އެމްއެމްޕީއާރްސީގެ ފައިސާ އެންމެ ގިނައިން ލިބުނީ މިސަރުކާރުގެ މީހުންނަށް ކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި ފިޝަރީސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ.ޝައިނީ މުހައްމަދު ވިދާޅުވާ އަޑުއިވޭ އޯޑިއޯއެއް ލީކު ވެއްޖެއެވެ.
ރައީސް ޔާމީން ހިމެނޭހެން ބައެއް ސިޔާސީ ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ޝައިނީ ދެއްކެވި ވާހަކަތައް ހިމެނޭ ވީޑިއޯގައި ޝައިނީ ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލަ މިސަރުކާރުން ވެސް ނުބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާއި ބެހޭ ގޮތުން ޝައިނީ އާއި ވާހަކަދެއްކި މީހާ އޯޑިއޯގައި ސުވާލު ކުރާ އަޑުއިވެއެވެ. އޭނާ ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ އޭގެ އަސްލު ގޮތުގައި ތަހުގީގުކުރަން އެއްވެސް ސަރުކާރަކަށް ކެރޭނެތޯ ސުވާލު ކޮށްފައެވެ.
އޭގެ ޖަވާބުގައި ޝައިނީ ވިދާޅުވީ، "ނުކެރޭނެ" ކަމަށެވެ. އޭނާ ވިދާޅުވީ "އެންމެ ގިނަ ލާރި ރިސީވްވެފައި ހުންނާނީ މިހާރު ތިބި މީހުންނަށް" ކަމަށެވެ. އެއީ ކުޑަކުއްޖަކު ވެސް ދަންނާނެ ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝައިނީ ވަނީ މި ސަރުކާރު މި އޮތީ އޭނާއާ ހެދި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ ވެސް ޝައިނީ މެދުވެރިވެރިވެގެން ކުރި މަޝްވަރާތަކެއްގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.
ޔާމީނަށް ފާޑުވިދާޅުވެ ޝައިނީ ވިދާޅުވީ ޔާމީންގެ ކެބިނެޓުގައި އޭނާ ބެހެއްޓެވީ މަޖުބޫރުވެގެން ކަމަށާއި ޔާމީނަކީ ވަޒީރުންނަށް އެއްވެސް އެއްޗެއް ނުދެއްވައި އިހާނެތިކޮށް ކަންތައް ކުރެއްވި ވެރިއެއްގެ ގޮތުގައި ތާރީހުގައި ލިޔެވިގެންދާނެ ކަމަށެވެ.
ޝައިނީ އެހެން ވިދާޅުވުމުން، ކެބިނެޓުގައި ތިއްބަވައިގެން ގައުމަށް ގެނައި ތަރައްގީއަށް ބެއްލެވުމަށް އެހެން މީހަކު އެ އޯޑިއޯގައި ބުނާ އަޑު އިވެ އެވެ.
ރައްދުގައި ޝައިނީ ވިދާޅުވީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ކުރީގެ ބޭފުޅުންނަށް އިއްޒަތުގެ ޝަރަފު ދެއްވި ކަމަށެވެ. އަދި ޔާމީނުގެ ވެރިކަމުގައި ލާރިކޮޅެއް ދޭން ބުނީމަ އެއް ލައްކަ ރުފިޔާވެސް ނުދެވުނު ކަމަށެވެ.
ޝައިނީ އޯޑިއޯގައި ވިދާޅުވަނީ އޭނާ ކެބިނެޓްގައި ބަހައްޓަން މަޖުބޫރުވީ ބޭރު ގައުމުތަކާއި ސިޔާސީ ފަރާތްތަކާ އެކު ސަރުކާރުން ކުރި ހުރިހާ މަޝްވަރާއެއްގައި އިސްކޮށް އޭނާ ހުންނެވުމުން ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ޖެހުނު މައްސަލަތަކަށް ފަހު ޝައިނީ އަށް ޔާމީން ރަނގަޅު ނޫން ކަމަށާއި އެކަމަކު ކެބިނެޓްގައި ބަހައްޓަން މަޖުބޫރުވީ ކަމަށް ވިދާޅުވިއެވެ.
މި އޯޑިއޯގައި ސިފައިންނާއި ފުލުހުންނަށް، ނަރުހުންނާއި ޑަކުޓަރުންނަށް، ސިވިލް ސާވަންޓުންނަށް ފްލެޓް ދިން އިރު ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ފްލެޓެއްގެ ހިސާބުވެސް ޔާމީން ނުދެއްވި ކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.
"ރާއްޖޭގައި ފްލެޓް ލިބެނީ ކޮން ބަޔަކަށް؟ ސިފައިންނާއި ފުލުހުންނަށް، ނަރުހުންނަށް، ޑޮކްޓަރުންނަށް، ސިވިލް ސާވެެންޓުންނަށް، މުސްކުޅިންނަށް، އަލަށް މީހުންނާ އިންނަ މީހުންނަށް. ކިހާ ވަރަކަށް ކީ ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ކީއްހޭ ވާނީ ފްލެޓެއް ދިނިއްޔާ،" އޯޑިއޯގައި ޝައިނީ ވިދާޅުވިއެވެ.
ލީކްވެފައިވާ އޯޑިއޯ އާއި ގުޅިގެން ޝައިނީގެ ބަހެއް އަދި ނުލިބެއެވެ.
ތި އޯޑިއޯ ކޮބާ؟
ތިކަ މުގައި ރައީސް ޔާ މީނަށް ސެލިއުޓް ، ވަޒީރުކަ މުގަ ތިއްބަވާތީ ލާރިކޮޅެއް ދޭކައްވެސް ނުޖެހޭ ފޮލެޓެއްވެސް ދޭކަށް ނުޖެހޭ ، ރައީސް ޔާ މީނަކީ ގައު މަށްޓަކާ ވެރިކަން ކުރެއްވި ރައީސެއް ގައު މުގެ ރައީސެއް ކެރޭރައީސެއް .....
ތިބުނާ އޯޑިއޯއެއްގައި ބުނާ ވާހަކަތަކަށް ބަލާއިރު ރައިސް ޔާމީން ގެންގުޅުއްވި ސިޔާސަތުތައް ރަގަނޅުކަން ހާމަވެގެން މިދިޔައީ!! ކޮންމެހެން ނުޖެހޭ މިނިސްޓަރަކަށްވިއޭ ކިޔާފަ ފުލެޓާ ފައިސާތަކެއް ދޭކަށް!! މިނިސްޓަރަކަށްވީމަ ދައލަތުން ވަރަށްގިނަ އިނާޔަތްތަކާ ބާރުތައް ގާނޫނުތަކުން މިނިސްޓަރުންނަށް ލިބިދޭ!! ދިދަ ޖެހި ކާރު، ޑިޕޮލޮމެޓިކް ޕާސްޕޯޓް، ރަގަނޅު ގައުމުތަކުން އާއިލާއަށް ބޭސްފަރުވާ، ރަގަނޅު މުސާރައެއް، ބޮޑީގާޑުން އަދި ޑިޕޮލޮމެޓިކް އިމްތިޔާޒްތައް…!! މިއީ ރައިސް ޔާމީން ދިން މަގާމެއްގެ ސަބަބުން ލިބުނު ކަންކަން ނޫންތޯ؟ ދެން ރައިސް ޔާމީނު ނުޖެހޭ ފްލެޓްތަކާ ފައިސާ ދޭކަށް!! ގާސިމްވެސް ރުޅިއައީ އޭނާ ބޭނުންހާ ފަޅަކާ ކަންކަން ހަމަޖައްސާ ނުދިނީމަ!! ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ދައްކަން އެންގީމަ!! ޖާބިރުވެސް ހަމައެހެން!! މައުމޫނަށްވީވެސް ހަމައެހެން! އޭނާ އެދުނީ ޕީޖީއަކަށް މައުމޫނު ހަމީދު އަދި ނައިބު ރައީސަކަށް ފާރިޝް ގެންނަން!! އެކަން ނުވީމަ މިއެންމެން އެކީ އެކިގޮތްގޮތަށް ސަރުކާރާތޮޅެންފެށީ!! ޙަގީގަތަކީ ރައިސް ޔާމީން މަސައްކަތްކުރީ އިޚްލާސްތެރިކަމާއެކީ ގައުމު ކުރިއަރުވާ ތަރައްގީކުރަންކަން ތިޔަބުނާ އޯޑިއޯއިން މިއިތުރަށް ހާމަވީ ރައްޔިތުންނަށް!! މިހާރު މިނިސްޓަރުންނަށް ބައިއަޅާހެން ނާޅާ ގައުމާއިގެން ކުރިއަށްދެވޭޔީ ޔާމީން ބެލިކަން މިއެނގުނީ!!
މިވާހަކަތަކުން އަޅުގަނޑަ އިހްސާސް ކުރެވެނީ ޝައިނީ އަކީވެސް ތިމާގެ އަމިއް ލައެދުމައިގެން އުޅުނުބޭފުޅެއްކަން ރަޢީސް ޔާމީނަކީ މި ދިވެހި ޤައުމަ އެންމެ އެކަށީގެންވާ ވެރިޔަކީ.
ރ.ޔާމީން ހަމަބެސްޓް
ވައްކަން ކުރަންވެސް އެވަރެއްނެތް.
ކޮބާ ކަލޭ ޅޮއސަލަ ފުށީގެ ބަދަލުގައި ތައިލެންޑްމޭޔަރ ގެ ދަރި އަށް އަމުއަމިއްލައަށް ލޯންޗްގަދިޔަދަތުރު ނެގިފައިސާ އެހެނރަސެއްދޭން ގޮސް
މިފޭކުމީހެއް
ރޔާމީން ހަމަބެސްޓް
ޝައިނީ މިނިސްޓަރެއްގެމަގާމުލިބުމަކީ ގޯތިނުވަތަ ފްލެޓްދޭންޖެހޭސަބަބެއްނޫން ރައީސް ޔާމީން މިނިސްޓަރުކަންހަވާލުކުރީ އަދީބާގުޅިގެންވައްކަންކުރާކަށްނޫން ރައްޔިތުންނައް ޚިދުމަތްކުރުމަށް އަދީބާއެކު އެސަކަރާތްޖެހީމަވެސް މަގާމުގަބެހެއްޓިކަންއެއީ ރައީސްގެ ހެޔޮފުޅުކަން އޭގެކުރީގަ ގާތްގުޅުމެއްއޮތަސް ގުޅުންގޯސްވީ ޝައިނީގެއިހްލާސްތެރިކަމެއްނެތީމަ
ތީގެން ދޭހަވީ މިހާރުގެ ރައީސް ހެން ގާތް މީހުންނަށް ބަޖެޓް ބަހާނުލާކަން ދޯ
އަމިއްލަ ސޯޓް ތިޔަ ބޭލުނީ، މިނިސްޓަރުންވީމަ އެގްޒެކެޓިވް އިންވީމާ މައުމޫން ވިލިގިން ގޯތި ދީފަ، ހުޅުމާލެއިން ގޯތި ދީފަ ހުރިކަން އެންމެނަށް އިގޭ ، މިހާރު ހުރިމީހާ ހަދާ ގޮތަކީ މިލިއަނުން ރފ އެކައުންޓަށް ޖަމާ ކޮއްލަނީ ކިހާ މޮޅު،
އެއީ ޝައިނީމެން ބޭނުންވާ ގޮތަކީ އެކަން ނުވީމަ ޔާމީން ކަޑައީ ކެކެކެ
.ސައިނީއައް ފުލެޓެއް ނުވަތަ ގޯއްޗެއް ނެތް ވާހަކަ ދައްކާއިރު ކިތައް ފުލެޓު ގަންނަވަރައް ލާރި ލިބުންތަ
ތިޔަ އޯޑިއޯއިންވެސް އެގިގެންދިޔައީ ރައީސްޔާމީން ކެބިނެޓައްވުރެވެސް ބޮޑައް މާލީ އެހީތެރިކަން ދޭންބޭނުންވަނީ ރައްޔިތު ނިކަމެތިންނައްކަން ކެބިނެޓްމީހުނައް ލިބޭނެތީ ނޫންތޯ އެހެންއެހެއްދެވީ މީސައިނީމެންގެ ސިކުޑީގެތަފާތު ކިޔަވައިގެންތިބި މޮޅުމީހެއް ސައިނީވެސްމީ ސަރަފުލިބުނީމާ ފައިސާހޯދަން އުޅުނީމާ ވެއްޓުނީ
ޙާދަ ވައްތަރޭ ސްޓަންޓު އަކާ..ލީކު ކޮއްލަންވެގެން ހެދި އޯޑިއޯ އެއްދޯ
ތިކަހަލަ މީހުންނަށް އަބަދުވެސް ފެންނާނީ އިރު މެދުޖެހުނީމަ.
ޢެކަ މު އޭރުގެ އެން މެ ވަރުގަދަ މިނިސްޓަރު ތިއީ..ނުވަތަ އަދީބު ޕުލަސް
.ޔާމިން އޭކިޔައިގެން ކިތަންމެ އަގައެއް އެރުވިޔަސް މިސަރުކާރުން ތިސައިނީ ބަލައެއް ނުގަނޭ ..ވަރައްސަލާމް..އަދިވެސްމީހުންގެ ރުހުންހޯދަން ހިތުން އޯޑިއޯ ހަދާ
.ކޯމާއެއްގަ އޮވެފަތަ ތިތެދުވީ؟
ޝައިނީ އާއި އަނިލް ދޮރުފޮތި ބިއްދަށުގައި އިބުރާހިމް މުހައްމަދު ސޯލިހު 2މިލިއަން ޑޮލަރު ބަލާދިޔައިރު ހުރިވާހަކައިގެ އަސްލުވެސް އަދި އެގޭނެދީ. އިބުރާހިމް މުހައްމަދު ސޯލިހަށް ދިނީ އަދީބުގެ ހަލާލު އެހެންނަމަވެސް އެމްއެމްޕީއާރުސީ ގެ ފައިސާ ކޮޅެއް ކަމަށް ވުންގާތް ޕޮލިސް ތަހުގީގު ޓީމަށް ވެސް އެޓީމުގެ ވެރިޔާ ޑީސީޕީ ރިޔާޒަށް ވެސް ވަރަށް ގިނަ ފައިސާ ދިންކަމަށް އަޑު އިވޭ
ސައިނީ ނޫނަސް ބޭރުދުނިޔެއާ ރައީސް ޔާމީންގެ ސަރުކާރާ ގުޅުވަދެވޭނެ މީހުން ޕީޕީއެމްގެ އެބަތިބި މުންދުވެސް އެހުރީނު ދެންކޮން ފުއްޕުމެއް ފުއްކައްތޯ.ކަންޑީނުލާ ބެހެއްޓީ ސައިނީ ރޯނެތީ
ޝައިނީ އަކީ އިޚުލާސްތެރި މީހެއް ނޫން
ރާއްޖެއަށް ސައުދީން ގެ އަރަމް ކޯއިން ތެޔޮ ހެޔޮ އަގުގައި ލިބެން އޮތް ކަންތަކުގައި ވެސް ލަސްކޮށް ދަތި ކުރިމީހަކީ މީނާ އެކަންވެސް ވީ ފެއިލް އަދި ބުނަން 2018 ޔާމިންގެ ކެމްޕޭންގައި ގަލޮޅުގައި ހުރި ކެމްޕޭން ޖަގަހަ ހުރީ ޝައިނީ އުޅޭ ގެއާއި ޖެހިގެން ދެގެ ދޫކޮށްފައި އެތަނަށް އެންމެ ފަހަރަކު ވެސް ވަދެނުލާ ރޯދަ މަހު އޮތް މާހެފުން ވެސް އިފްތިތާހު ކޮށްދޭން ޖެހުނީ ޑރ. މުއިއްޒަށް އެއީ ގަލޮޅުން ބޭއްވި މާހެފުން މިވަރުގެ މަކަރުވެރި މީހަކު ކެބިނެޓްގައި ގެންގުޅުކަމަށްޓަކައި ޝުކުރުކޮށްބަލަ ކަލޭގެ އަންހެނުންގެ ގެ ކުޑަތަ ދިރިއުޅެން ކަލޭ އަދި ވެސް ވާނީ ފަލީހަތް މަކުވެރިއެއް ސިޔާސީ ތަރި ތިހިރީ އޮތްސިފައި
ޝައިނީ މެން މިހާރު ތިޔައީ ސިޔާސީހައްޕުނޑު.
ކެބްނެޓްގައި ގެންގުޅުނީ މަޖްބޫރު ވެގެނެއް ނޫން ކަލޭމެން ޔާމިނަށް އޮޅުވާލާ ދޯކާ ދިނީ
އެއް ވުރެ އުމަރު ވެސް މަށަށް ރަނގަޅު ކަލޭމެން ވެރިކަން ނިމުމުން ފިލީ ތިޔަ ހުރީ ސިޔާސީ ތަރި އޮތްސިފައި ދެން އަންހެނުން ގެއިން ލިބުނު ބޮޑު އެޕާރޓް މަންޓްގައި ޝުކުރު ކޮށްގެން އޮވެބަލަ
ތިކަމުންވެސް ދޭހަވަނީ ރައީސްޔާމީނަކީ ވަޒީރުންނަށް ލާރިބަހާ މީހެއްނޫންކަން ރައީސްޔާމީން ބޭނުންފުޅުވަނީ ގައުމާއި ރަށްޔަތުންނަށްޓަކާ ގައުމު މުއްސަނދިކޮށްދޭންކަން ހުރިހާގޮތަކުން ބެލިޔަސް ރައީސްޔާމީން ވަރެއް ހަމަނެތް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރައީސްޔާމީނަކީ ގައުމުގެ ތަރަށްގީގެ ބާނީ...
ޔަގީން ޝައިނީ ކެއިލެއް މަދެއް ނޫންނަން މިހާރު އެބަ ހާމަ ވޭ ތި ދައްކާބަހުން؟؟؟ އެބަހީވޭ ކޭމަހެން މާދުރު ދުރުން ތިދުވަނީ؟ ކޮފީބޯންތޯ އެ އޮފީހައް ދެ ދަޅައަށް އެހެންވީމަ ވަދެ އުޅެނީ؟
ތިޔަ އިވުނީ ވަޒީރުކަން ކުރިމީހަކަށް އެއްޗެއް ނުލިބިގެން ޝަކުވާ ކުރިއަޑު، މަޖިލީހުގައި މެމްބަރުކަން ކުރާމީހުން ވެސް ތިބީ މިޙާލުގަ، މެމްބަރަކު މި ވިދާޅުވަނީ ތިމަންނަމެން ކީއްކުރަންހޭ ޕާޓީގެ ކަންތައްތަކުގައި އުޅެންވީ، ޕާޓިގެ ސަރުކާރެއް އޮތްއިރު ތިމަންނައަށް އެއްވެސް ކަމެއް ކޮށްދީފައެއް ނެތޭ ކީއްކުރަންހޭ ތިމަންނަ އެހާބަރުން އުޅެންވީ، މި އީ ގާތް މީހަކު ބުނިވާހަކައަކަށްވީނަމަވެސް އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދުނީ މިބޭފުޅާއަކީ އަޅުގަޑަށް ކިތަންމެ ރަނގަޅަސް ޤައުމާއި މެދު އިޚްލާޞްތެރިކަމެއް ނެތެއްނުންހޭ މިވާހަ ހިއްޞާކޮއްލަން މިޖެހުނީ ޝައިނީ ތިދެއްކިވާހައާއި ހުރި ގުޅުމުގެ ސަބަބުންނެވެ. ޢަދި ރައީސް ޔާމީނު ގެންގުޅުއްވި ސިޔާސަތަކީ ހަރުދަނާ ސިޔާސަތެއްކަން ވިސްނާ ފިކުރުކުރާބަޔަކުނަމަ ޤަބޫލު ނުކުރަންވީ ސަބަބެއް އެބައޮތް ހެއްޔެވެ. ޥަޒީރުންނާއި، މަޖިލިސް މެމްބަރުންނަށް ދައުލަތުގެ ޚަޒާނާ ބަހާ ހުސްކޮށްލާ ސިޔާސަތަކީ ރައީސް ޔާމީނު ގެންގުޅުއްވި ސިޔާސަތެއް ނޫންކަން މި ވާހަކަތަކުން ވަރަށް ސާފެވެ. ޢަދިވެސް މިކަހަލަ ވާހަކަތައް އަޑުއިވެދާނެއެވެ. ބަލަމާ ހިނގާށެވެ.....
ތި ޝައިނީއަކީ ވަޒީރުކަމުގައިހުރެގެން އެހުރި ދާއިރާއިން ލާރިކެވެންއޮތް ގޮތަކުން ލާރިކައިގެން ހުރިމީހެއް. ފަޅުރަށްރަށް ދިނުމާއި މަސްވެރިކަމުގެކަންކަމުގެތެރެއިން. ގޯތިނެތް ވަޒީރަކަށް ހުންނަކޮންމެމީހަކަށް ގޯއްޗާއި ފުލެޓްދޭކަށްނުޖެހޭ. ލާރިދޭކަށްވެސް ނުޖެހޭ.
ޝައިނީ މިހުރިހާ ވާހަކަ ދައްކާއިރު ލަދެއްވެސް ނުގަނޭ ދޯ؟ ޤައުމަށް ޣައްދާރުވެ ފާފު އަތޮޅު އަރަބި ސައްޔާރަކަށް ވިއްކާލަން ހިންގި ވަގު ޑީލްގެ ކަންކަމުގެ ތެރެއިން މަޖިލިސް ގަތުމަށް އަރަބިކަރައިން ފޮށިފޮށްޓަށް އަޅާފައި ޕްރިވެޓް ޖެޓެއްގައި ފޮނުވި ޑޮލަރު ނޫޓޫތަށް ހުރި 5 ފޮށިގަނޑު ނެރުނީ ޝައިނީގެ ޕާސްޕޯޓް ދައްކާފައި ނޫންތޯ؟ އަދި އެނޫޓު ތަށް ހުރި ފޮށިތަކުގެ ތެރެއިން 3 ފޮށި އުފުލީ ޝައިނީއާއި އަނިލްގެ ނޫންތޯ. ދެން އެތަނުން ފޮއްޓެއްގައި ހުރި ނޫޓޫ ބޮނޑިތަކުން އެކަށީގެންވާ އަދަދެއްގެ ނޫޓޫބޮނޑި ތަކަށް ވީގޮތެއް އެނގޭނީ ހަމައެކަނި ޝައިނީއަށާއި އަނިލް އަށް އެހެން ނޫންތޯ؟ ދެން ކެނެޑާއަށް ހިޖުރަކުރަން އުޅުނީމާ ބަނދެފަ ބެހެއްޓީމަ ޔާމީން ދެކެ ކިތައްމެ ރުޅި އަޔަސް ކެބިނެޓްގައިވެސް ހުންނަންޖެހޭނީ އަޅުވެތިކަމާއިއެކު ނޫންތޯ؟ އަދިވެސް ލިބުނު ވަރު މަދީތޯ؟ މަބޮޑަށް އަގަގަދަ ނުކޮށް މަޑުން ހުރިއްޔާ މާރަންގަޅު ވާނެ. އެހެން ނޫނިއްޔާ ދެން ވާނީ އިތުރަށް ފަލީހަތް.
ޝަރިނީއެވެ. ތިމާ މީހަކަށް ވުމުގައި އަދި ޚާއްސަކޮށް ސިޔާސީ ދާއިރާއަށް ނެރެދެއްވުމުގައި ރައީސް މަޢޫމޫން ބޮޑު ދައުރެއް އޮންނާނެކަމީ ޝައްކެއް އޮން ކަމެއް ނޫނެވެ. އެހެން ނަމަވެސް، އާރާ ބާރު ލިބުން ދުވަހު އެމަނިކުފާނާ ދިމާލަށްވެސް (އެހެން ޕީޕީއެމްގެ މެންބަރުން) ނުކިޔާހާ އެއްޗެހި ޝައިނީ ކީ. އޭރު ޔާމީން ވަރެއް ނެތް. މިހާރު ޔާމީން ހާ ގޯސް މީހަކު ނެތް. ތިޔަ ތިބެނީ އިހްލާސްތެރިންނެނެތް ނޫން. ކާކުތަ ޝައިނީ އޮފްކޮށްފަ ކެބިނެޓްގައި ބަހައްޓަން ބޭނުންވެގެން އުޅޭނީ.
މީ މޮޔަގޮލައެއްތަ ؟އެހެންމޯހުންގެ އަގުވައްޓަން އުޅެގެން ތިބޭލެނީ ތިމާގެ ސޯޓު.. ފާޅުވަނީ ތިމާގެ ހިތުގެ ދަހިވެތިކަން. ރުއިމަ މަންމަ ބުއްދިނަކަސް ވަޒިރުކަމުގަ ހުނަންއިރު މާލިއްޔަތުން މުސާރަ ނޫން އެއްޗެއް ދޭކަށް ނުޖެހޭ...ޔާމީން ބަރާބަރު..ހުންނަ ނުބައުިކަން ދެކިބަލަ މީނަގެ..ކޮން އިރަކުތަ ނިދިން ހޭލީ
މީ ކާކުތަ. އަހަރެމެން މީނަޔަށް އޭރު ކިޔާ އުޅުނީ ވާނުވާ މިނިސްޓަރު.
ހަމަރ.ޔާމިންވަރުގެރައްޔިތުން ލޯބިވާވެރިއެއް ނެއް ސާބަހޭ ތަރައްގީގެބާނީ ރ.ޔާމިން
ކީކޭދެންބުނާނީ ރ.ޔަމިންވަރުގެގަޓްހުރިވެރިއެއްނެއް
ވީލަވް ރ.ޔާމިން
ސަޅި ޔާމިން ވަރުގެވެރިއެއް ނެއްކަންމިއެގެނީ ރައްޔިތުންނައް
އޭ ހަމަޔާމިންވަރުގެ ވެރިއަކު ނެއްދޯ ސާބަހޭ ސާބަހޭ ރ.ޔާމިން ވީޕުރައުޑް ހިމް
ކަލެއަށް ކިހާވަރެއް ލިބުނީމާތަ އެއްޗެއް ލިބުނުކަމަށްވަނީ. ތީ ބޮޑު ވަގެއް. އެއްޗެއް ދޭކަށް ނުވެސްޖެހޭ. އެހެންމީހުންހެން މަސައްކަތުން ފައިސާ ހޯދަންޖެހޭނީ. އަދީބުއަތުން ނެގިވަރު މަދީތަ؟ ކަލޭ އަމިއްލައަކަށްނު ބުނީ ގޭގަ ލިފްޓްލާން ފައިސާ ދިންވާހަކަ. ވަގުކަލޭގެ އުޅޭ ވައްތަރު ބަލާބަލަ.
ކޮނުނު ކޮނުނުހެން ގިނަވާނީ ފަސް އުފުލެނީ ރައީސް ޔާމީންގެ ގަދަރު ، ރައްޔަތުންގެ ލިބެނީ ރޔ މެދު އިތުބާރު، ފެންނަމުންދަނީ އެމަނިކުފާންގެ އިޙްލާސްތެރިކަން، ހާމަ ވަނީ އެމަނިކުފާންގެ އިނަސެންޓްކަން، ވަމުން ދަނީ މިސަރުކާރު ފަލީހަތް، ނަސްރާ ކާމިޔާބު ލިބޭނީ އިޙްލާސްތެރި ތެދުނިޔަތުގާ މަސްއކަތް ކުރާ އަޅުންނަށް ،
ޔާމިނައް ދޯކާދިނީ ކައިރީގަތިބި ވަގުން ނާ އެމްޑީޕީތެރެއިން ގެނާ ރީކޯމެންފަދަ ބޮޑަތި ވަގުން ލާރިގަންޑު ބައްކޮއްގެން މެޑަންބޮލައް ޗިޕެއްޖަހާފަ ބެޗީ
ޝައިނީ އަނގަ ފެޅީ ކިހިނެއް ވީ؟ އަނެއްކާ ބުރޯ ދިޔާ ގޯންޏެއް ދިނީތަ؟
ޝައިނީ އަކީ މުނާފިގެއް. ދެން ޕީ.ޕީ.އެމްގެ ފުރަތަމަ ސަފުން ފެނިގެންނުވާނެ.
ދެކޮޅުން ކާގެންވެސް ނުފުރޭތަ؟
މިީނާގެ އެޕާރޓްމަންޓެއެއް ޕްލެޓިނަމްގައި އެބަހުރި.
ޝައިނީ ސާބަސް ތިމަ ވަރަށް ބޯބިވީ ބޭފުޅެއް އަދިވެސް އެންއިރެއްގައި ހިތުގައި ހަސަދައެއް އޮތް ކަމުގައި ވިޔަސް މިހާރު ތެދު ބުނަންވެއްޖެ ތިޔަ މަނިކުފާނަށްވެސް އެގޭ ޔާމީންގެ ކުށެއްނެތްކަން ހުރިހާ ކަމެއްވެސް ކުރީ ޔާނީމް ކައިރީ އުޅުނު ބޭފުޅުންކަން މިހާރު ދައުވާ ކުރިޔަސް ހުކުމެއް އަޔަސް 2023 ގައި މިނިވަން ކުރާނަން މީ ބާތިލް ވެރިކަމެއްކަން ރައްޔިތުންނަށް ކިޔަދީ މިރޭވެސް މަރުވެދާނެ ކާކަންއެގޭނީ ކޮންއިރަކުކަން ވަގުޖެހޭނީ އާދޭސް ކޮށްފައި އެދެން ޑޮކްޓަރު ޝައިނީ އެއްވެސް ކަމެއް ސިއްރު ނުކުރޭ އަދީބުވެސް އަނީލްވެސް ޝައިނީވެސް އަޒްލީންވެސް ހައްޤުބަސްބުނޭ އިންސާނުންނަށް ކުށްކުރެވޭނީ ރަގަޅުމަގަށް ރުޖޫއަވޭ އެއްކަމެއްވެސް މިސަރުކާރަކުން ނުކުރެވޭނެ އާދޭސްކުރަން ޝައިނީ އަދީބު ތިޔަހެން މަޑުން ނުތިބޭ ރައްޔިތުން މިހަނާވަނީ