އަބަދު ކިޔަވާނަމަ، ދަރިވަރުންގެ ސިކުނޑި ވަރުބަލި ވާނެ ކަމަށާއި އޭގެ ބަދަލުގައި ކުދިން އުފާވާނެ ކަންކަން ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، މިވަގުތު 72 ރަށެއް ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އެރަށްތަކުގައި ތިބޭ ދަރިވަރުން ގިނަ ވަގުތު ތިބެނީ ގޭގައި ކަމަށެވެ.
އެގޮތަށް ދަރިވަރުން ގޭގައި ތިބޭ ވަގުތުތަކުގައި އެކުދިންގެ ދުވަހުގެ ތާވާލެއް ތައްޔާރުކޮށް، އެއާއި އެއްގޮތަށް މަސައްކަތް ކުރުވުމަށް ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލު ކަމެއް ދޭން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެގޮތަށް ނުވާތީ ވަރަށް ގިނައިން ކުދިންގެ މޯޓިވޭޝަން ނެތި، ކަންކަން ކުރާ ހިތް ނުވެ، އަބަދު އެނދުގައި ތިބޭ ޝަކުވާ ލިބޭ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކޮށްފައެވެ. އެކަންކަން ހުއްޓުވުމަށް ޝެޑިއުލެއް ތައްޔާރު ކޮށްގެން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޙައްސަކޮށް ނިދާ ހޭލާ ގަޑިއާއި ކާގަޑި އަދި ކިޔާވަ ގަޑި، އެގަޑި ގަޑިއަށް އެކަން ކުރުން އެއީ ވަރަށް މުހިންމު ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އިމްތިހާނުތައް ކުރިއަށްދާއިރު، ހަމަ އެކަނި ދަރިވަރުން ފޮތް ކިޔަން ހަމަ އެކަނި ނުބަހައްޓާ ކުދިންގެ އުފަލާއި ގުޅިފައިވާ ކަންކަން ކުރުމަށް ފުރުސަތު ދިނުމަށް ބެލެނިވެރިންނަށް މިނިސްޓަރ ވަނީ އިލްތިމާސް ކޮށްފައެވެ.
"އަބަދު ކިޔާވާ ކަމުގައި ވެއްޖެއްޔާ ކުދިންގެ ސިކުނޑި ވަރުބަލި ވެގެން ދާނެ. އެކުދިން ވެސް ބޭނުންވާނެ ކޮންމެވެސް ވަރަކަށް އެކުދިން ހިތް ހަމަ ޖެހޭ ކަމެއް ކޮށްލަން. އެހެންކަމުން ދުވަހުގެ ތާވަލު ބަހާލާއިރު، މިހުރިހާ ކަމެއް އޭގެ ތެރެއަށް ރާވާލައިގެން ލެވޭ ކަހަލަ ގޮތަކަށް ކުދިންނަށް އެ ތާވަލު ރާވާލަ ދޭން ހަމަ ބެލެނިވެރިން އެހީތެރިވެ ދެއްވާށޭ" މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް-19ގެ މި ހާލަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ދަނީ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ކަން ފާހަގަކޮށް މިނިސްޓަރ ވަނީ ހުރިހާ ބެލެނިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.
އެހެންވެދޯ ކަލޭގެ ބޯގޮވާފަހުރެގެން މާލެ ސަރަހައްދުގައި ތިބި ޅަދަރިންގެ ޅަފަތުގެ ތައުލީމް ފުޑާ ލީތި
އެފަދަ މާހައުލެއް ތިޔާ ގޮމާ އަހަރުމެންނަށް ދައްކަދީބަލަ
ކޮވިޑްބަލިމަޑުކަމުގައި ސަރުކާރު ސްކޫލް ތައް ފިޔަވާ އެހެން ހުރިހާ ސްކޫލް ތަކުގައި އަންނަނީ ގިނަވަގުތު ކިޔަވާދެމުން..ސަރުކާރު ސްކޫލް ތަކުގައި ބުރާސްފަތި ދުވަސް ވެސް ހަމަޖެއްސީ ނުކިޔަވާދޭ ދުވަހެއްގެ ގޮތުގައި...އޮންލައިން ކްލާސްވެސް ދުވާލަކު 1 ގަޑި އިރުވެސް ކުދިން އަށް ކިޔަވާނުދެވޭ.. އެކަމު ޓީޗަރުން އަށް ފުލް މުސާރަ ލިބޭ..
އޮރިޔާމުން އިންނާކަން ލަދެއްނުގަނޭތަ މަންޖޭ ؟
ވަރައް ރީތިދޯ. ނުލިބޭނެ އެކަމު.
އަޅުގަނޑުގެ ދަރިފުޅު ސްކޫލަށްދޭ، ޕެންޑެމިކްގަ ސްކޫލް ބަންދެއްނޫން، ނަފްސާނީ ގޮތުންގޭގަ ކުޑަޖާގައެއްްގަ ތާށިވެފައި އައިޕެޑަކަށް ގެއްލިފައެއްނޫން... ރާއްޖޭގައެއްނޫން... ސޯ އައިޑޮންނޯ އަައިޝާ..
ޙުރަވީ ސްކޫލްގެ އަދި ގްރޭޑް 2 ގެ ދިވެހި ހ ފޮތް ނުނިމޭ. 2 އަހަރު ވީ އިރު
ކަބުލެޭގެ ކުޑަކުދިންގެ ޖިީލެއް ފަނަާކޮއްފި ބެޭކަާރު ވަާހަކަނުދައްކަާ އިސްތިއުފަަާ ދިީ
މިހާރުވެސް މިޖެހެނީ 24 ގަޑިއިރު ކިޔަވަން. މެންދުރުވެސް ގަޑިއަކަށް ނުކެވޭ. ކުލާހަށް 1 މިނެޓް ފަހުން ވަނަސް އެޓެންޑެންސް ނުދޭ. ކިރިޔާ ކްލާސް ނިންމާފަ އެކުދިންނަށް އަޞުރަށް ގޮވަން ވާއިރަށް މެންދުރު ކޮށްލެވެނީ. ދެން އަނެއްކާވެސް އަޞުރު ނަމާދުކުރާގޮތަށް ފޮތްތައް ހިފައިން އުޅެނީ ބާރަ އެކެއް ޖަހަންދެން. ހިތްހަމަ ޖައްސައިދޭން ކަމެއް ކޮށްދޭން އުޅޭއިރަށް ބުނާނެ މަންމާއޭ މީތި ޑިއުވަނީއޭ ފޮނުވާލާފައޭ އެހެންކަމެއް ކުރެވޭނީ. ނޫނީ މިސް ރުޅިއަންނާނޭ. މުދައްރިސުންވެސް ވިސްނާލަންވާނެ ދޯ ކުދިންނަށް އެވަރަށް މަސައްކަތް ދޭއިރު. ދުވާލެއްގަ 24 ގަޑިއިރު އޮންނައިރު 6-8 ގަަޑިއިރު ކުލާސް. ކުލާސް ނިންމާފަ އަނެއް 10 ގަޑިއިރު ފިިލާވަޅުތަކައިގެން. އަނެއް 4-5 ގަޑިއިރު ކުދިންނަށް ނިދާލެވެނީވެސް. ކިޔަވަން ވެސް ވާނެ އެކަމަކު ވަކި މިންވަރަކަށް.
ތިއީ ކޮން ސްކޫލް އެއް ގެ ދަރިވަރެއް...
ދަރިވަރުންނަށް އެސައިމެންޓް ވެސް ދޭ އެކަމް 1މަސް ދުވަސް ދޭ އެނިންމަން. ދަރިވަރުން ނަށް މުދައްރިސުން ކިޔަވަން ޕްރެޝަރ ކުރަނީ ދަރިވަރުން ދައް ނަމަ ޓީޗަރ އާ އެޑިޔުކޭޝަނުން ސުވަަލު ކޮށް އެކަމަށް މުދައްރިސުންނަށް ފިޔަވަޅު އަޅާތީ
ކާކުގެ ކޮމެންޓެއް ޤަބޫލުކުރަންވީ ‘ޙާމަ’ ގެ ތަ؟ ނޫނީ ‘ބެލެނިވެރިއެއް’ ގެ ތަ؟
މިމީހުނާ ހެދި ކުދިންނަށް ނެތް ހަމަނޭވާ ލެވެންވެސް.. ހަފްތާގެ 5 ދުވަހު ކިޔަވާފަ ހަފްތާ ބަންދަށް ލިބޭ 2 ދުވަހަށް ހުރިހާ މާއްދާއަކުން ދޭނެ ވީކްއެންޑް އެސައިމަންޓް.. ބޮޑު ޗުއްޓީގައި ހޮލިޑޭ އެސައިމަންޓް.. ދެންވެސް ބަންދެއް އައީޔާ އެޔާ ގުޅުވައިގެން ހުރިހާ މާއްދާ އަކުން އެސައިމަންޓް... މިދެން ފުކެއް ބޮޑުވަރު.. މޮޅެތި ވާހަކަ ދައްކަން ނޫޅެބަލަ ...
ކަލޭ މިހާރު ތިހުތީ ބުއްދިސަލާމަތަކުންނޫން ސަލާމަތް ބުއްދި ހުރި މީހެއްކަމަށް އަހަރުމެން ބަލައެއް ނުގަންނަން އިސްތިއުފާ
ދަރަނި ދަންތުރަކިޔާ ބުރާންޗަށް. ބުރުގާ ނޭޅުމަކީ އޮރިޔާންވުމެއް ނޫން ވާނުވާ ނޭނގިގެން ތިއުޅެނީ
ކަމަނާ ދެއަހަރުނިމުނުއިރުވެސް ވީކަމެއްހަރާމުންހަރާމް ދެން އޮތްދެއަހަރާބައިގަ ކުދިން ނަށާށޭދޯ ތިގޮވަނީ މީކޮންތާކުން ކިޔެވި ޑރ. ބާއޭހިތަންއަރާ!
ޓީޗަރުން އުޅޭ ހާ ލެއް އިނގޭބާ ވާހަކަ ތިދައްކަނި
މިސަރުކާރު އައިފަހުން އަދި ދަރީންގެ ގުރޭޑެއް ބަދަލެއް ނުވޭ.
24 ގަޑިއިރު މިހާރުވެސް ޕަބްޖީގަ އުޅޭ ނުކިޔަވާ ދަރިންނަށް އިތުރަސއ ހިތްވަރު ލިބޭ ގޮތަށް ކަމަނާގެ ވާހަކަ ތިޔަ ހުރީ. މިރާއްޖޭގަެ ކުދިންގެ ތަޢުލިމު ފުޑާލާފަ އަދިވެސް އިތުރަށް ދަރިވަރުން ވާވެއްދޭނެހާ ވާހަކަ ތިޔަ ދައްކަވަނީ. ލަދެއްނުގަނޭތަ އަންހެނާ.
ކަމަނަ ކިޔެވީ ދުނިޔެބޭރުންދޯ އަހަރުންއަހާގޮުގައި ގިނައިންކިޔެވިވަރަކަށް ހިތުގައެޅޭ އެކަމަކު ކަމަނަތިބުނަނީ ސިކުނޑިވަރުބަލިވާވާހަކަ ފުލޯކު ދި އިންޓަނޭސަނަލްވާހަކައެއްބުނެލީދޯ ދެން މަގޭ ދަރިންޖެހޭނީ ކިޔަވަންއުޅޭގަޑީގައި އުފާކޮށްދޭންދޯ .
އެއްކޮށް ކުޅިވަރައް ދޫކޮއްލުން ވެސްއެހާ ރަންގަނޅެށް ނޫން....