މާލެ އިން އުތުރުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް ހުށަހެޅުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 38 އަހަރުގެ މީހެއްކަމަށެވެ.

އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ ހޮނިހިރު ދުވަހު އެވެ. އެމައްސަލައިގައި މީހަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

16 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ލިބުނު މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ކަމާއި ގުޅުންހުރި ހުރިހާ އިދާރާތަކަކާއި އެކު މަސައްކަތްކުރެވެމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެންދީ

    އީސައެއް ހައްޔަރެއް ނުކުރެވުނު. ނިކަމެތި މީހާ ވަގުތުން އުފުރާލީ.

    15
  2. މޮޑޭ

    މޮޑޭ ވެސް ހައްޔަރެއް ނުކުރެވުނު. އެއީ އަދި މާ ޅަކުއްޖެއް. އައިޝާ ހުވަފަތްވީ އިރު ވެސް 16 އަހަރެއް ނުފުރޭ