އަންނަ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ބެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ޖޫން 24 ގައި ބޮޑު ބަންދު ފެށޭނެ ކަމަށާއި އެހެންކަމުން މިހާރު މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ އެކެޑެމިކް އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތާއި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން އަންނަ އަހަރު ސްކޫލަށް ދަރިވަރުން ވައްދަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ފޯމުތަކުގެ ޖަވާބު ހަ ޖޫން އިން ފަށައިގެން ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިވަގުތު ފޮތްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިހާރު ބުކް ޑިސްޓްރިބިއުޝަން ފަށައިފި. އަޅުގަނޑުމެންގެ އުއްމީދަކީ ސްކޫލް ނިމޭ ދުވަހު އެއީ ދަރިވަރުންނަށް ހަމަ ހުރިހާ ފޮތްތަކެއް ލިބޭނެ ދުވަހަށް. އެހެންކަމުން ހުރިހާ ރަށްތަކަށް ފޮތްތައް ފޮނުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ކޮވިޑް-19ގެ ދުވަސްކޮޅުގައި ވެސް ދަރިވަރުންގެ ކިޔެވުން ހުއްޓުވިޔަ ނުދީ ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ސްކޫލްތަކުގެ މުވައްޒަފުންނާއި ދެންވެސް އެހީތެރިވެދެއްވާ ބޭފުޅުންގެ މަސައްކަތް ފާހަގަކޮށްފައެވެ.
ޏުކިޔަވާދީ
ޙފޮތްބަހާ
ޢިމްތިހާން ފޭޕަރުދީ
.... ވަރައް ރަގަޅު
...
ޙަ މަ ސާ ބަ ސް
ދެ އަހަރުވީ އިރު އެއްއަހަރުގެ ފޮތްބައި ކިޔަވައި ނުދެވުނު .... އަނެއްކާ އަނެއްއަހަރުގެ ފޮތްބައި ބަހަންފެށީ ކިތައް އަހަރުން ބަހާނިމޭނެ ބާ.... ކުދިންގެ ކިޔެވުން ހަލާކު... ބޯވެސް ހަލާކު.....
ކަލޯ އެބުނީ ކޮރޯނާ ބަލި އާމްކޮށް ދިރިއުޅެނީ ޕުރީސުކޫލު ތަކުގަޔޯ އެހެންވެގެނޯ ސުކޫލުތައްބަންދު ކޮށްގެން ހުރިހާ ޓީޗަރުންތައް މުސާރަ ނަންގަވައިގެން ގޭގައި މި ތިއްބަވަނީ ހަރާން ލާރި ކައިކައި
މިފަހަރު ހުރިހާ ދަރިވަރުންނަށް ވެސް އާފޮތްތައް ދޫކުރުން ވަރަށް މުހިންމު
ޢަދިވެސް ޕްރިނޓް ނުކުރެވެ. ފޮނިކަނޑަނީ.
އޮންލައިނޭ ބޮންލައިނުންނޭ ކިއަވައި ދޭނީކިޔާފަ ޅަދަރިންގެ ތައުލީ ތި ފުޑާލީ
އޮންލައިންކޮށް ކިޔަވަދެނީ ޓެސްޓު ހަދަނީ
ކޮލެޖެއްގެ ޓެސްޓު ރޭގަވެސް ހެދި
ޓެސްޓު ހަދަހަދާ ހުއްޓާ ނެޓުކެޑިއްޖެ
ކޮލެޖަށް ބަރާބަރަށް ލާރިދިން
ކުއްޖާ ފާހެއްނުވި
މިގައުގަ އޮންލައިންކުލާސް ބާއްވާނީ ކިހިނެއް
ދެފަހަރުން އެއްފަހަރު ނެެޓެއްނުލިބޭ
ވާހަކަދައްކަދައްކާހުއްޓާ ފޯނުކެޑޭ