ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ ވަކިވަކިން ވެސް މިސްކިތްތަކުގައި ނަމާދު ކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ. މިނިންމުމާއިއެކު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުން ދަނީ ޖާގައިގެ ގޮތުން ދަތިތައް ހުރުމުގެ ސަބަބުން ގޭގައި ނަމާދު ކުރަން ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކުންނެވެ. އެފަދަ އާއިލާއަކުން ވަނީ މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒަށް މިސްކިތްތައް ބަންދުކުރުމުގެ ޝަކުވާ މިރޭ އުފުލާފައެވެ.

މޭޔަރު މުއިއްޒު ވަނީ އެއާއިލާގެ ހާލަތު ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ މިރޭ ވަރަށް ހިތްދަތިވެފައި ނިކަމެތި ރައްޔިތަކު އޭނާ އަށް ގުޅުއްވި ކަމަށެވެ. މޭޔަރު ވިދާޅުވީ ގުޅުއްވި މީހާ އާއި އޭނާގެ ފަސް ދަރިންނާއި، ބަލި މަންމައާއި، އަނބިމީހާ ދިރިއުޅެނީ 10 ފޫޓް 12 ފޫޓް ކޮޓަރިއެއްގައިކަމާއި، އެއާއިލާ ނިދަނީ ޑިޔުޓީ ބަހައިގެންކަމަށެވެ.

އޭނާ ނަމާދުކޮށްލަން ކޮޓަރީގައި ޖާގަ ނެތުމުން މިސްކިތަށްދިޔުމުން ފުލުހުން ހުއްޓުވާ އޭނާ ފޮނުވާލި ކަމަށް މޭޔަރު ވިދާޅުވިއެވެ. "ޖަމާޢަތް ހެދުން ހުއްޓުވަން ފުލުހުން މިސްކިތަށްވަދެ އެކަން ކުރަންވީނުންހޭ ތިމަންނަމެން ކަހަލަ، ނަމާދުކޮށްލަން އެއްވެސް ޖާގަައެއް ގޭތެރޭގައި އަމުދުން މި ލޮކްޑައުން ޙާލަތުގައި ނެތް މީހުން ފަރުޟު އަޅުކަން އަދާކުރުމުންހޭ މަޙުރޫމް ކުރަންވީ" އޭނާ އަސަރާއެކު ސުވާލުކުރި ކަމަށް މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިއީ މާލޭގެ ގިނަ ރައްޔިތުންގެ ޙާލަތު ކަމަށެވެ. ސިޔާސަތަކީ ރައްޔިތުންނަށްޓަކައި ހަދާ އެއްޗެއްކަމަށް ވަންޏާ ސިޔާސަތ ހަދަން ވާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. "ސިޔާސަތަކީ ރައްޔިތުންނަށްޓަކައި ހަދާ އެއްޗެއްކަމަށް ވަންޏާ ރައްޔިތުންގެ އަޑުއަހައިގެން އެ ސިޔާސަތެއް ހަދަންވާނީ. ނޫނީ ރައްޔިތުން އުފުލަންޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ." މުއިއްޒު ވިދާޅުވިއެވެ.

މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން މިހާރު އިސްލާމިކް މިނިސްޓްރީން ވަނީ މާލޭ ސިޓީ ކައުންސިލްގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ހަމްޒާ

  ޖަމާއަތުގަ ނަމާދު ނުކުރެވުނަސް މިސްކިތައްދާން ބޭނުން މީހުންނައް މިސްކިތައްގޮސް މިސްކިތުގަ ނަމާދުކުރުމުގެ ފުރުސަރު އޮންނަންވާނެ އެކަން ހުއްޓުވިގެން ނުވާނެ

  56
  1
 2. Dhen

  Dhogu hedhun huttaalaa komme bayaku verikamuga huttas noosthakun fithuna ufehdhun eiy balaaganeveyne kameh noon miadhu mendhuru kury furugaan ga asuru kury ibraahim miskithuga maqrib kury Bandaara miskithuga dhen Kykey bunaanee

  5
  11
 3. މުހައްމަދު

  ނަމާދު ކުރާ މީހަކު ވިއްޔާ ނަމާދު ކުރާނެ ގޮތް ހޯދާނެ

  28
  18
 4. މެކުނު

  މިހާރު ރައްޔިތުންނައް މާހެޔޮއެދޭ މީހަކައް ވާނެކަމެއްނެތް

  14
  40
 5. ޑިނޯ

  މުއީޒާ ކަލޭމެންގެ ސަރު ކާރުގަ ރަށްޔިތުންބުނެގެންތޯ ސަރުކާރު ދަވާލީ. ކަލޭތީ ބާރަށްއަތްޖަހަންހުރިމީހާ. ޜައްޔިތުންނޭކިޔަން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީތޯ

  12
  44
  • މާބެ

   އަމިއްލަޔަށް ކޮވިޑު ވައްކަމުގެ ވާަހަކަ ވެސް ބުނަން ނުކެރެނީ ކީއްވެ!

 6. އުގުރި

  ކޮވިޑުގެ އެން މެ ނުރައްކާ އޮތީ މިސްކިތުގައި އެހެން ވީ މަ އެވަރަކުއް އެއުޅެނީ . މިސާލަކަށް ބަލާލަބަލަ މާރުކޭޓް މަސް މާރުކޭޓް ފިހާރަތައް މިހުންނަނީ ހަ މަ ނާރާނެ ކޮވިޑެއް.

  34
  3
 7. ދެރަ

  ޖަމާއަތް ނުހެދުނަސް މިސް ކިތައް އެެރިޔަދީ

  51
 8. Anonymous

  އެންމެ ޢާއިލާއެއް ނޫން ދަރިފުޅާ. އެތައް ގިނަޢާއިލާއެއް ގޭގައި ނަމާދުކުރުން ދަތިވެގެން އެބައުޅޭ. އަނެއްކޮޅުން މަސައްކަތްކުރާ ތަނުގައި ހުރެ ފައި ނަމާދު ކުރުމަށް ގެއަށް ދާން ދަތ. ފަސޭހައަކަށް ކައިރީ ގައި ހުންނަ މިސްކިތަށް އަރާ އެތައް ބަޔަކު މިއުނދަގޫ ތަހައްމަލް ކުރޭ މިއަދު. މިއީ މުސްލިމު ޤައުމެއް ވެރިން ނާޗަރަންގީ ކުޅެންވީމަ ފިޔަވަޅު ތައް އުވާލައި މުޅިޤައުމަށް ބަލި ފަތުރާފައި މިސްކިތް މިބަންދު ކުރަނީ. ކޮބާތޯ އިންސާފު. ބަލިމަޑުކަމެއް ވީމަ ޖަމާޢަތް ނެހެދިޔަސް މިޙާލަތުގައި ވެސް މިސްކިތުގައި ނަމާދުކުރަން ބޭނުންވާ މީހާއަށް އެފުރުޞަތު އޮންނަށްވާނެ. ނޫނީ އިސްތިއުފާދީފައި ޤައުމު ހިންގޭވަރު މީހުންނާއި ޙަވާލު ކުރަންވީ.

  46
  1
 9. ދެން

  ނިދާނެތަން ހުރޭ. ނަމާދު ނުކުރެވޭ؟

  26
  13
  • ނާރު

   ނަމާދަކީﷲ ހަޒުރަތައް ކުއްތަންވެގެން ހުރުން ވިސްނާ

   • ރުނާ

    ހަނގުރާމައިގެ މައިދަނުގަެވެސް ނަމާދު ކުރި..

 10. ފާތިރު

  މިއީ މިހާރަކަށް އައިސް ބައެއް ދިވެހިންގެ ހާލަތު ހުންނަ ގޮތް. މީހަކަށް ހެވެއް ނޭދޭ ތާންގަ އެހެން މީހަކަށް އެމީހެއްގެޚިޔާލެއް ފާޅު ކޮށްލާނެ ފުރުސަތެއްވެސް ނެތް. މަޤާމް ގެ މަސްއޫލިއްޔަތުގެ ގޮތުން ނިކަމެތި ރައްޔިތަކަށް ޖަވާބު ދާރީ ވާން އެއްޗެއް ލިޔެ ބަހެއްބުނެލި ޔަސް ސަހަރޯ ހީވާ ވަރު ކޮށްލާ. ކުރީގެސަރުކާރޭ މިހާރުގެ ސަރުކާރޭ ނުކިޔާ އެމީހަކަށް ވީ ކަމެއް ކޮށްލަދެވޭތޯ ބެލުން މުހިއްމީ. މިތަނުގައި އުޅެމުންމިދަނީ އަޅުގަޑުމެންގެ އަޚުންނާ އުޚުތުން ކަމާ މިއީ ދާއިމަށް ތިބެވޭނެތަނެއް ނޫން ކަން އަބަދުވެސް ހަދާން ކުރަންވާނެ، ހެއްދެވިހާ ނުބައި ކަންތައްކޮށްމީހުން ގެ އަބުރު ކަތިލާ ހެދުމުގެ ބަދަލުގަ ރަގަޅު އިޚްލާސްތެރި މީހަކަށް ވޭތޯ މަސައްކަތް ކުރުމުން ފަހަށް ވެސް ފައިދާ އެއް ކުރާނީ. ނޫސް ތަކުގެ ކޮމެންޓް ކުރަން އޮންނަ ބަޔަކީމީހުންނަށް ވަގަށް ގޮވާ އެމީހަކާ ސިޔާސީ ފިކުރު ތަފާތު އެންމެންގެ އަބުރާ ބެހެން އޮންނަ ތަނެއް ކަމަށް ހީވާ ހީވުން ދޫކޮށްލާ އަޅުގަޑުމެންނަށް ހެޔޮ މަގު ދައްކަވާ ހެޔޮލަފާބަޔަކަށް ވޭތޯ ބަލާ ހިސާބަށް އިޖްތިމާޢީ ފޭރާން ވީދި ކުޑި ޑުޑި ވެއްޖެ.

  30
  1
 11. ކާލި

  ވެރިން ރައްޔިތުންގެ މައްޗަށް ސިޔާސަތު ހިންގަންވާނީ ވަގުތާއި ހާލަތަށް ބަލާފަ ކަމުގެ އަހުލުވެރި ޢިލްމީ ފަންނީ މީހުންގެ މަޝްވަރާލަފާގެމަތީން، މަޝްވަރާ ނުކޮށް ނަމާދު ކުރަން ހުރަސް އެޅޭ ސިޔާސަތު ވެރިން ހިންގައިގެން ނުވާނެ އެއީ ކަމުދާގޮތެއްނޫން !

  26
  1
 12. Happy 123

  ނަމާދަކަށް އެވެސް އުޒުރެއް ނޯންނާނެ ! ޥަރަށް ވާހަކް މިބުނީ!

  12
 13. Anonymous

  ބަލަ މިސްކިތަކީ ބިންމަތީގައިވާ ﷲގެ ގެކޮޅު ކަމަށްވާ ްްިްްިުްްިްްިުްްިްްިުްްިްްިްްިްްްްިްްިުްްިްްިުްްިްްިުްްިްްިްްިް އިރު ްްެްްެަްްެްްެްްެްްެަްްެްްްެްްެަްްެްްެްްެްްެަ މީސްތަކުން އެތަނަށް ވުރެ ލޯބި ކުރަން ޖެހޭނެ ތަނެއް ކޮބާތޯ.
  ސުނާމީ އެރި ދުވަހު ވެސް ގިނަމީހުން ވަނީ މިސްކިތުގެ ރައްކާތެރި ކަން ހޯދަން.

  10
 14. މޮހޮނާ

  މިވެރިކަން ވެސް މިހާރު ވެފައި ވަނީ ރައްޔިތުންނަށް ބަލާ ވެރިކަމަކަށް. މިބައިގަނޑުގެ އެންމެ މުހިންމު ކަމަކަށް ހަދައިގެން މި އުޅެނީ މިތަނުން އިސްލާމީ ވަހުދަތު ފިލުވައިލުން. ޗުކި ކިޔާފައި ގެއަށް ނޫނީ އިނގިރޭސި ވިލާތަށް ދާންއުޅޭ.

 15. ބަބޫ

  ނަމާދު ނުކުރެވޭނެތަނެއްގައި ނިދާ ނެހެދޭނެ. މިސްކިތްތަށް ބަންދުކޮށްފައި އެހެރީ ހުރިހާ އެއްމެންގެ ސަލާމަތަށް. މައްކާގެ ގެފުޅުވެސް ބަންދުކޮށްފައިހުރި ދުވަސްކޮޅަކަށް. ބަލި ފެތުރޭތަނަކަށް މިސްކިތްވީމަ މިސްކިތާދޭތެރޭ އޮންނަ ލޯބި މަދުވާނެ. މާދަމާ ހުޅުވިޔަސް މިތަނުގަ ކޮމެންޓް މި ލިޔާ މީހުން ނުދާނެ މިސްކިތަކަށްވެސް. އަދި ބުނެލަން އެއްވާހަކައެއް. ކިޔެވި ސްކޫލެއްނެތި ތިބޭ މީހުން ޝޭހުންނަށްވެގެން ދީނުގަ ބަސްމުނަންޔާ ފިތުނަ ފަސާދަނޫން އެއްޗެއް ނުފެތުރޭނެ. ކިޔަވައިގެން ތިބި މީހުންގެ ލަފާގެ މަތިން އެކަން ކޮށްފަ އެއޮތީ

  2
  1
 16. ނޫސްކިޔާމީހާ

  ފާތިރު ވަރަށް ވަރަށް ބޮޑުތެދެއްތިބުނުއްވީ ކޮމެންޓް ބައިގާ ވަރަށް ގިނަ ބޭފުޅުން އެހެންމީހުންގެ އަބުރުކަތިލަ މުޖުތަމާއުގެ ފޭރާން ވީދާ ކުދިކުދިކޮށްލާ ވަރަށް ހިތާމަ ހުރިކަމެއްމީ އަނެއްކޮޅުން ކޮމެއްޓުތައް ރިވިއުކުރައްވާ ބޭފުޅުންވެސް ބޭއަދަބީ ބަސްބުނެ މަލާމާތްކޮށްފައިވާ ކޮމެންޓުތައް ނުހިމެނުމަށް ގޮވާލަން އެއާޓިކަލްއަކާގުޅޭ ކޮމެންޓްތައް ހިމަނަންވީ ( ސުކުރިއްޔާ )

 17. ..........

  ލާދީނީ ކިޔަނީ ކޮންމެސް ކަމަކު

  8
  3
 18. ޫުހާސަރު

  ސިޔާސަތު ގަޑައަޅާނީ ކަމާބެހޭ ފަރާތުން