ހދ. ކުޅުދުއްފުށިން މޫނުނިވާކޮށްގެެން ތިބި ބަޔަކު ކާރަކަށް އަރުވައިގެން ގެެންގޮސް އަނިޔާކުރި މީހާގެެ ބޮޑު އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެެ ރޭ ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައި ވަނީ 29 އަހަރުގެ ޒުވާނަކަށެވެ. އޭނާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓލުގައި ފަރުވާދޭން ފަށާފައި ވަނީ އެރޭ 9:50 ހާއިރު ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މިވަގުތު އޭނާ އަށް ފަރުވާ ދެމުން އަންނަނީ މާލެެ ގެެނެސް އޭޑީކޭ ހޮސްޕިޓަލުގައެެވެ. އޭޑީކޭ ހޮސްޕިޓަލުގެެ މެެނޭޖިން ޑިރެެކްޓަރ އަހުމަދު އައްފާލް "ވަގުތު" އަށް ވިދާޅުވީ އެ ހޮސްޕިޓަލުން އޭނާގެެ ސާޖަރީއެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އޭނާއަށް ފަރުވާދެމުން އަންނީ އައިސީޔޫގައި ކަމަށް އައްފާލް ވިދާޅުވިއެވެ.

''ވަގުތު'' އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ، މާރާމާރީގައި އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި ކަމަށެވެ. އޭނާގެ ބޮލުގެ ކަނާތް ފަރާތުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެެ.

މި މައްސަލަ އާއި ގުޅިގެން އަދި އެއްވެެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެެ. ފުލުހުން މިހާރު އަންްނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު