ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ގެންދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 83 އަހަރުގެ އަންހެނެކެވެ.

މިއާއިއެކު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 159 އަށް އަރާފައެވެ.

މިއަދު ކޮވިޑް ޖެހިގެން ދިވެއްސަކު ނިޔާވެފައި މިވަނީ ކޮވިޑް ޖެހިގެން ރާއްޖެ އިން މެދުނުކެނޑި 16 ދުވަސް ވަންދެން މީހުން ނިޔާވުމަށްފަހު، މީހަކު ނިޔާނުވެ 24 ގަޑިއިރު ހޭދަވި ފަހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 24205 މީހުންނެވެ. ފާއިތުވި ހަތަރު ދުވަހު ކޮންމެ ދުވަހަކު ވެސް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 218 މީހުންނަށެވެ. އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިމަހުގެ 07 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު