ކޮވިޑް-19 ފެތުރޭ ރަށްރަށް މޮނިޓަރިންގެ ހާލަތައް ގެނައުމުން ކާފިއު ހިންގަން އެޗްޕީއޭ އިން އެކުލަވާލާފައި އޮތް އުސޫލާއި ހިލާފަށް ފ.އަތޮޅު ފީއަލީ ކައުންސިލުން މިރޭ މެންދަމުން ފެށިގެން 21 ދުވަސް ވަންދެން އެރަށް ފުރަބަންދު ކުރަން ނިންމައިފިއެވެ.

މިރޭ 00:00 އިން ފެށިގެން ފީއަލީ ރައްޔިތުން އެއްވެސް ބޭނުމެއްގައި އެއްވެސް ގަޑިއެއްގައި ބޭރަށް ނިކުތުން ތިން ހަފްތާއަށް މަނާކުރަން ކައުންސިލުން ވަނީ ނިންމާފައެވެ.

ފީއަލީ ކައުންސިލަރު މުހައްމަދު ޖަލީލް "ވަގުތު" އަށް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލައިފައިވާ ޓާސްކުފޯހާއެކު މަޝްވަރާކުރުމަށް ފަހު އެރަށް މިހާރު ވަނީ 21 ދުވަހުގެެ މުއްދަތަށް ފުރަބަންދުކޮށްފައި ކަމަށެވެ.

އެެޗްޕީއޭ އިން ވަނީ ހަވީީރު 16:00 އިން ފެށިގެން 12 ގަޑިއިރަށް އެރަށުގައި ކާފިިއު އިއުލާންކޮށްފައެެވެ. ކާފިއު އިއުލާންކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.

މިހާތަނަށް ފީއަލިންް 333 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެެވެ. ފީއަލިން 46 ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެެ. ޖަލީލް ވިދާޅުވީ، މި ބަލި ފެެތުރުން މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެެވިފައިވާކަމަށާއި، ދުވާލެެއްގެެ މައްޗަށް ފައްސިވާ އަދަދުވެެސް މިހާރު ވަނީ މަދުކުރެެވިފައި ކަމަށެވެ.

އެހެންނަމަވެެސް ކަރަންޓީނުގައި ނެތް ގެެތަކުންވެެސް މަދުން ނަމަވެސް ފައްސިވަމުން އަންނަކަން ޖަލީލް ފާހަގަކުރެެއްވިއެވެ. މިހާތަނަށް 64 ގެއެއް ވަނީ ރިލީސް ކުރެވިފައިކަމަށް އޭނާ ވިދާޅުވިއެވެ.

"އޭޕްރީލް 29 ވަނަ ދުވަހު އަލަށް މިފަހަރު ބަލި ފެެނުނީ ފީއަލިން. އޭގެ ފަހުން ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަ. މިހާރު މިއޮތީ ވަރަށް ބޮޑަށް މައިތިރިކުރެވިފައި. ދުވާލެއްގެ މައްޗަށް 10 މީހުން ވަރު ފައްސިވަނީ މިހާރު" ޖަލީލް ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރާސްފަތި

    ބަރާބަރު. 1300 ވަރު އާބާދީ އެއްގަ 330 ބަލިޖެހުނީމަ އެއީ ވަރަށް ބޮޑުވަރު. ތިރަށްތީ ޓެސްޓް ކުރުމުގަ ވެސް އެއްވަނަ

    21
    1
  2. Anonymous

    ރަނގަޅު. އެބައެއްގެ ސަލާމަތް ހޯދާނީ އެބަޔަ ކު އަމިއްލައަށް. ތިޔަ އެޗްޕީއޭއިން ބުނާ ގޮތަށް އުޅެގެން ތިކ ކަމުން އަވަހަށް މިންޖެއް ނުވާނެ.

    38
  3. އާދަނު

    އެޗްޕީއޭގެ ގަވާއިދުތަކަކީ އެއް ބަޔަކަށް އޮންނަ އެއްޗެއް.
    މޮނިޓަރިންގައި އޮއްވައި، އެރަށަކުން އެހެން ރަށަކަށް ދެވޭނީ ކަރަންޓިން ވާން ޖެހޭ ގޮތަށް ކަމަށް އެޗެޕީއޭ އިން ބުނާއިރު، މިހާރުވެސް މާކުރަތު ކައުންސިލްގެ ނައިބްރައީސް ރ މަޑުއްވަރީ މޮނީޓަރިންގައި އޮއްވާ މާކުރަތަށް އައިސް އެއޮށް އުޅެނީ. އެހެންނަމަވެސް މިކަން ހުއްޓުވާކަށް އެއްވެސް ފަރާތަކުން މަސައްކަތެއް ނެތްކޮށްފައެއް. އެޗެޕީއޭއަށް މި މައްސަލަ ހުށައެޅުނު. ޕޮލިހަށް ހުށައެޅުނު. މާކުރަތު ކައުންސިލްގެ ސަމާލުކަށް މިކަން ގެނެވުނު. ވީކަމެއް ހަރާމް.

  4. Anonymous

    ބަރަަަާބަރު

  5. ބާބޫ

    އެޗްް.ޕީ.އޭ މީހުންނަށް ކަމެއް ނުވީމަ މިޙާލަތައް މި ރާއްޖެ މި ދިޔައީ........ޓެކްޓީމޭ ކިޔާފަ ހަދާފަ އޮތް ޓީމުގެ ނިންމުންތަކުގެ ސަބަބުން ބަލި މުޅިރާއްޖެއަށް ފެތުރި އެތައްބައެއްގެ ފުރާނަ ގެއްލި ދިޔައީ. 10 ވަރަކަށް ހެލްތު ވޯކަރުން ލައިގެން ތިޔަ ޓެކް ޓީމު ހެދި ނަމަވެސް މިއަށް ވުރެ ބޮޑުތަނުން ރަގަޅުވީސް. އެމީހުން ވިސްނާނީ ރަތްޔިތުންގެ ހެވާއި ލާބައަށް، ކަލޯމެން ވިސްނަނީ ސިޔާސީންގެ ހެވަށް..............
    #އެޗް،ޕީ.އޭޗޮކުން
    #ޓެކްޓީމްގަޔަށް
    #ސަރުކާރުދެކަމުންހާޖަތައްގަޔަށް

  6. އަލްއަޚް

    އަލްއަޚް މާއްޓޭ އާއި އަލްއަޚް ޒަޢީމް އަދި ފީއަލީ އެޗް.ސީގެ ޓީމް އަދި ފީއަލީ ކައުންސިލާއި ރައްޔިތުން ތިޔަ ކުރައްވާ ބުރަ މަސައްކަތައް އައްސަރިބަހާއި ސާބަހުގެ ގުލްދަސްތާތަކުން ވެދުން ބަރުތީލަކުރަން. މާތްﷲ ތިޔަ ބޭފުޅުންގެ މަސައްކަތުގައި ބަރަކާތްލައްވާށި! ބަލިމަޑުކަން ފިއްލަވާ، ދުޅހެޔޮކަމާއި އަމާންކަން އިޢާދަކުރައްވާށި! އާމީން
    #އެޗް.ޕީ.އޭ ޗޮކުން
    #ޓެކްޓީމް ބޮކުން
    #ސަރުކާރު ދެކަމުން ޙާޖަތައް ގަޔަތް

  7. ސަރީ

    12ގަޑީ އިރު ގޭގައި އަނެއްބާރަ ގަޑީއިރު ކޮވިޑް ފެތުރުމުގައި!!ހާލަތު ތިހާ ގޯސްވީމަ 24 ގަޑީއިރު ބަނދު ކޮއްގެން ތިކަމުން ސަލާމަތް ވެވޭނީ!!ސަރުކާރުން ބޭނުންވަނީ ކޮވިޑް ދަންމަން ޢޭރުންތާ އުކޫ ގިނައިން ލިބޭނީ!!ޓެސްޓް ކިޓްތަކާ އެހެނިހެން ވަސީލަތްތަށް ވިއްކާ ތަންތަނާއި ޖުމްލަ އަގުގެ 2 ޕަސެންޓް 2023 ކެންޕޭނަށް ބަހަން ލިބޭގޮތަށް އެކަމަށް ޑީލް އެއްބަސްވާ މީހުންނަށް