އައްޑޫސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން 5 މީހަކު ދުކޮށްލައިފިއެވެ.
ނިރުބަވެރިކަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި އައްޑުސިޓީން ހައްޔަރު ކޮށްފައިވަނީ 8 މީހެކެވެ.
ފުލުހުން މިއަދު ވިދާޅުވީ، ފުލުހުންގެ ބަންދުގައި ތިބި 8 މީހުންގެ ތެރެއިން 5 މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
އައްޑޫއިން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ބޮޑެއްގެ ގޮތުގައި ހިމެނޭ އަހުމަދު ނާހިދު ޖަމާލް 31، ހިމެނެއެވެ.
ފުލުހުން ވިދާޅުވީ، އެމީހުން ދޫކުރި ނަމަވެސް، މި މައްސަލަތަކުގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
އައްޑޫގައި ނިރުބަވެރިކަމާ ދެކޮޅު އޮޕަރޭޝަނެއް ހިންގާފައި މިވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ނިރުބަވެރި ހަމަލާތަކެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށާއި ސިފައިންގެ އިންޓަލިޖެންސަށް ލިބުމާ ގުޅިގެން ކަމަށްވެއެވެ.
އައްޑޫގެ އިތުރުން މާލެ، ހުޅުމާލެއިންނާއި ބައެއް ރަށްތަކުން ވެސް ހަރުކަށި ފިކުރުގެ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ވިދާޅުވީ ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއި ގުޅޭ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އާއްމުންގެ ކިބައިން އަދިވެސް ފުލުހުން އެދޭކަމަށެވެ. އެމައުލޫމާތުތައް ހިއްސާ ކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
މަޑުކަށި ފިކުރަށް ޕޮޒިޓިވް ވީތަ އެ ދޫކޮށްލީ...
އެމީހުންގެ ކަށި ޓެސްޓް ކުރުމުން ހަރުނޫންކަން ސާބިތުވީކަން ނޭނގެދޯ!
އެމްޑީއެން ގެ މީހަކު ހައްޔަރު އަދި ނުކުރެއެވެ.
ހައްޔަރު ކުރީ އެއްވެސް ކަމެއްނެތި ގަތް ބިރަކުން. ހަހަހަހަހަ
ހަރުކަށި ފިކުރޭކިޔައި ބަޔަކު ހައްޔަރުކުރީ ދިބެހި މުޖުތަމައުގެ އަގު ވައްޓަން. އެހައި ނުރައްކާ ބަޔަކުނަމަ މުޖުތަމަޢަށް ދޫނުކުރާނެ
އަބަދު އެކަކުގެ ނަން ތިޖަހަނީ އެހެން މީހުންގެ ނަން ޖަހަން ނުކެރިގެންތަ؟ ނޫނީ ވަކި ނަޔަކު ބުނަނީތަ އެނަން އެކަންޔޭ ޖަހަން ޖެހޭނީ، ހަމަ ހަމަ ކަން ވެސް އިންނަން ވާނެ ނުންތޯ ނުސްވެރިނޭވެ.
ރަންކޮޅާ ފަނޑިޔާރުންނާއި ގާޒީންނަށް ހާދަރުފިޔާއެކޭ ލިބެނީ އެމީހުންދޫކުރީމަ
ލާދީނީ ގުރޫޕުގެ މީހުން ކޮބައިތޯ؟ކޮންފިކުރެއްގެ ބައެއްތޯ؟
ތިހިން މީހުންބުނާވާހަކަޔަށް ހަށްޔަރުކުރަންޏާ ރާއްޖޭގެ ގިނަބަޔަކު ކަލޭމެންހަށްޔަރުކުރަންޖެހޭނެ.
ފިކުރަށް އަދަބުދެވޭ ގާނޫނެއްނެތް. އަމަލަށް އަދަބު ކަނޑައެޅިފަހުރީ. ބަޔަކުހަމަ ބޭނުންވާއިރަށް މީ އޭގެމީހެކޭ މީގެމީހެކޭ ކިޔާފަ ހައްޔަރުކޮށް އަނިޔާއެއް ނުކުރެވޭނެ. މުޅިދުނިޔޭގައި އޮތީ ފިކުރުގެ ހަނގުރާމަ. އަނިޔާވެރިކަމާ ހައްދުފަހަނަ އެޅުން އުފެދިބޮޑުވަނީ ބާރުހުރި މީހުންގެ މަސްލަހަތައްޓަކައި އިންސާފާއި ހަމަ ގެއްލުނީމަ. އިންސާފުގެ މަގު ބަންދު ވެއްޖެކަމަށް ގަބޫލުކުރެވުން ދެގޮތެއްވޭ. އެއީ ކޮންމެފަދަ ކަމަކާ ކުރިމަތިލާން ޖެހުނަސް އަނިޔާވެރިކަން އިސްކުރުން. ނޫނީ އަމިއްލައަށް މަރުވުން.
މިކަްމުން ސަލާމަތްވެވޭނީ އިޚުލާސްތެރިކަމާއެކު އަމިއްލަ މަސްލަހަތު އިސްނުކޮށް އިންސާފު ގާއިމުކޮށްދީގެން