މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން ގެންދަވާ އަދާލަތު ޕާރޓީގެ ރައީސްް ޝެއިޚް އިމްރާން އަބްދުﷲ ދޫކޮށްލާދިމަށްއެދި ޕެޓިޝަނެއްގައި ދީނީ ޢިލްމުވެރިންތަކެއް ސޮއެ ކުރައްވާފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުއްވާފައިވާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އިސްވެ ހުންނަވައިގެން ތައްޔާރު ކުރައްވާފައިވާ މި ޕެޓިޝަންގައި ދީނީ އިލްމުވެރިން ވިދާޅުވީ، އިމްރާންގެ މައްޗަަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުން، ޖިނާއީ ދައުވާ އުފުލުމާއި ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގުމާއި އަދި ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތު ކުރުމުގެ އަސާސީ މިންގަަނޑުތަކާ އަރައިރުންވާ ކަންކަން ފާހަގަ ކުރެވޭ ކަމަށާއި އިމްރާންގެ މައްޗަށް ހިންގި ޝަރީއަތް ބިނާކޮށްފައި ވަނީ ތުހުމަތު ކުރެވޭ ފަރާތާއި ދިފާއީ ވަކީލުންނާ ވެސް ހިއްސާ ނުކުރެވޭ އިންޓެލިޖެންސް ރިޕޯޓުތަކާއި އަދި ސުވާލު ކުރެވޭނެ އެކަށީގެންވާ ފުރުސަތު ނުލިބޭހެން ސިއްރު ހެއްކެއްގެ މައްޗައްކަމަށެވެ.

މިޕެޓިޝަނުގައި ބުނެފަައިވަނީ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް ބަ؛ލާ އިމްރާނުގެ މައްޗަށް ކުށް ސާބިތު ކުރެވިފައިވާ ކަމަށް ގަބޫލު ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ. "މައްސަލަ ސާބިތުކުރުމަށްޓަކައި، ޝެއިހު އިމްރާން ހަމަނުޖެހުމަށް ހިތްވަރު ދެއްވިކަން ހާމަކުރުމަށްޓަކައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުގެ ނުރަނގަޅު ތައުވީލުތައް އުފައްދައިގެން ހުށަހަޅާފައިވާ ހިނދު، ސާފު ސަރީހަ އިބާރާތުން ތަކުރާރުކޮށް ހަމަޖެހުމާއި ސުލްހަވެރިކަމާއި އަމާންކަން ނަގާނުލުމަށް އެތައް ފަހަރެއްގެ މަތީން ގޮވާލާފައިވާ ގޮވާލުމަށް ރިއާޔަތް ކޮށްފައި ނުވުމަކީ އިސްލާމީ ޝަރީއަތުގައި ޝައްކު އެކުލެވިގެންވާ ކަމަކުން ޔަގީން ކުރެވޭ ކަމެއް ނަފީ ނުކުރެވޭނެ ކަމަށް އޮންނަ އުސޫލާ ހިލާފު ކަމެއް ވެސް މެ އެވެ،"

ޕެޓިޝަންގައި ސޮއިކުރެއްވި ދީނީ އިލްމުވެރިންގެ ތެރޭގައި ޑރ. މަޖީދުގެ އިތުރުން ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފާއި ޑރ. އަބްދުﷲ ޖަމީލާއި ޑރ. އަހުމަދު ޒާހިރު އަލީ އާއި އިލްޔާސް ހުސެއިނާއި ހަސަން ލަތީފް މޫސާ އަދި އަނާރާ ނައީމްއާއެކު ޖުމްލަ 40 ބޭފުޅުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޒަޢީމާ

    ތިގޮތަށް ކަންތައްކުރަންވީވީހެން ތިޔަ ދުވަނީ ލާދީނީބައިގަޑާައެކު ޢިލްމުވެރިންވެސް! މިހާރު އެބަ ރަގަޅުވޭ!

  2. ރުޒާނާ ޗޮއްޕަޓު

    މަތީ ފާސް ނަގައިގެން ތިބޭ މުނާފިޤުންނަކަށް ދީނީ ޢިލްމުވެރިންނޭ ނުކިޔޭނެ. ދީނީ ޢިލްމުވެރިންނަކީ ޢިލްމު އުނގެނި އެއަށް ޢަމަލު ކޮށް އެ އުނގަންނައިދީ ފަތުރައިދީ ހަދާ މީހުން. ދެއްވި އިލްމު ބޭނުން ކޮށްގެން ދޮގާއި ފަސާދަ އާއި ބުހުތާނާއި ދެން ވެސް އޮތިއްޔާ އޮތްހާ ޖަނަވާރު ކަންތައް ކުރާ މީހުން މީގެ ތެރެއަކު ނުހިމެނޭ. ދޮގެއްތަ ޑރ. އަންހެން މޖދ

  3. އެންމެން

    ދޫކޮށްފަ ބަހައްޓަން ހެޔޮވަރު ވާކަހަލަ ބޭކަލެއް ނޫން ތީޔަކީ.

  4. ނިޔާމާ ޢަލީ

    ޕެޓީޝަންގައި ހުރި ދިފާއީ ވާހަކަތައް ގޯސް! ދަށުކޯޓުން ޙުކުމްކޮށް ، ހައިކޯޓުން ތާއީދުކޮށް ، ސްޕްރީމްކޯޓުން ތާއީދުކުރީ ތިޔަ ކަންތައްތަކަށް ނުބަލާ ކަމުގަތޯ ތިޔަ ފަހަގަކުރަނީ؟ އެހެންވީމާ ކޯޓްތަކުގަވެސް ތިބެންވީ ތިޔަ ފަރާތްތަކެއްނު؟

  5. ޖިހާދު

    ތިވެސް ދިވެހިރާއްޖޭގެ ގާނޫނުތަކާ މުޅިން ހިލާފްކަމެއް.
    ކުއްވެރިން ޕެޓިށަނަކުން ދޫކުރޭތާ.
    އިލްމުވެރިން މިކަހަލަ ކަންތައްކުރީމަ ހާދަބަޔަކު ހިނިގަޅާނޭ.
    ނުވިސްނޭކަން. އިމްރާނު މައްޗައް އެކަނިތހަކުށެއްސާބިތުވެގެން ޖަލައްލާފަހުރީ މިހުންނަނީ މި މީހުންގެވެސް އަމިއްލަ އެދުން ހުންނަވަރު

  6. ައަބާ

    ތިޔަ ވިދާޅުވާ އިމްރާން މޭޑޭގައި ޕޯޑިއަމަށް އަރައިހުރެ މަރުހޫމް އަފްރާޝިމްގެ ގަތުލު ސަރުކާރުގެ އިސްވެރިންގެ އިސްތަޝިފުޅުގައި އަޅުވަމުން ވަނީ ހެކިހުރިކަމަށް ބުނެ ކަރުދާސްތަކެއް ރަށްޔިތުންނަށް ދައްކާފައި. ވީމާ އޭނާ ޖަލުން ދޫކޮށްލުމުގެ ކުރިން މިކަން ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން. މިކަަކީ ރަށްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާެި ފިތުނަ އުފެއްދުން ކަމަށް ވަނީ ބެލެވިފައެވެ. ( ތިޔަ އިލްމުވެރިންނަށް އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ ހައްގު ދެނެ ދެނެ ތިބެ އެކަން ވަންހަނާ ކުރަނީތޯއޭ؟

  7. ޑރ

    މަޖީދު ހުރީ ބްލެކްމެއިލް ކޮށްފައި ހަމަ ސީދާ އަލީ ހަމީދަށް ހެދިގޮތަށް. މިއީ ޝައްކެއްނެތް މިންވަރަށް ސާފްކަމެއ! ކެނެރީގޭ ކޮކަޑި ކުމާރު އެހުރިހާ ފުރައްސާރައެއް ރަސޫލާ އަށް ކުރިއިރު . އަދި ވެލިޒިނޭ ރަސޫލުކަމަށް ދައުވާކުރި އިރު. އަދިވެސް ކޮކަޑި ކުމާރުގެ އަރިސް ބޭކަލުން ދީނާ ހިލާފްވާއިރު މަޖީދު ފިލާ އޮންނަ އޮތުމުން މިބުނާ ކަމަށް ބާރުލިބޭ. ސުވާލަކީ ކުއްލިޔަކަށް ހޮހަޅައިން ނިކުމެ ހިރަފުސް ފޮޅާލައި މަޖީދު ތިޔަ ނިކުތީ އިތުރަށް ބިރު ދައްކާތީތޯ؟

  8. ހަބޭސް

    މިހާރު ރަގަޅު ވެއްޖެ ޝަރުޠު ތަކަކާއެކު ދޫކޮށްލަންފެނޭ ބަލިޤަބޫލު ކުރީތީ

  9. ރީތި މޫސަ

    ތީ މުޅިންވެސް މުޅިންވެސް ސަރުކާރު ވައްޓާލަން ބޭނުންވާމީހުން،
    ބާޣީ އިމްރާން އެކަމެއްކުރިއިރު ފަހަތުގައި އަތްޖަހަން ތިބިމީހުން،
    އއެކަންކުރި ދުވަހު އެކަން ކަމުނުދާކަށް ބުނީކާކު، ހުއްޓާލުމަށް ގޮވާލިތަ؟؟؟
    ދެން މިހާރު ކީކޭކިޔާކަށް، މަޖީދަކީ އެމްދީޕީ ކުރާކަންތަށް ދީނަށް ފައްތާމީހާ!!!

  10. ޢަލީ މާޛިން

    މަޖީދު ބާރީއަކީ ޢިލްމުވެރިއަކަށްވުރެ ބޮޑަށް އަޅުގަނޑަށް ވައްތަރީ ފިތުނަވެރިޔަކާ. އޭނާގެ ޢަމަލުތަކުން ސާބިތުވަނީ އެ ގޮތް.