ރާއްޖެ އިން އިތުރު 780 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މެއި މަހުގެ 16 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 571 މީހުން ކޮވިޑަށް ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 205 މީހުންނެވެ. ރިސޯޓްތަކުން މިއަދު ހަތަރު މީހުން ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4356 މީހުންނެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %17.91 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދަކީ މެއި މަހުގެ 08 ވަނަ ދުވަހަށް ފަހު ޓެސްޓް ކުރި އަދަދަށް ބަލާއިރު ނިސްބަތުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 24205 މީހުންނެވެ. ފާއިތުވި ހަތަރު ދުވަހު ކޮންމެ ދުވަހަކު ވެސް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 218 މީހުންނަށެވެ. މިއަދަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިމަހުގެ 07 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ. އިއްޔެ ހޮސްޕިޓަލްގައި 240 މީހުންނަށް ފަރުވާ ދެމުން ގެންދިޔައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1081 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައި މިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުއްދަ އޮވެގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުތުން މާލޭގައި ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔގ

    ޔާﷲ އަޅަމެން މިބޮޮޑު ބަލިމަޑުކަމުން ސަލާމަތް ކުރައްވާށިއާމީން ޔާރައްބަލްޢާލަމީން

  2. ނައްސިރެ

    އާމުކޮށް މިދުވަސްވަރަކީ ، ރާއްޖެގަ ވައިރަލް ފިވާވެސް ފެތުރޭދުވަސްވަރެއް ، ދެން އެއެއްމެންވެސް ހުންއަންނައިރަށް ވާނީ ކޮވިޑް ޖެހުނީ އޭކިޔާފަ އަދަދު އިތުރުކޮށް ރައްޔަތުން ގަމާރު ހެއްދުން މިއޮތީ ، މިއޮތީވާ ކަމެއް ، މީހަކު މަރުވާއިރަށް ކޮވިޑް ، ކެއްސާލާއިރަށް ކޮވިޑް ، ހުންއަންނަ އިރަށް ކޮވިޑް ، ބޮޑުވަރު މީ ދެން،