އިންޑިއާ-ރާއްޖެއާއި ދެމެދު މިދިޔަ އަހަރު ފެށުނު ކާގޯ ފެރީގެ ހިދުމަތް މެދުކެނޑުމެއްނެތި މިހާރުވެސް ކުރަމުންދާކަން މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން ހާމަކޮށްފިއެެވެ.

އިންޑިއާއި ރާއްޖެއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށިގެން ދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅާއި އެއްގޮތަށް މި މަސައްކަތް ފުރަތަަމަ ފެއްޓެވީ އިންޑިއާގެ ސޫތުކުޅި އާއި ކުޅުދުއްފުއްޓާއި ދެމެދުއެވެ. އޭގެ ފަހުން އައްޑޫ އާއި ތިނަދޫއަށްވެސް އެ ފެރީގެ ހިދުމަތް ފެށިއެވެ.

އެމްޕީއެލްގެ ތަރުޖަމާން ދާނިޝް ނިޒާމް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮންޓެއިނަރތައް ފެރީން އުފުލާއިރު، ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރު ފެރީ ރާއްޖެ އަންނަ ކަމަށެވެ

އެގޮތުން އޭނާ ވިދާޅުވީ، ފާއިތުވި ތިން މަހުގައިވެސް ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނަރ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވާ ކަމަށެވެ.އަދި މީގެއިތުރުން، 2624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ރާއްޖެ ގެނެސްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ދާނިޝް ވިދާޅުވީ، އެކަން ފާހަގަކުރަން ޖެހުނީ، ބައެއް ފަރާތްތަކުން އެ ހިދުމަތް ހުއްޓުފައިވާކަމަށް ވާހަކަ ދައްކާކަން މީސް މީޑިއާގެ ޒަރިއްޔާއިން ފެންނަމުންދާތީ ކަމަށެވެ.

"ގިނަ ވިޔަފާރިވެރިން މި ހިދުމަތް ބޭނުންކޮށް މިކަމަށް ބޮޑު ތަރުހީބެއް ދެމުންދާކަން މި ފުރުސަތުގައި ފާހަގަކޮށްލަން"،

ދާނިޝް ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ފެށި މި ހިދުމަތް ކޮވިޑްގެ މި ދަތި އުނދަގޫ ހާލަތުގައިވެސް މެދުކެނޑިފައިނުވާ ކަމަށެވެ،

"މި ހިދުމަތް މިހާރަށް ވުރެން ރަނގަޅަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ކުންފުނިން ކުރާ ވާހަކަ ދަންނަވަން". ދާނިޝް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިތުރު

    ފެރީ އަންނަ ތަނެއް ނުފެނޭ. މަހަކު ދެ ދަތުރުކުރަނީ ކިހިނެއް؟ އަނެއްކާ ދަތުރުފަށާނެ އައްޑޫއަށް މިލޓަރީ ސާމާނު ގެންނނަށް. ކުރިންވެސް އިންޑިޔާ ސިފައިންނަށް ބޭނުންވާ ސާމާނު ގެންނަށް އެކަނި ފެރީހެ ޚިދުމަތް ދެނީ. ދެން ބޯޓު އަންނައިރު ބިސްކޮޅެއް ނުގެންނަ ވާހަކއެއްނޫން.

  2. Anonymous

    ގައްލުމުގައި ހިންގަމުންދާ ކަމެއް މިއީ

    6
    1
  3. ފާތުމާ

    ފެނޭތަ ފެނޭތަ ފެނޭތަ ފެނޭތަ ތަމެން ޕީ.ޕީ ރޯނުއެދުރުންނަށް. ވައްކަމާ ދޮގާ ފަސާދަކުރުންނޫން ކަމެއް ދަސްވެފަނެތް.

    3
    11
    • ލޫޓުވާ

      ބާ ދަގަނޑު ބޯޓު ފޮޓޯއިންފެނޭ. މިގައުމު ރަށަކަށް ދާތަނެއް މިފަހަކުން ނުފެނޭ. ކޮބާ އަޅަންބުނި މހަކަު 4 ދަތުރު

  4. އެލެކްސް

    މެދެއްނުކެނޑެ މުދާ ހިފައިގެން ނާންނަނީ

  5. ކޮއްޗޭބެ

    ކުރިން އަޑުއެހީ ކޮޗިންފެރީ އެއްގެ ވާހަކަ. މީގައި އޮތީ ސޫތުކުޅި ވާހަކަ.