21:10

އައްޑޫސިޓީން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު 293 އަށް އަރައިފި.

19:31

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އުސޫލުތަކާއި ހިލާފުވެގެން މާލެ ސަރަހައްދުން އިއްޔެ އެކަނި 900 އަށްވުރެ ޖޫރިމަނާ ކޮށްފި.

19:27

ޔުނައިޓެންޑް އަރަބް އެމިރޭޓް (ޔޫއޭޢީ) ގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފި

17:29

ކޮވިޑް-19 ޖެހިގެން ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގެ އައިސީޔޫތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 18 އަށް އަރައިފި.

16:56

ކޮވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު ނިޔާވެއްޖެ.

16:44

ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ އެސްޓްރަޒެނެކާ ވެކްސިން ދިން މީހެއްގެ ލޭގަނޑުވުމުގެ މައްސަލައެއް ދެކުނު ކޮރެއާގައި ފެންމަތިވެއްޖެ.

15:59

ކޮވިޑް-19ގެ ސަބަބުން ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން އެގައުމުން ނިންމައިފި.

15:24

ދުވަސްތަކަކަށް ފަހު އިންޑިއާގެ ވެރިވަރަށް ދިއްލީން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 100 އިން ދަށަށް ހިނގައްޖެ.

14:52

އިނގިރޭސި ވިލާތަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަރާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފި.

10:38

މާލެ ދަތުރުކުރާ ބޯޓަކުން މީހަކު ފައްސިވެ ފަރެސްމާތޮޑާ މޮނިޓަރިންނަށް.

10:20

ޝިއު - ދުޅަހެޔޮަވެ، އެހެން މީހުން ދުޅަހެޔޮ ކޮށްދިނުމުގައި ލޯތްބާއި އެކު.

09:35

ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެ، މިހާރު ފެންނަނީ ހިތްހަމަޖައްސާލެވިދާނެ އަދަދުތަކެކެވެ.

ނަމަވެސް އަދި ވެސް ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ވެކްސިން ނުލިބިގެން މިހާރު ވެސް ލައްކައަކަށްވުރެ ގިނަ މީހުންނަށް ވެކްސިން ނުޖެހި ތިބުމެވެ. ވެކްސިން ލިބޭނެ ދުވަހެއް ވެސް ނޭނގުމަކީ ފިކުރު ބޮޑުވާން ޖެހޭ މައްސަލައެކެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 571 މީހުން ކޮވިޑަށް ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 205 މީހުންނެވެ. ރިސޯޓްތަކުން މިއަދު ހަތަރު މީހުން ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4356 މީހުންނެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %17.91 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދަކީ މެއި މަހުގެ 08 ވަނަ ދުވަހަށް ފަހު ޓެސްޓް ކުރި އަދަދަށް ބަލާއިރު ނިސްބަތުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 24205 މީހުންނެވެ. ފާއިތުވި ހަތަރު ދުވަހު ކޮންމެ ދުވަހަކު ވެސް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 218 މީހުންނަށެވެ. މިއަދަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިމަހުގެ 07 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ. އިއްޔެ ހޮސްޕިޓަލްގައި 240 މީހުންނަށް ފަރުވާ ދެމުން ގެންދިޔައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.