މާލެ ދަތުރުކުރާ ބޯޓަކުން މީހަކު ފައްސިވެ ގދ.ފަރެސްމާތޮޑާ މޮނިޓަރިންނަށް ލައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެެ ރައީސް އަހުމަދު އިިމްތިޔާޒް "ވަގުތު"އަށްް ވިދާޅުވީ، އެރަށުން މީހަކު ފައްސިވެ ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށެެވެ.

ފައްސިވި މީހަކީ މާލެެ ދަތުރުކުރާ ބޯޓަކުން ރަށަށް އައި މީހެއް ކަމަށާއި، މި ވޭދަނަ އާއި ގުޅިގެެން މިހާރު ގާތްގަނޑަކަށްް ފަސް ގެއެއް ކަރަންޓީނުކޮށްފައިވާ ކަމަށް އޭނާ ވިދާޅިއެެވެ. އިމްތިޔާޒް ވިދާޅުވީ އެމީހާއާ ގާތުން އެއްތާވި މީހުން މިހާރު އަންނަނީ ހޯދަމުން ކަމަށެވެ.

އެމީހާގެ ސުންކު ނަގާފައި ވަނީ މީގެ ފަސް ދުވަސް ކުރިން ކަމަށާއި، އޭނާ ރަށުގައި އުޅޭތާ މިހާރު ހަފްތާއަކަށްވުރެ ގިނަވެފައިވާކަމަށް ކައުންސިލް ރައީސް ވިދާޅުވި ވިދާޅުވިއެވެ. އިމްތިޔާޒް މައުލޫމާތު ދެއްވި ގޮތުގައި އޭނާ ޓެސްޓު ހަދާފައި ވަނީ އަލާމާތްތައްް ފެެނުމުގެ ސަބަބުންނެވެ.

އެރަށް މިހާރު އޮތީ މޮނިޓަރިންގައިކަން ފާހަގަކޮށް އިމްތިޔާޒް ވަނީ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށްް ލިބޭކަމަށް ވިދާޅުވެފައެެވެ.

"ރައްޔިތުންގެ ފަރާތުން ވަރަށްް ބޮޑު އެއްބާރުލުމެއް ލިބޭ. ކަރަންޓީނުގައި ނެތް ގެތަކުންވެސް ކޮންްމެހެން ޒަރޫރީ ހާލަތެއް ނެތި ބޭރަށް ނިކުންނަމުންނެއް ނުދޭ" އޭނާ ވިދާޅުވިއެވެ.

މިހާރު 70 އަށްވުރެ ގިނަ ރަށް ކޮވިޑް ފެތުރެެމުންް އަންްނާތީ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައްލޮ

    ބޯޓްގެ ނަން ލިޔެލި ނަމަ ރަނގަޅު. ދެކުނަށް ދަތުރުކުރާ ބޯޓްތައް ގިނައިން ދާނީ އެކި ރަށްރަށުގައި ޖައްސަމުން.

  2. ރައްޔިތެއް

    ފަހިރޯޅި ބޯޓް