ގާނޫނުތަކަށް އިސްލާހު ގެނެސްގެން ނިރުބަވެރިކަމުގެ ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބަހައްޓައިގެން ހެކި ހޯދޭނެ ގޮތަށް މަގުފަހިކުރުމަކީ ހައްގުތަކަށް އަރައިގަތުމަށް ހުޅުވާލެވޭ ދޮރަކަށް ވެދާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒް މިހެން ވިދާޅުވެފައި މިވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ބަންދުކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓުމާއެކު އަނެއްކާވެސް އިތުރު ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމާ ގުޅިގެންނެވެ.
މުހުތާޒް ވިދާޅުވީ ގާނޫނުތައް ހަރުކަށިކުރުމުން ހައްލު ލިބޭނޭކަމަށް ދެކުމަކީ ކުށް ހީއެއް ކަމަށެވެ. އޭގެ ބަދަލުގައި ހެއްކާބެހޭ ގާނޫނާ ޚާއްސަ ހާލަތްތަކުގައި ހެކި ވަޒަން ކުރާނެ ގޮތުގެ އިޖުރާއަތް ފާސް ކުރުމަކީ މުހިއްމު ކަމެއް ކަމަށް މުހުތާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިޖުތިމާއީ އޮނިގަނޑު އިސްލާހުނުކޮށް ކުށްކުރުން ހުއްޓުވިދާނެ ކަމަށް ހީކުރުމަކީ ފޫނެތް ފަޔަކަށް ފެން ފުރުން ކަމަށެވެ.
"ބަންދުގައި ބަހައްޓައިގެން ހެކި ހޯދުމަށް ފުރުސަތު ދިނުމަށް މަގުފަހި ކުރުވުމަކީ ހައްގުތަކަށް އަރައިގަތުމަށް ހުޅުވާލެވޭ ދޮރަކަށް ވެދާނެ. އޭގެ ބަދަލުގައި ހެއްކާބެހޭ ގާނޫނު ފާސްކޮށްދެއްވުން މުހިއްމު. ޚާއްސަ ހާލަތް ތަކުގައި ހެކި ވަޒަންކުރާނޭ ގޮތުގެ އިޖުރާތުވެސްމެއެވެ" މުހުތާޒް ކުރައްވާފައިވާ ޓްވީޓެއްގައިވެއެވެ.
ބަންދުގައި ބަހައްޓައިގެން ހެކިހޯދުމަށް ފުރުސަތު ދިނުމަށް މަގުފަހި ކުރުވުމަކީ ހައްގުތަކަށް އަރައިގަތުމަށް ހުޅުވާލެވޭ ދޮރަކަށްވެދާނެ. އޭގެ ބަދަލުގައި ހެއްކާއިބެހޭ ގާނޫނު ފާސްކޮށްދެއްވުން މުހިއްމު. ޚާއްސަހާލަތް ތަކުގައި ހެކި ވަޒަންކުރާނޭ ގޮތުގެ އިޖުރާތުވެސްމެއެވެ. https://t.co/aipgbJFb1W
— Muhuthaz Muhusin🇲🇻🇵🇸 (@Muhuthaz) May 30, 2021
ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ބަލާ ފާސްކުރެވޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށައަޅާފައިވާއިރު، އެ ބިލްގައިވަނީ، ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމަށެވެ. އަދި އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމަށެވެ.
މީގެ އިތުރުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ޙާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ތީނަހުރިއިރު ވާނުވާޖަހާފަ ބަހައްޓައިގެ ހުކުންކުރާއިރު ހުކުމައްވުރެއްވެސް ދިގުވެފައެބަހުރި އަގަނުތަޅާ
މައުމޫނަށް ދަތިކުރަންހެދި ގާނޫނުއަސަސީއަށް އެމްޑިޕީ އަށް ވެރިކަންކުރާކަށް ނޭގޭނެ. އެމްޑިޕީން އިބުރާ އިސްވެހުރެ ގާނޫނުއަސަސީ ފަރުމާކުރީ ގައުމަށް ވިސްނުމެއްނެތި އެމްޑިޕީން ހިންގާ ޖަރީމާތަކުން ސަލާމަތްވެވެ ފަދަ ގޮތަށް ވިސްނައިގެން . މިގާނޫނުއަސާސީ ފާސްކުރުމުން އެގާނޫނުއަސަސީއާއިމެދު ވިސްނާލުމަށް މައުމޫނަށް ފުރުސަތު ނުދީ ތީމުގެދޮށަށް އެއްވެ މުޒާހަރާކުރި މީހުން މިއަދު އެއުޅެނީ ގާނޫނުއަސަސީގެ ސަބަބުން ގައުމު ހިންގުމަށާ އި ގައުމުގެ އަމަންއަމާން ނެގެހެއްޓުމަށް ދަތިވެގެން. މިއަދު ތިކަމަށް ކުރާނެކަމެއްނެތް އަމިއްލަޔަށް ފޭއްސި އިލޮށިގަޑު ތިޔަހުރީ އަމިއްލަ ލޮލަށް ހެރިފަ، ފުލުހުން ކިތަންމެ މޮޅަށް ތަހުގީގު ކޮށް ސަރީއަތަށް ފޮނުވިޔަސް ގާނޫނުއަސާސީގަ އޮތީ ފަނޑިޔާރުންއަމަލ ކުރަންވާނީ ގާނޫނުއަސާސީއަށާ ގާނޫނުތަކަށް ކަމަށާއި ގާނޫނުއަސަސިއައި ހިލާފު ގާނޫނުގެ އަކުރެއްވިޔަސް ފިއްޔެއްވިޔަސް އެގާނޫނުގެ އެބައެއް ބާތިލްކަމަށް. އަދި ސަރީއަތުގަ ފަނޑިޔާރުން އަމަލުކުރަންވަނީ ފަނޑިޔާރުގެ ކުރިމަތީގަ ސަރިއަތުގެ މަޖިލީހުގަ ވެވޭ އިއުތިރާފަށް އެކަނިކަމަށް. ވީއިރު އެއްވެސް މީހެއްގެ މައްޗަސް ސަރީއަތރުން ކަމެއް ސާބިތު ކުރެވޭނެ ގޮތެއް އެބައޮތްތޯ ؟މިހެން ލިޔެފަ ގަނޫނުއަސަސިގަ ބާއްވައިގެން އެމްޑީޕީން ފުލުހުންނާއި ކޯޓްތަކުގެ އަގު ވައްޓަލަން 2004 ންފެށިގެން މިހާތަންށް އައީ މަސައްކަތްކުރަމުން ސަރިއަތަށް ސާބިތުނުވީމަ ފަނޑިޔަރައި ކޯޓްގެ އަގު ވައްޓާލާ ފުލުންގެ އަގުވެސް ވައްޓަމުން ދިޔައީ މިއަދު މިކިޔަނީ ކޮނަކަހަލަ ދަތިތަކެއްތޯހުރީ.ރައްޔިތުންނަށް އޮޅުވާލަން ވާހަކަދެއްކުމުގެ ބަދަލުގާ ތިމާމެނަސްހިންގުނު ޖަރީމާ އަށް އިއުތިރާފްވެ ރަނގަޅުމަގުން ހިގޭތޯ މިހާރު ބައްލަވަން ވެއްޖެ ނޫންބާ؟