ތަހުގީގު މަރުހަލާއިން ފެށިގެން ބަންދު ބެހެެއްޓުމަށް ހުރި ގާނޫނު ހުރަސްތައް ނައްތާލަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހް ގެންނަގޮތަށް އޭޖީ އޮފީހުން ބިލެއް ފަރުމާކޮށްފިއެވެ.
އޭޖީ އޮފީހުން ވިދާޅުވީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ، ނިރުބަވެރި ކުށްތައް ތަހްގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި، ރާއްޖެއިން ބޭރުގައި ނިރުބަވެރިން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.
އެގޮތުން، ނިރުބަވެރި ކުށްތައް ތަހްގީގުކުރުމާ ގުޅޭގޮތުން ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި އެފަދަ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުން ހިމެނެއެވެ.
އޭގެ އިތުރުން، އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން، ހަނގުރާމައަށް ދިއުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކާމެދު އަމަލުކުރާ އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ ތެރެއިން، ނިރުބަވެރިކަމުގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ތަހްގީގު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެނޫން ފަރާތްތަކަކީ އެފަދަ އަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވިނަމަވެސް، އެއީ، ނިރުބަވެރިކަމުގެ އަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް އެ އިސްލާހްގައި ވެއެވެ.
އަދި މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ތަންފީޒުކުރަމުންދާ ފަރާތްތަކަށާއި ނިރުބަވެރިކަމުގެ ކުށުގެ ތުހުމަތުގައި ތަހްގީގު މަރުހަލާގައި ބަންދުގައިވާ ފަރާތްތަކަށާއި، ނިރުބަވެރިކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެފަރާތްތަކުގެ އާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ގާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމައުއަށް އަނބުރާ ރުޖޫއަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި އިސްހާލާހުގައި ހިމަނާފައި ވެއެވެ.
ހަޑިހާވަމުންގޮސް އެކަހުކޭލެއް މިގަހު ކޭލެއް ވަކިނުވާވަރުކޮށްލާތީ. ދެޤާނޫނު ފުށުއަރައިގެން އަނެއްކާވެސް ކުށްވެރިން ދޫވެގެންދާނީ. ޤާނޫނު ހަދަންވާނީ ވަކިމީހަކަށް އަމާޒުކޮށެއްނޫން. ތެޅިފޮޅެގެން ޤާނޫނުތައްހަދާތީ އަބަދު އޭގެއިން ސަލާމަތްނުވެވިގެން ބޮޑުބުރައަކަށްމިވަނީ.
އިސްލާމްދީނަށް ފުރައްސާރަކުރާ ހަރުކަށި މީހުންނަށް ދެވޭނެ އަދަބެއް ނިކަން ކެރޭކައް ދައްކާލަބަލަ.
ޙަރުކަށި މީހުން ގެ ނަމުގަ ސުންނަތަށް އުޅޭ މީހުން ހައްޔަރު ކޮށް ސުންނަތާ ދުރުކުރުމުގެ ޕްލޭން ތަކެއް މީ. ފަހަރަކު މީހަކު ހައްޔަރު ކުރަމުން ގޮސް ރައްޔިތުން ނަށް ދީނަށް އުޅުމުގެ އުދަގޫ ކޮށް ބިރުދައްކަން ކުރާ ކަމެއް!
މާލަސްވެއްޖެ އަވަަހަން ތިއެއްޗެހިތަން ހިފާހައްޔަރުކުރަންވީ ތޯރާ ބޯރާގެ ހަނގުރާމަވެރިން ގިނަވެއްޖެ މިގައުމުގަ ޢިލްމުވެރިންކަމަން ހެދިގެން
ކޮބާ ކިހިނެއްހީވޭ ތިގާނޫނަތައްހެދީވެސް ކަލޭމެން އެއައް އަމަލުކުރަން ނޭންގިގެންވެސް ތިއުޅެނީ ކަލޭމެން އެންމެފަހުން އުނބައް ތިޖަހަނީ
ޢަދީބު އެއީ ޓެރަރިޒަމް ގެ ކުއްވެރިއެއް
ޢޭނާ ދުކޮށްލީ ކީއްވެތޯ
މިސަރުކާރު އައިއިރު ނިރުބަވެރިންގެ ގޮތުގަ ޖަލަށްލާފަތިބި ވަރަށްގިނަ ބަޔަކު ދޫވި ޖަލުތަކުން. އެމީހުން މިހާރު ނިރުބަވެރިކަން ހުއްޓުވާނެގޮތް ކިޔާދޭ ވަރަށް.
އެއްޖިންސުން ގުޅުންހިންގުމާއި ވަޅިޖެހުމާއި މީހުންމެރުމާއި ތަންތާ ހުޅުޖެހުމާއި އިސްލާމްދީނައް ފުރައްސާރަ ކުރުމާ ރައްޔިތުން އިނދަ ޖެއްސުމައް ނިކަން ފޯރި ހުޜެ ދޯ
ވައްކަމެއް ކުރަން ހިތުލާގެން އެތަނަށް ގޮސް ނަމަވެސް ވައްކަން ނުކޮށް ނުވަތަ ނުކުރެވި އައުމަކުން އަދި އެމީހަކު ވައްކަން ކުރި މީހަކަށް އަދި ވަގަކަށްވެސް ނުވޭ. އިސްލާމީ ޝާރީއަތަކީ އެންމެ ބެސްޓް ޝާރީއާ، ތިޔައުޅެނީ ޔަހޫދީންގެ ޝާރީއާ މި އިސްލާމީ ގައުމުގަ ތަގުޅިލައްވަން، ނުގޮތަކަށް ބަލާ ލެވުނަސް، ނުކިއްސަރުކޮން ހިސާބަކުން ހިގާލެވުނަށް އެމީހަކީ ޓެރަރިސްޓަކަށް ހަދާފަ އިސްރޭލު މީހުން ބަޑި ޖަހާ ފަލަސްތީނު މުސްލިމުންނަން ހުކުމް ތަންފީޒު ކުރާ އުސޫލުން މިތާވެސް މީހުންނަން ހުކުމް އިއްވާ އަދި ހެކި ނެތިއްޔާ އަނދާގޮޑި ޖަހާގެން ހަރުގޭގަ އެތައް އަހަރެއް ގެންގުޅެން. ނިކަން ހަދާބަލަ ގާނޫނެއް އެހެން ބަންދުގަ ގެންގުޅެފަ ކުށެއް ނެއްކަން ސާބިތުވީމަ ބަދަލު ދައުލަތުން ދޭން ލާޒިމުވާނޭހެން. ތި މަޖިލީހަކަށްވެސް އެޓާނީ އަކަށް ވެސް ނުކުރޭނެ.
ގާނޫނު އަސާސީ ގަވަނީ 24 ގަޑި އިރު އެ 48 ގަޑި އިރަކަށް ގާނޫނުން ބަދަލުނު ކުރެވޭނެ. ހުރިހާކަމެއް ކުރެވިދާނެ 52 އާއި ހެ ކި ހޯދުމާބެހޭ ބަޔާއި ފުލުހުންގެ ތަހުގީގަށް ބާރު ލިބޭގޮތަށް ގާނޫނުއަސާސީ އިސްލާހުކުރޭ.ރިޒްވާނާއި އަފްރާސީމް މައްސަލާގަ ގިނަބަޔަ ކު ދޫވެފަ ތިބީ ގާނޫނުއަސާސީ އޮތްގޮތުގެ ސަބަބުން.