އައްޑޫސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު 18:00 އާއި ހަމައަށް އެސިޓީން ފައްސިވެފައިވާ ތިން މީހެކެވެ. މިއާއި އެކީ އެސިޓީގެ އެކްޓިވް ވޭދަނަތަކުގެ އަދަދު ވަނީ 174 އަށް އަރާފައެވެ.

އޭއީއެޗުން ބުނީ، މި ވޭދަނަތަކުގެ ތެރެއިން ދެ ވޭދަނަ އަކީ ހިތަދޫއިން ފެނިފައިވާ ވޭދަނަ ކަމަށާއި އަނެއް ވޭދަނަ އަކީ މަރަދޫއިން ފެނިފައިވާ ވޭދަނައެއް ކަމަށެވެ.

އައްޑޫސިޓީގައި މިވަގުތު 174 އެކްޓިވް ވޭދަނަ އުޅޭއިރު، އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ފެނިފައިވާ 121 ވޭދަނަ، ފޭދޫގައި 8 ވޭދަނަ، ހުޅުދޫގައި 22 ވޭދަނަ އަދި މީދޫގައި ހަތް ވޭދަނަ، މަރަދޫގައި 12 ވޭދަނަ އަދި މަރަދޫފޭދޫގައި އެއް ވޭދަނަ އުޅޭ ކަމަށް އޭއީއެޗުން ބުނެއެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 101 މީހަކު އެސިޓީން ރަގަނޅުވެފައިވާއިރު، ބަލީގައި ދެ މީހަކު ވަނީ އެސިޓީން ނިޔާވެފައެވެ. އަދި މިވަގުތު އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.