ރިޒޯޓުތަކުގައި މަސައްކަތް ކުރާ އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނުންތަކެއް އިސްވެގެން އެ ސިޓީގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ސިއްހީ ސާމާނު ހާދިޔާ ކުރިއިރު، ބެސްޓް ބައި މޯބައިލުންވެސް ބައިވެރިވެއްޖެއެވެ.

މިތަކެތި ފޯރުކޮށްދިނުމަށް އިސްކޮށް ހަރަކާތްތެރިވި ބެސްޓް ބައިގެ އިސްވެރިޔާ އަބްދުﷲ ޝަމީލް "ވަގުތު" އަށް ވިދާޅުވީ، މި އެހީއަކީ އައްޑޫސިޓީން ކޮވިޑް-19 ފެނިފައިވާ މި ދަނޑިވަޅުގައި ޓެސްޓް ކިޓުތައް ހުސްވަމުން އަންނާތީ ވެދިން އެހީއެއް ކަމަށެވެ.

ޝަމީލް ވިދާޅުވީ، މި މަސައްކަތް ފަށާފައިވަނީ އައްޑޫގައި ތިބި ރިސޯޓުގައި މަސައްކަތް ކުރާ އޭނާގެ ހަތަރު ރަހުމަތްތެރިއަކާއި ގުޅިގެން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ވެސް ވައިބާ ކޮމިއުނިޓީ ގްރޫޕެއް ހަދައި އެހީތެރިކަން ހޯދަމުން ދިޔައެވެ. އަދި އެ މަސައްކަތުގެ ތެރެއިން 105 ރިސޯޓު މުވައްޒަފުންގެ އެހީތެރިކަމާއި އެކީ 176،000 ރުފިޔާގެ ސިއްހީ ސާމާނު ހަދިޔާ ކުރެވިފައިވާ ކަމަށް ޝަމީލް ވިދާޅުވިއެވެ. އަދި މިކަމުގައި ބެސްޓްބައި މޯބައިލްގެ ފަރާތުންވެސް ފައިސާގެ އެހީ ފޯރުކޮށްދީފައިވާނެ ކަމަށް ޝަމީލް ވިދާޅުވިއެވެ.

އެފައިސާއިން އިކުއިޓޯރިއަލް ހޮސްޕިޓަލަށް ހަދިޔާކުރި ތަކެއްޗަކީ؛

  • 1000 ޕީސީއާރު ޓެސްޓު ކިޓް
  • 10 ޔުނިޓުގެ މައިކްރޯއެމްޕް ކިޓް
  • 100 ޕީޕީއީ ކިޓް
  • 100 ސާމްޕަލް ކަލެކްޝަން ކިޓު

ޝަމީލް ވިދާޅުވީ، މިތަކެތި ހަވާލު ކޮށްފައިވަނީ މިއަދު ކަމަށާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ސީއީއޯ ޑރ. ސޯލިހު ކަމަށެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ އައްޑޫގެ ޒުވާނުން ސިއްހީ ސާމާނު ހޮސްޕިޓަލަށް ހަވާލު ކޮށްފައި މިވަނީ ހޮސްޕިޓަލަށް އެތަކެތީގެ ދަތިކަމެއް ކުރިމަތި ވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    ކޮންމެވެސް ބަޔަކު ނުކުމެ މިކަންވެސް ކުރަންޖޭހޭ! ރަށުގައި ޓެސްޓް ހެދޭނެ އަލާތެއް ނެތް!

  2. ޕާޕަ ޕާޕާ

    އެހީވާން ބޭނުން.
    ހޮސްޕިޓަލް ކޮން ބޭފުޅަކަށް ގުޅަން ޖެހޭނީ.

  3. ަސދަސ

    ސަރުކާރާއި ހެލްތު މިނިސްޓްރީގެ ހާލަތު. އެއްމެ ފޮޓޯ އަކުން

  4. ބޮސް

    އައްޑޫގެ އާއްމު ރައްޔަތުން ކިހާރަނގަޅު. މަހުޖަނު ބުނާހެން ރިސޯޓް ބޯއީސް (ރޫމްބޯއި/ވޭޓަރ). އެކަމަކު އައްޑޫގެ ވިޔަފާރިވެެިންނަކަށް ނުކެރޭނެ މިކަހަލަ ކަމެއް ކުރާކަށް، އެމީންނަށް ލިބޭ ފައިސާ މަސުވެދާނެތީ. ސަބަބަކީ އެމީހުންނަކަށް ނޭނގޭނެ އެމީހުންނަށް މުދާދެއްވީ ކާކު ކިހިނެއްކަމެއް.

  5. އައްޑޫ މީހާ

    އައްޑޫގައި ތިބި މަހުޖަނުންނަކީ ނަމެއްގައި ތިބި ބައެއް ކީއްތަ ވާނީ ހުރިހާ އެންމެން ބައިވެރިވެގެން އިންޑިއާއަށް ނުގޮސް ސްކެން ކުރެވޭނެ މެޝިން ގަނޑެއް ހަދިޔާކުރިނަމަ މިހާރުވެސް ކަމާ ކަން ފަށާފަ ސްކޭނެއް ހަދަންވިޔަސް އިންޑިއާއަށް ދާން ޖެހެނީ ކިހާ ބޮޑު މުސީބާތެއް