ކޮވިޑް-19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަަވަޅުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އަރުވައިގެން ދަތުރު ކުރި ވެހިކަލެއްގެ ޑްރައިވަރާއި، ހުއްދަ ނެތި ދަތުރު ކުރި އެންމެންނަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ، ގިނަ އަދަދެއްގެ ބިދޭސީން އަރުވައިގެން ދަތުރު ކުރި ވެހިކަލެއް މިއަދު ހަވީރުގެ ވަގުތެއްގައި ހުއްޓުވައި ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ވެހިކަލް ބަލާ ފާސްކުރިއިރު، ހުއްދަ ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމެއްގައި ބޭރަށް ނުކުމެ، ވެހިކަލް ބޭނުން ކޮށްފައިވާތީ ޑްރައިވަރަށް ދޫކޮށްފައިވާ ފާސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބޭރުގައި އުޅުމުގެ ހުއްދަ ނެތި އެ ވެހިކަލްގައި ތިބި މީހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ ވެހިކަލްގައި 14 މީހުން ތިބި ކަމަށެވެ. އަދި ވެހިކަލް ދުއްވަން އިނީ ބިދޭސީއެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޏަސީ

  ޔަގީން ތިޔަ ޑްރައިވަރަކީ ދިވެއްސަކަށް ތިވާނި. ނިޔަނެތި ބަންގާޅިން ނުވާނެ ކުށްވެރިޔެއް

  18
 2. .....

  ބަންގާޅިން ބޭރުކުރުމާއި ބެހޭގޮތުން ރައްޔިތުން އަޑުއުފުލަން ލަސްވެއްޖެ....ތެދުވަމާ....ވަކި ބައެއްގެ މަންފާއަށްޓަކާ ގައުމު ނުރައްކަލަކަށް ހުށްއެޅުން ބަލައެއް ނުގަނެވޭނެ...

  20
  • ޚަލީލް

   ބަންގާޅީން ބޭރުކުރެވޭނީ ދިވެހީންގެ ކަންނެތްކަން ފިލި ދުވަހަކުން. ދިވެހިންނަކަށް ނުކެރޭ ކޮންމެ ކޮންމެ މަސައްކަތެއް ކުރާކަށް.

   10
   2
 3. މަހާ

  ކާރފިއު ގަޑީގަ ބޭރުގައުޅޭ ބަނގުލަދޭޝީން ގެންގޮސް ގަނޑުވަރުތަކަށްލާ ސަރުކާރުން ކާން ބޯންދީ ބަލަހައްޓަނީ،
  ކާރފިއު ގަޑީގަ ދިވެއްސަކު ނުކުތީމަ 1000 ރ އިން ޖޫރިމަނާ ކުރަނީ،
  މިއަށްވެސް ކިޔަންވީ ހަމަ އިންސާފޭތޯ؟

 4. ކޮމެންޓު

  އެބޭކަލުންނަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ. ދިވެހިންނަށް ފިޔަވަޅު އެޅޭނީ

 5. ކޮމެންޓު

  އެބޭކަލުން ފިޔަވަޅު އަޅަންވީމަ އެއްވެސް ލިޔެކިޔުމެއް ނުހުންނާނެ. އެކަމު ހުރިހާ ލިޔެކިއުން ހިފައިން ގޮސް ވެކްސިން ޖަހައިން އެންމެން އެތިބީ

 6. ޢަލީ

  14 މީހުން ކަރަްޓީން 14 ދުވަސއ ޖަހާ ދެފައިހިފާއި އާދެސްކުރަން.

 7. ފާތުން

  ޤަވާއިދާ ޙިލާފައް އުޅޭ ބަންގާޅީން ބޭރުކުރޭ. ޢަހަރުން ރާއްޖެ ހަލާކުކޮއްފި މިބައިވަރުގަނޑު.😡👹

  2
  1