި3

    މިމީހުންނާއި ޖެހުނީމަވެސް ހަމައެހެން. މިރާއްޖޭގަ ނޫސްވެރިކަމުގެ މިނިވަންކަމުގެވާހަކަ ދައްކާނެކަމެއްނެތް ސިޔާސީމީހުން. ނޫސްވެރިންވެސް ވިސްނަންވެއްޖެކަމެއް.

  7. ށުވޭސ

    ޙިތައް އެރިހާ އެއްޗެއް ނޫސްވެރިންނަކަށްވެސް ނު ލިޔެވޭނެ ، މިނިވަންކަމޭ ކިޔާ އެއްވެސް ހަޤީގަތެއް ނުބަ ލާ ބޭނުން އެއްޗެއް ނު ލިޔެވޭނެ ވަޤުތުން ވަޤުތައް މިހާރުނޫސް މައްސަލަ ބަ ލާ ފިޔަވަޅު އަޅަންވީ

  8. Anonymous

    ހަނދާނަށް އަންނަނީ އިބްރާހީމް ވެރިކަމާއި ހަވާލުވުމަށް ފަހު ވިދާޅުވި ވާހަކަފުޅުތައް.
    ކޮބާތޯ ބަހާއި ޢަމަލު؟ ދިމާނުވޭ ދެއްތޯ.
    ވާހަކަފުޅުތައް ވ. ވެސް ހަބޭސް.
    އެކަމަކު ޒީރޯ ޓޮލަރެންސް ހުރިހާ ކަމެއްގައި.
    ވެރިއަކު ފޭލްވާނީ ކިހާވަރެއް ވީމާބާ ؟
    ކޮންމެ ކަމެއްގައި އަޑި ނޭނގޭ އެތައްކަމެއް.
    އިންޑިޔާގެ ކަންތައްވެސް ލާޙައްދެއްނެތް.
    ނޫސްވެރިން މިއަދު ކުށްވެރިމީވީ. މިމީހުން ހަވާ ގަޑިތައް ލިޔާތީ.