ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަނާޅާ ލަސް ކުރަމުންދާތީ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ނުރުހުން ފާޅު ކުރައްވައިފިއެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ނަޝީދުގެ ސެކިއުރިޓީއާއި އެމަނިކުފާނުގެ ގެކޮޅު ކަމަށް ގ.ކެނެރީގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ އެ މައްސަލަ 241 ކޮމިޓީން ދަނީ ބަލަމުންނެވެ.

އެ މައްސަލައަށް މަޖިލީހުގެ މެންބަރުންގެ ޚިޔާލު ފާޅު ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަނީ ހުޅުވާލާފައެވެ.

ނިހާދު މި މައްސަލައަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، މިފަދަ މައުލޫމާތެއް ނޫހަށް ސިފައިންގެ ބޭފުޅަކު ޚިއްސާ ކުރައްވާފައި ވާއިރު ދިފާއީ ބާރު އެމްއެންޑީއެފުން އެއްވެސް އެއްޗެއް ވިދާޅުނުވެ ތިއްބަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ނިހާދު ދެން ފާހަގަކުރެއްވީ މީގެ ކުރިން މިނިސްޓަރުންގެ އިހުމާލުތައް ފެނުމުން ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ކަމެވެ. މިހާރު ކުރިމަތިވެގެން އުޅޭ އިހުމާލުތަކަކީ ކުރިން އިތުބާރު ނެތް މައްސަލަތައް ހުށަހެޅި ކަންކަމަަށް ބުރެ ބޮޑު އިހުމާލުތަކެއްގެ ގޮތުގައި ނިހާދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ޑިފެންސް މިނިސްޓްރީގެ ގިނަ އިހުމާލުތަކެއް އޮވެގެން ކަން ފާހަގަކުރައްވައި ނިހާދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަނާޅާ ސަބަބަކާ މެދު ސުވާލު ކުރައްވައިފައެވެ.

"ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް މައްސަލަ ނަގަން އަޅުގަނޑުމެންނަށް ނުކެރެގިން މި އުޅެނީ ކީއްވެގެންބާއޭ އަޅުގަނޑު ހިތަށް އަރާ، އެމްޑީޕީގެ މިނިސްޓަރަކަށް ވާތީ ހެއްޔޭ އަޅުގަނޑު ހިތަށް އަރާ،" ނިހާދު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން މެންބަރު ނިހާދު މިއަދު ވާހަކަ ދައްކަވާފައި މިވަނީ، ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މާރިޔާގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ އެތައް މައުލޫމާތެއް ހިމެނޭ ރިޕޯޓެއް ނޫހުގައި ކޮށްފައި މި ވަނީ، މި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށް ސަލާމަތީ ޚިދުމަތްތަކަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ކައުންސެލަރު

  ދެން ކަލޭތީކީއްކުރާ މީހެއް. ކަލެއަށްވެސް ތިޔަބުނާ މައްސަލަ ހުށަހެޅޭނެދޯހަމަ؟؟

  25
 2. ޕާޕަ ޕާޕާ

  ތިވަރުގެ ބޮޑުކަމެއް ދުނިއޭގެ އެހެން ގައުމެއްގައި ލިބިފައިހުރި އިންޓެލް އަށް ބަލައި ހިނގިނަމަ މިނިސްޓަރު އަމިއްލަޔަށްވެސް އިސްތިއުފާދޭނެ.

  25
  1
 3. އަހްމަދު

  ކޮއެފުޅާ ތިޔަޕާޓީގަނެތް އެހާގަޓްހުރިމެންބަރުންނެއް ތިޔަކަހަލަވާހަކަދެއްކީމާ ކޮއެފުޅުމެންގެ ސޯޓުބޭލުންނޫންކަމެއްނުވާނެ އެހެންވީމަ ހައްޕު ކިއުއްވައިގެންހުންނަވާ އެހެންނޫނީ ބާކީވެދާނެ

  25
  1
 4. ހަފީ ދައްތަ

  ނިހާދު ހުރި ފެ ކުޝަނު ރަށު ރައްޔިތުންނަށް އެނގެން ބޭނނު

  27
  1
 5. Anonymous

  މަޖިލީ ހަކު ނުތިބޭނެ މާރިޔާ އާއި ދެކޮޅަށް ވޯޓު ދޭނެ މެންބަރުނެއް އެކަން ވަރަށް ސާފު

  27
  • ސޮއި

   ޔަގީނުންވެސް ހިސާން ދޭނެ

 6. މިތުރާ

  ހުރިހ ހާ ރިޔާތައް ހުރީ އެއްބޯޓެއްގަ....އިތުބާރު ނެތް ވޯޓު ފުރަތަމަ ނަގަންޖެ ހެނީ މަޖިލިސްމެމްބަރުންގެ

  11
 7. ޑައެލޯގް

  ކަލޭތިއުލެނީ އަދި ބުއްފުޅި ތުނބުން ނުނެއްޓިގެން މާފުއްޕަން ތިކަމެއްނުވާނެ ބުރާންޗާ! ތިރީދޫކުދިންނެށް އެޅޭނެ ފިޔަވަޅެއްނޯންނާނެ ހުސް ޑްރާމާ

  11
 8. ޏނމ.

  ކަލޭގެ ސައިޒު ނުއޮޅި ހުރުން ރަގަޅު.

  14
 9. މރީ ދައްތަ

  މަށާއި ސަމާސާ ކުރަން ނޫޅައްޗޭ؟

 10. ކޮވިޑް

  ބަލަ ކަލޭ ކުޑަތަ މާރިޔާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އަދި ވެސް އެހެން މީހުންތަ އެކަން ކުރަން ވީ؟

 11. ފާތުމަ އެޅި ވަގު މިސްކިތް

  ތިއީ ވެސް މަޖްލީސް މެމްބަރ އެއް ނު... ބޭކާރު ވާ ހަކަ ނުދައް ކާ މައްސަލަ ވައްދަބަލަ.... ތިތަނުގައި ތި ތިބެނީ ކުފޫ ހަމަ ނުވާ މީ ހުން ވިއްޔާ...ގައިމު ހުރި ކުލައެއް ވަރެއް ދައްކާލަބަލަ
  ... މަމެން ތިބޭނޫ އަތާ ޖަ ހަން