ލ.ފޮނަދޫ ގެއަކުން މަގުމައްޗަށް ވެއްޓުނު ބެރިއެއްގެ ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާ އިތުރުފަރުވާއަށް މާލެ ގެެނެސްފިއެވެ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު "ވަގުތު"އަށް ވިދާޅުވީ އަނިޔާ ލިބުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާފައި ވަނީ ރޭ ދަންްްވަރު 2:00 ހާއިރު ކަމަށެވެ.

އެކުއްޖާއަށް މިހާރު އަންނަނީ އައިޖީއެމް ހޮސްްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް ކުއްޖާއަށްް ލިބިފައިވާ އަނިޔާ އާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އުމުރުން ގާތްގަނޑަކަށް 14 އަހަރުގެ އެކުއްޖާގެ ގައިމައްޗަށް ވެއްޓިފައިވަނީ ގަރާޖެއް ގޮތަށް ހަދާފައި ހުރިތަނެއްގެ މަތިން އަޅާފައި އޮތް ބެރިއެއް ކަމަށެވެ.

"ކުއްޖާ އެތާ ދަށުގައި ހުއްޓާ ބެރި ބިންދައިގެން ގޮސް ކުއްޖާގެ ގައިމައްޗަށް ވެއްޓުނީ. އެއީ ވަރަށް ވައި ވެސް ގަދަ ވަގުތެއް" މައުލޫމާތު ދިން މީހާ ބުންޏެވެ.

ކުއްޖާގެ ގައިމައްޗަށް އެބެރި ވެއްޓުމުން އެތަނުގައި ހުރި މީހަކު ދުވެފައި ގޮސް އެ ބެރި ހިއްލުމަށް މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އޭނާއަށް އެކަނި އެ ބެރި ހިއްލާ ނުލެވުމުން ކައިރީގައި ތިބި އެހެން ބައެއްގެ އެހީތެރިކަމާއި އެކީ ބެރި ހިއްލައި ކުއްޖާ ނެގި ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު