މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާފަންނު ބޮޑުގޭގައި ހެދި ޕާރކިން ޒޯންގެ ފާރުގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި، އިސްލާމީ ޝިއާރުތައް ހިމެނޭގޮތަށް އެތަނުގެ ފާރުގައި ކުރެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް މެއިލް ފޮނުވުމުން ބީލަމުގައި ރެޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެ ކަމަށެވެ.

ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

މިމަސައްކަތާއި ގުޅިގެން ޕްރީ-ބިޑް ބައްދަލުވުން ނޯންނާނެ ކަމަށް އިއުލާނުގައި ވިދާޅުވެފައި ވެއެވެ. ބީލަން ހުޅުވުން އޮންނާނީ 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނުމަގު، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި، ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 10 ޖޫން 2021 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޜީ ކައުންސިލަށް އީ-މެއިލް ކުރެއްވުމަށް ކައުންސިލުން އެދެއެވެ.

މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ފުރަތަމަ މަސައްކަތް ކުރެއްވީ ބޮޑުގޭގެ ޕާކިން ޒޯން ފާރުގައި މަންޒަރުތަކާއި، އިސްލާމީ ޝިއާރުތައް ކުރެހުމަށް ޝައުގުވެރިވާ ފަރާތެއް ހިލޭސާބަހަށް ހޯއްދެވުމަށެވެ. ނަމަވެސް ބައެއް އާޓިސްޓުންގެ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން ނިންމެވީ ބިޑް ކޮށްގެން، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއި މަސައްކަތް ހަވާލު ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނައީމްބެ ހިރި

    ތިކަން ވާނީ ގޭންގުތަކައް އިއުލާންނުކުރިޔަސް 🙄

  2. ޢަހޮމަދު

    ކީއްކުރަންތޯ. 1 މިލިއަނަށް މުއީޒު ނޫމަޑިއާއި ހަވާލުކުރަންވީނޫންތޯ.

  3. ޕްލީޒް މުއިއްޒު ސަރ!

    ދީނީ ކޯޓްސް ތަކާ ދިވެހީންގެ އެއްބައިވަންތަކަމާ ގައުމިއްޔަތު ދައްކުވައިދޭ އިސްލާމްދީނާ ގުޅުންހުރި އެއްޗެހި އެކަނި ހިމަނައިދީ ޕްލީޒް އަހަރުމެންގެ މުއިއްޒޫ. ޕްލީޒް. ނޯ ވެސްޓަރން މޯޓިވޭޝަނަލް ސްޓަފް! އޯ އާރޓް!އޯ ކޫލް ސްޓަފް! މޭކް އިޓް އެޑިއުކޭޝަނަލް.ރިލިޖަސް.