ލ. ފޮނަދޫ ގެއެއްގެ ބޭރު ފާރުގެ ބެރިއެއް ވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެރަށުގައި މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކައުންސިލްގެ ކުރީގެ ނައިބު ރައީސް ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ބުނީ، އުމުރުން ގާތްގަނޑަކަށް 14 އަހަރުގެ އެކުއްޖާގެ ގައިމައްޗަށް ވެއްޓިފައިވަނީ ގަރާޖެއް ގޮތަށް ހަދާފައި ހުރިތަނެއްގެ މަތިން އަޅާފައި ހުރި ބެރިއެއް ކަމަށެވެ.

"ކުއްޖާ އެތާ ދަށުގައި ހުއްޓާ ބެރި ބިންދައިގެން ގޮސް ކުއްޖާގެ ގައިމައްޗަށް ވެއްޓުނީ. އެއީ ވަރަށް ވައި ވެސް ގަދަ ވަގުތެއް" މައުލޫމާތު ދިން ފާރާތުން ބުންޏެވެ.

ކުއްޖާގެ ގައިމައްޗަށް އެބެރި ވެއްޓުމުން އެތަނުގައި ހުރި މީހަކު ދުވެފައި ގޮސް އެ ބެރި ހިއްލުމަށް މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އޭނާއަށް އެކަނި އެ ބެރި ހިއްލާ ނުލެވުމުން ކައިރީގައި ތިބި އެހެން ބައެއްގެ އެހީތެރިކަމާއި އެކީ ބެރި ހިއްލައި ކުއްޖާ ނެގި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، ބެރި ކުއްޖާގެ ގައިމަތިން ނަގަން ވަގުތުކޮޅެއް ދިޔަ ކަމަށާއި ބެރި ނެގިއިރު، ކުއްޖާ ހޭ ހުރި ކަމަށެވެ. އެހެން ނަމަވެސް ފެންނަ ފެނުމަށް ބޮޑެތި އަނިޔާތަކެއް ވެފައި ހުރި ކަމަށް ބެލެވޭ ކަމަށެވެ.

"ބެރި ނެގިއިރު، އަނގައިން ލޭ އައިސްފައި ހުރީ. ދެން އަތާއި ތަންތަން ބިނދިފައި ހުރިކަން އެނގޭ ކޮންމެސް ވަރަކަށް ބަލާލުމުން" އޭނާ ބުންޏެވެ.

މިހާދިސާއާއި ގުޅިގެން ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މަހާ

  އަވަސް ޝިފާއެއް ދެއްވާށި!

  23
 2. ރަމާ

  މިދަރިއަށް އަވަސް ޝިފާަަައަކަށް އެދެން

  22
 3. ޞާދިގު

  ޚަބަރު ކީމަ ނޭނގުނު ކޮން ޖިންސެެއްގެ ކުއްޖެއްކަމެއް. އަނިޔާ ލިބުނު ކުއްޖާއަށް އަވަސް ޝިފާއެއް އެދެން

  16
  2
 4. ހެޔޮ ދުޢާ

  ހިތާމަހުރި! ﷲ، ތިކުއްޖާފުޅަށް ފުރިހަމަ ޝިފާ މިންވަރު ކުރައްވާށި! އާމީން

  26
  • ާއަހު

   ާަމެެނ

 5. އެކުވެރިޔާ

  ބެރިއެއް ހުންނާނީތަ ނޫނީ އޮންނާނީތަ؟

 6. ޢަބްދުލްމުހައިމިން ޙުސައިން

  މިދަރި ހެޔޮ ޙާލުގައި ލައްވައި އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވުން އެދެން.

 7. ކޮތަރު

  ބެރިއެއް ހުން ނާނީކަން ނުވަތަ އޮންނާނީކަން އެނގޭނީ ބެރިއާއި ތަނބާ ވަކިކުރަން އެނގިގެންތާ.