މެދު ރާއްޖޭ ތެރޭގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ވިދާޅުވީ، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ. އއ. އދ. އަދި ވ.) ގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ.

އެކުއްޖާ އަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް އެކަން "ވަގުތު" އަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ހިމެނޭ ގިނަ ބަޔަކު މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބި ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވަމުން ދިޔަ ނަމަވެސް އެފަދަ ބައެއް މައްސަލަތަކުގައި "ހެކި ނެތިގެން" ގިނަ ބަޔަކު މުޖުތަމައުގެ ތެރެއަށް ދޫވެގެންދާކަން ވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަަސިި

    ދެން

    10
    3
  2. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ރޭޕް ސަރުކާރު

    18
    4
    • 사람

      މިވެސް ސިޔާސީވީތަ މިހާރު؟؟؟؟

      4
      1
  3. އިބްރާހިމް

    މިނިސްޓަރ އިމްރާނަށް ދަންނަވާލަންއޮތީ ތިޔަހުންނަނީ އާއްމުކޮށް މަގުމަތީގައިވެސް ހިނގާފާނެ ކަންކަންތޯއެވެ؟

    18
    2
  4. ފަރީދު

    މިސަރުކާރައް ރޭޕް އޯކޭވާނެ. ސަފާރީ ކޭސް އަށް
    ވެސް އިމްރާނު ބުނީ އެއީ އެހާ ބޮޑު ކަމެއް ނޫނީ. މީ ރޭޕްގެ ސަރުކާރެއް. އިންސާފު ނުލިބޭނެ ކަން ޔަގީން

    20
    1
  5. އައްޔަ

    އަނެއްކާ ތިއީ ވެސް ހަރު ކަށި ބައެއްތަ؟

    17
    3
  6. ކަހުރަބު

    ހޯރަ ކޮބާ ، ލާދީނީ ބާޣީ މުރުތައްދު ވަގު ރޭޕް ސަރުކާރު

    13
    3
  7. އެލެކްސް

    ރޭޕް ސަރުކާރު ވަގުސަރުކާރު އިންޑިއާގެ އަޅު ސަރުކާރު

    5
    1
  8. ހައްޔަރުކުރޭ

    ތިވާނީ ހައްޔަރުން ދޫކޮށްލި ހަރުކަށިފިކުރުގެ މީހަކަށް ރަނގަޅަށްވިއްޔާ

    5
    1
  9. itagori

    😭