ކޮވިޑްގެ ބަލި މަޑުކަމުން ސަލާމަތްވުމަށާއި، ކޮވިޑްގެ ސަބަބުން އިޤުތިޞާދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ވެސް ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ މި ބައްދަލުވީ، ދުންފަތުގެ ނުރައްކާތެރިކަމާ މެދު އުފުލަމުން އަންނަ އަޑުތަކާ މެދު، ކުރިއަށް ވުރެ މާ ފުންކޮށް ވިސްނަން މަޖުބޫރުވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔެއާއި ރާއްޖޭގައި ފެތުރެމުން އަންނަ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައިވެސް، ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ކަންކަމަށް ކުރެވޭ އިސްރާފުތައް ހުއްޓައިލުމަކީ، މިހާރުގެ ޙާލަތަށް ބަލާއިރު ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން، މުޅި ދުނިޔެއިން އަހަރަކު އަށް މިލިއަން މީހުން މަރުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮވިޑާއި ގުޅޭ ގޮތުން މިހާތަނަށް ހަދާފައިވާ ސައެންޓިފިކް ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، ކޮވިޑް ބަލީގައި ބޮޑުވަރުވެ، އަދި އެ ބަލީގައި ފުރާނަ ގެއްލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީވެސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ހިތުގެ ބަލިތަކާއި، ކެންސަރު ބައްޔާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހަކުރު ބަލި ފަދަ، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ، ޞިއްޙަތާ ދުޝްމަން ޢަމަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާތަނަށް ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ، 62 އިންސައްތައަށް ވުރެ މަތީ ޢަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ރާއްޖޭގެ އާބާދީގެ 40 އިންސައްތައަށް ވުރެ މަތީ ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިޢުމާލުކުރާއިރު، އޭގެ ތެރެއިންވެސް ވަރަށް މަތީ އިންސައްތައެއް ފެތެނީ މި ޢުމުރުފުރާ އަށެވެ. ކޮވިޑް ބައްޔަކީ، އިންސާނާގެ ފުއްޕާމެޔާއި ނޭވާލާ ނިޒާމުގެ ތެރޭގައި އަށަގަންނަ ބައްޔަކަށްވެފައި، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، އިންސާނާގެ ފުއްޕާމެޔާއި ނޭވާލާ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަމަކަށް ވާއިރު، މިނުބައި އާދައިގެ މަތީގައި ދެމިހުރުމަކީ، ކޮވިޑް ބަލީގައި ޙާލު ބޮޑުވެ ފުރާނައާ ހަނގުރާމަކުރަންޖެހިދާނެ ފަދަ ނުރައްކާތެރި ކަމެކެވެ." ރައީސް ވިދާޅުވިއެވެ.

ކޮވިޑް ބަލިން ރައްކާތެރިވުމަށްޓަކައި އަނގަޔާއި ނޭފަތް ނިވާކޮށްގެން އުޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަނީ، ބަލި ޖެހިފައި ތިބޭ މީހުން ކެއްސައި ކިނބިހި އެޅުމުން، އަދި ބޭރަށް ދޫކޮށްލާ ނޭވާގެ ޒަރީޢާއިންވެސް، ކައިރީގައި ތިބޭ އެހެން މީހުންނަށް ކޮވިޑް ބަލި ޖެހުމުގެ ފުރުޞަތު އޮންނާތީ ކަމަށް ރައީސް ވިދާޅުވިއެވެ. "ވީއިރު، ކޮވިޑް ޖެހިފައި ހުރި މީހަކު، ދުންފަތުގެ އިސްތިޢުމާކުރަމުން އެ ދޫކޮށްލާ ދުންގަނޑުގެ ޒަރީޢާއިން، ކައިރީގައި ތިބޭ އެހެން މީހުންނަށް ކޮވިޑް ބަލި ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެކަން ޔަޤީނެވެ. މިފަދަ ކިތަންމެ ސަބަބުތަކަކާ ހުރެ، އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުބައި އާދަޔަށް ނޫނެކޭ ބުނަން އެންމެ މުނާސަބު ވަގުތެވެ." އެމަނިކުފާނު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަކީ، އެކަން ކުރާ މީހުންނާއި އެކަން ނުކުރާ މީހުންގެވެސް، ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށްދީ، އުފާވެރި އަދި އުފެއްދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މި ދުވަސްވަރަކީ، އަޅުގަނޑުމެންގެ އިސްރާފުތައް މުޅިން ހުއްޓާލައި، ވީއެންމެ މަތީ މިންވަރެއްގައި އިޤްތިޞާދުކުރަންޖެހޭ ދުވަސްވަރަކަށް ވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުމަށްޓަކައި އިސްރާފުކުރެވޭ ފައިސާތައް، ޢާއިލާގެ ދުޅަހެޔޮކަމަށް ބޭނުންކުރުމަށްޓަކައި ފަހަށް ރައްކާކުރެވޭނީ ވެސް، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމުގެ ހިތްވަރާއި ޢަޒުމް ހުރެގެންކަން އެމަނިކުފާނު ފަހަގަ ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. 😂

    ކަލޭވެސް…ހުއްޓާލަބާ .. ދުންފަތް އެތެރެ ނުކޮއްބާ ރާއްޖެއަށް… 😑😑

    30
    • އާދަން މޫސާ

      ހުއްޓާލަބާ ، އެތެރެ ނުކޮށްބާ ، އެއީ ކޮން ބާބާއެއްތަ؟

    • ނާރު

      ނަޝީދުއަށް ދިން ނަސޭހަތެއް

  2. އަބު

    މަނިކުފާނު ނަމޫނާ ދައްކަންވީނޫތޯ...

    30
  3. ބޮލި މުލައް

    ކޮވިޑުން ސަލާމަތްވުމަށް ބޯޑަރު ބަންދުކޮށްބަލަ
    ފަޒުނާޔަށް ކޮވިޑު ޖެހުނީ ސިނގިރޭޓު ބޯތީއޭ ދޯ ތިބުނީ

    32
    1
  4. ކޮވިޑް

    މުސީބާތް ތަކުން މި ޤައުމު ސަލާމަތް ކުރުމަށް މަނިކުފާން އިސްތިއުފާ ދެއްވާ، އާދޭސް ކުރަން،

    37
  5. އަނިލް

    ފުރަތަމަ މަނުކްފާނު ދުންފަތާއި ދުރުވާން އެބަޖެހޭ އޭގެ ފަހުން ރައްޔތުންނަށް އިލްތިމާސް ކުރޭ

    22
  6. ބަބޫ

    މިއީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއްތަ. އިގްތިސޯދު ފުނޑެނީ ކަލޭމެންގެ ހުރި މޮޔަކަމުން.

    23
  7. ކިނބޫ

    ކިނބޫގެ ނާގާބިލް ކަމާއިހެދީ ދުނިޔޭގެ އެންމެ ކޮވިޑް ހައި ޕަސެންޓޭޖް ގައުމުގެ ގޮތުގައި ރާއްޖެ މިއޮތީ.

    25
  8. އައްޑޫ ސިޓީ

    ދިރާސާތަކުން ދައްކާގޮތުގައި އެއްމެގިނައިން ކޮވިޑު ބަލިޖެހެނީ ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް ދީނައް ފުރައްސާރަ ކުރާމީހުންނައް މިވަރައް ވާހަކަ.

    27
    1
  9. ޖިންނި

    އެއް ކަލަ ކަލޭގެތާ ދޯ

    19
  10. ލަބީބު

    ކޮންމެސްމީހަކު ބުނެގެން މޮޅު ވާހަކައެއް ބުނެލީދޯ ޗުއްޕްކިޔައގެން ހުރެފަ! ބަލަގަ ކޯވިޑްޖެހޭމީހުންގެ 80 ޕަސެންޓް އެއީ އެއްވެސް އިސްތިޢުމާލެއް ނުކުރާމީހުން!

  11. އަންސަން ސޫކީ

    ދުޢާ ދެއްވި ވެރިއެ ކޭ ބުނާއަޑު އިވުނު. އެ ކަމް ފެނިގެން ދާނީ އެއްވެސް ތަޖުރިބާ ނެތް ނާގާބިލު ވެރިއެއްގެ ގޮތުގައި.

    13
  12. ޟާމިރު

    ވައްކަން ހުއްޓާލަބަ.. ޝާހިދު މާލެ ގެނެބަ

    15
  13. ހުސޭނު

    އެތެރެކުރުން ހުއްޓާލާ!!!

  14. ލާޔާ

    ދެން އަނެ ކާ ޑިއުއުޓީ 500% އަށް ބޮޑު ކޮއް ރައްޔަތުން ފެލާލާ.

    10
  15. މަނީސަަރ

    ހަހަހަ ތުންފަތް ކަޅު ދެލިގަޑެއް ކުލައިގަ އިން މީހަކު ތާހިރޭ ތިވާހަކަ ދައްކަން. ހަމަ ފައްކާ މަރުމޯލެއް. މިކަހަލަ އެއްޗެއް ބުނެލާފަ އަނެއްކަވެސް މުލިއާގެ ތެރެއައްވަދެ ގެއްލިދާނެ. އޭދެން ކަލޭ ތިތަނުން ނުކުންނަން އުޅެހެރޭ. ކިހާދެރަކަމެއް. ގައުމު އިންޑިޔާ އައް ވިއްކާ ޤައުމުގެ ކަންކަން ބޮއްސުންލައިފިޔޭ.

    12
    1
  16. މަސީހު

    ކޮވިޑުންރައްކާތެރިވުމައް ރައްޔިތުން ކުރަންޖެހޭކަމަކީ މިސަރުކާރައް ނޫނެކޭބުނުން ސަބަބަކީ މިވެރިން އެންމެކުރާހިއްވާކަމަކީ މިސްކިއްތައް ބަންދުކުރުންކަމައްވާތީ

    10
  17. ގައުމު

    100 އިގެ ވާހަކައެއް؟ ދޭން މާގިނަ ބަހަނާއެއް ނުދައްކާ ހުރިހާ ކުދިންވެސް ދުންފަތް ބޭނުންނުކުރޭ!

  18. UH

    ފަސްޓް ޔޫ ސްޓޮޕް ސްމޯކިންގް ބްރޯ!

  19. Anonymous

    ރައީސް އަކީ ނަމޫނާ ބޭފުޅެއް ސިނގިރޭޓެއް ނު ބައްލަބާނެ ﷲ ރައީސް އަށް ހެޔޮރަހުމަތް ލައްވާދޭވެ އާމީން

    3
    8
  20. ރަޟް

    މަގުމަތީގަ ބުއިން ކުޑަމިނުން މިވަގުތު ހުއްޓުވާ ބަލަ

  21. ކިޔުންތެރިއެއް

    ކޮވިޑުން ސަލާމަތްވުމަށް ސަރުކާރު އިސްތިއުފާދީބަލަ

    10
  22. ާއަހުމަދު

    ފުރަތަމަ ހުއްޓުވަންވީ ރައީސުއޮފީހުގެ މީހުންނާ ހުރިހާ މިނިސްޓަރުން ދެން މަޖިލިސް މެންބަރުން

  23. މޮޔަސޮރު

    ދުންފަތް އެކަންޏެއްނޫން. ރަލާއި ތެޔޮބިޑިޔާއި މަސްތުވުމައްބޭނުންކުރާ ފަތް މަސްތުވުމައް ބޭނިންކުރާ އެންމެހާތަކެތި. ހުރިހާ ހަމަޖެހުމަކާއި ރައްކާތެރިކަމަކާއި އުފާވެރިކަމަކާއި މުއްސަދި ކަމެއް ލިބެން އޮތީ މި މަތިވެރި އިސްލާމްދީނުގަ. ނަމަވެސް ދެރަކަމަކީ މޮޔާ ގަމާރުން ތަކެއްގެ ހުރިޖާހިލު ކަމަކުން އަހަރެމެން މިއުޅެނީ ސަލާމަތް ނުވެވިގެން.

  24. ާއދ.

    ކާކުބުނެދިން ވާ ހަކައެއްތި ބުނީ ؟ ދުންފައި އެތެރެކުރުން ހުއްޓާލަން ސަރުކާރުން އަންގަން ވީނުން .ކިަމެއްކުރާންނުކެރި ހޯނުގޮ ާާވާ ދުންފަތުގެ މުސީބާތައްވުރެ މިސަރުކާރުގެ ރައީސްގެމުސީބާތްމާނުރައްކާ ކަންބޮޑު ތިމުސީބާތުން މިލޮބުވެތި ވަތޮން ސަލާ މައިކޮއްދެއްވާ

  25. ލީނޯ

    ކޮވިޑުން ސަލާމަތް ވުމަށް ރައީސް އިސްތިއުފާ ދޭންޖެހޭ!

  26. ޖާބެ

    މިއީ ހާދަބޯޑު މުސީބާތެކޭ ދޯ ހައްދެއް އޮއްނަންވާނެ

  27. ޖާބެ

    ދިވެހިރައްޔިތުން އަތުންފައިން ގޯހެއް ނުހަދާފިއްޔާ ރަނގަޅު