ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ އާއި ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތުތަކެއް ނޫހަކަށް ދީފައި، އެމަނިކުފާނަށް ސެކުއިރިޓީ ނުދެވޭނެ ކަމަށް އެ އޮފިޝަލަކު ވިދާޅުވެފައި އޮތުމުން އެ މައްސަލަ ދިފާއީ ބާރުން ބަލަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.
"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ނަޝީދުގެ ސެކިއުރިޓީއާއި އެމަނިކުފާނުގެ ގެކޮޅު ކަމަށް ގ.ކެނެރީގެ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ އެ މައްސަލަ 241 ކޮމިޓީން ދަނީ ބަލަމުންނެވެ.
އެ މައްސަލައަށް މަޖިލީހުގެ މެންބަރުންގެ ޚިޔާލު ފާޅު ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވަނީ ހުޅުވާލައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ހަސަން ލަތީފް އެ ބަހުސްގައި ވިދާޅުވީ، ނޫހަށް މައުލޫމާތު ދީފައިވަނީ އާންމު މީހަކު ކަމަށް ނުބެވެލޭ ކަމަށާއި، އޭގައި ސާލަމަތީ ސިއްރު މައުލޫމާތުތައް ވަރަށް ތަފްސީލްކޮށް އޮތުމުން އެ ކަމެއް ކޮށްގެން އުޅެނީ އެމްއެންޑީއެފްގެ ތެރެއިން ކަމުގައި ގަބޫލު ކުރެވޭ ކަމަށެވެ.
ހަސަންގެ ވާހަކައިގައި، އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅު ކުރެއްވީ، ރައީސް ނަޝީދުގެ މިޒާޖުފުޅު ހުންނަވާ ގޮތުން ސެކިއުރިޓީ ދޭން އުނދަގޫ ކަމަށް ނޫހަށް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވެފައި އޮތުމެވެ. އެ މައްސަލަ ސެކުއިރިޓީ ކައުންސިލުން ބަލަން ހަސަން ލަތީފް ގޮވާލެއްވިއެވެ.
"މިއީ ވަރަށް ވެސް ބޮޑު މައްސަލައެއް، އަޅުގަނޑު ގޮވާލަން، ރައީސް ނަޝީދަށް ސެކުއިރިޓީ ނުދެވޭނެ ކަމަށް އެ ބުނާ މައްސަލަ، ސެކުއިރިޓީ ކައުންސިލުން ބަލަން،" ހަސަން ލަތީފް ވިދާޅުވިއެވެ.
މަޖިލީހުގައި ޚިޔާލު ފާޅު ކުރައްވަމުން ގެންދަވާ އެމްޑީޕީގެ މެންބަރުން ގެންދަވަނީ މި މައުލޫމާތުތައް ލީކު ކުރި މީހަކު ހޯދަން ދިފާއީ ބާރަށް ގޮވާލައްވަމުންނެވެ. އެކަމަކު ނޫހަށް މައުލޫމާތު ދިން މަސްދަރު ހޯދުމަށްޓަކައި ނޫސްވެރިޔާ މެދުވެރިކޮށް އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ވެސް މަޖިލީހުގެ އެ މެންބަރުން ވިދާޅުވެއެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ އެތައް މައުލޫމާތެއް ހިމެނޭ ރިޕޯޓެއް ނޫހުގައި ކޮށްފައި މި ވަނީ، މި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށް ސަލާމަތީ ޚިދުމަތްތަކަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު މި ވަގުތު ހުންނެވީ ޖަރުމަން ވިލާތުގައެވެ.
ނަޝިދުގެ ނޭއްގާނީ ކަމާއި ބޯހަރުކަމާއި މުރަނަކަމުގެ ސަބަބުން ސެކިއުރިޓީ ދިނުމުގައި ހުރި ގޮންޖެހުންތައް ކިޔާދިން މީހާ ހޯދަން ނޫޅެ ނަޝީދު އާއި ހަށިފާރަވެރިންނާއި ދެމެދަށް ވަދެ ސެކިއުރިޓީ ބްރީޗް ކުރި ގޮތްނޭގޭ ދޮން މީހާ ނުވަތަ އިންގިރޭސި ރައްޔިތަކީ ކޮންތާކަށް ކޮން ޖަމާއަތަކަށް ނިސްބަތްވާ މީހެއް؟ އޭނާ އެތަނުގައި ހުންނަން ޖެހުނީ ކީއްވެ؟ އަދި އޭނާ މިހާރު ކޮބާ؟ ރިޕޯޓް ލިއުނު ނޫހާއި ނޫސްވެރިޔާ އާއި މަސްދަރު ހޯދަން ނޫޅެ މިކަން ހާމަކުރަން އުޅުނިއްޔާ މާރަންގަޅު ވާނެ.
ނަޝީދުގެ ކާރު އޮތް ތަނާއި މާލޭގެ މަޖީދީ މަގުމަތީގައި ހިނގާބިންގާ އުލޭ މީހުންނާއި ދުއްވާއެއޗެހީގެ ކާރޫބާރު ހުންނަ ގޮތައް ބަލައި ގޮއްވާލި ފަޓާސް ނުވަތަ ބޮމުގެ ރިމޯޓަށް އޮތީ އަތަމާ ޕެލަސް ކައިރީގައި ހުރި އަދުހަމުއަތުގައިތޯ ނުވަތަ ނަޝީދުއާއި ސެކިއުރިޓީ އާއި ދެމެދުގައި ހުރި ކޮންމެވެސް މީހަކު އަތުގައިތޯ އާއި މެދު ވެސް މިހާރު ސުވާލު އުފެދޭ ހިސާބަށް ކަންކަން ހިނގައްޖެ. ބަލަ ބޮޑިގާޑުންނާއި ނަޝީދުއާއި ދެމެދަށް ވަދެ ސެކިއުރިޓީ ބްރީޗް ކުރި ދޮން މީހާ އެތަނަށް ވެއްދީ ކާކު؟ އަމުދުން އިނގިރޭސި ޓުއަރިސްޓަކަށް ނަޝީދުއާއި ބޮޑީގާޑުންނާއި ދެމެދަށް ވަދެވުނީ ކިހިނެތް؟ އެކަމަށް މަގުފަހި ކޮށްދިނީ ކާކު؟
ބަލަ މިވާހަކަތައް ނުދައްކާ ދިވެހި ސިފައިން ފަހަތުން ތިޔަ ދުވަނީ ކޮން ބޭނުމަކު؟ މީ ހުސް ސުވާލު!!!!
ޢިނޑިޔާ ސިފައިން ރަނގަޅުވާނެ ނަޝީދު ގެ ސެކިއުރިޓީ ދެން ދޯ؟
އެހެން ވަނި ހަމަ ހުރެލާފަ ކުއްލިއަކަށް އައްބަޅޭ ކަޑައްށްވެސް ވަދެދާނެ.
އެމްއެންޑީއެފް އިން ނަޝީދައް ސެކިއުރިޓީ ދިން ކޮންމެ އޮފިޝަލަކު އޭނަޔަށް ޗެކިއުރިޓީ ދޭން އުނަދަގޫކަން ޤަބޫލް ކުރާނެ. ރައީސް ކަމުގައި ހުރި އިރުވެސް އަދި މިހާރުވެސް . ފަހަރުގަ ވަޒީފާގެ ބިރަށް އެއްޗެއް ނުބުނެ ހުރެދާނެ އެކަމް ނަޝީދަށް ސެކިއުރިޓީ ދިނުމަކީ 100 ކުޑަ ކުދިން ގެންގުޅުން ފަދަ ކަމެއް،
ހަސަންއަށް ވެސް އެނގޭނެ ސިޔާސަ ނުވަތަ ހަލަނި އަދި ބުއްދި ހަމަނުޖެހޭ ކުދިން ބެލެހެއްޓުން ވާނީ އުނދަގޫ ކަމެއްކަން. މީހަކު އެކަމަކީ އުނދަގޫ ކަމެއްކަމަށް ބުނުމުން އެމީހަކު ކުށްވެރިވާނަމަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މި ޑިމޮކްރަސީގައި އޮތީ ކޮން ޖާގައެއް.
ހަސަނާއި އިންތި އަދި އަނދުނޭ އަކީވެސް ބުއްދި ހަމަނުޖެހޭ ކުޑަކުދިންހެން ހީވޭ. ކޮއިފުޅުމެން ބޮޑެތިވެފައި ތިބިކަމަށް ހީވިޔަސް، ސިކުނޑީގައި ނެތް އެއްކަމެއްވެސް.
ކެނެރީގެ އަކަށް ނޫން ސެކިއުރިޓީ މީހުން ބައިތިއްބާފަ ފެންލައިޓުން ނިކުމެގެން ގޮއްސާނެ.ރައީސްކަމުގަ ހުރެ ފ.ނިލަންދުއަށް ދިޔަ ދަތުރުގަ ވެސް ދެފަރާތު ގަ ދަމަފަ ހުރި ރޯނު ހިއްލަލަފަ މީހުންގަނޑުފަޅަލާފަ ގޯޅިއެއްގަ ހުރި އަންހެން ކުއަޖަކަ ދިމާލަށް ދުއްވައިގައީ އެކުއްޖާ ބިރުން ދުވެގޮސްފިލައިފި މިފަދަ ސަހުސިއްޔަތެއް ހަމަބުއްދިއެއް ނެތް މީހަކަށް ސެކިއުރިޓީ ދޭނީ ކިހިނެތް ތަ؟
ހަސަނާ ތިގޭގަ އެޗްޕީއޭއިން އިޢުލާނުހިއްޕާފަހުއްޓަ ކަލޭބޭރައްނުކުންނަމައްސަލަވެސް އެބަޖެހޭބަލަން މިއީވަރަށްމުހިންމު މައްސަލައެއް އެހެންމީހުންގެރައްކާތެރިކަމާމެދުމިމީހުންނުވިސްނަނީ ކީއްވެބާ
މީނަ ވިސްނަނީ ހަނަ އެކަނި ނަޝީދު އާއި ދޭތެރޭ .. ވޯޓް ހޯދަން ވީމާ ރައްޔިތުން ފަހަތުން ދު ވާނެ.
ނަޝީދުގެ މައްސަލައެއްނޫން މިއުޅެނީ ނަޝީދު ރައީސްކަމަށް ހޮއްވެވިމީ ހުންގެ މައްސައުޅެނީ!! ސެކިއުރިޓީއަކީ ރައީސުންނަށް ދޭއެއްޗެއް.. ނަޝީދުބޭނުން އެއްޗެނޫން ތިނިޔާއެއްޗަކީ އޭނަބޭނުންވަނީ ކަޑަޔަކަށް ވަދެކާފަ ބިރަކާނުލާމަޖާކުރާން....
ކޮވިޑުގެ ޙާލަތު ރަނގަޅުކުރަން ބަޙުޘް ކުރިއްޔާ ކީއްތޯވާނީ.
ތީ ރަނގަޅު ބަލަންޖެހޭ ވަރަށް ރަނގަޅު މުހިންމު ކަމެއް. ބަލާފައި ސެކިއުރިޓީ ނުދެވޭ ގޮތަށް ބަސް ނާހައި ހިތުހުރި ގޮތަކަށް އުޅޭނަމަ ސެކިއުރިޓީ ދިނުން ހުއްޓާލަންވީ. ސެކިއުރިޓީން ބުނާގޮތް ނުހަދާ މީހަކަށް ސެކިއުރިޓީ ދެވޭނެ ގޮތެއް ނޯންނާނެ. ސެކިއުރިޓީ ދޭން އުޅެން ހަދައިގެން ދޭން އުޅޭ ބަޔަކު ނުބައިމީސްވާނީ.
ކަލޭމެންނަށް ފައިދާހުރިގޮތް ހޯދާފަ. ކަލޭމެންނާ ގުޅުންހުރި މައްސަލަ ބަލާފަ ހުރިހާ މުއައްސަސާތަކެއްގެ ގާނޫނާއި ގަވާއިދުތައް ކަލޭމެންނަށް ފައިދާހުރި ގޮތައް ބަދަލުކޮށްފަ ކަލޭމެންނަށް ފައިދާކުރާނެ ގޮތައް މައްސަލަތައް ބަލަން ތަފާތު ނަންނަމުގައި ކޮމެޓީތައް އުފައްދާފަ . ދިވެހި ރައްޔިތުންނަށާ ދިވެހި ގައުމަށް ފައިދާވާނެ ކަމެއްކުރާނެ ވަގުތެއްނެތް. ފައިސާއެއްވެސް ނެތް. ޙެޔޮނުވާނެ ވެރިކޮށްދޫކޮށްލާފަ މިގައުމުން ރައްކާވެބަލަ.
ހަސަނާ ކަލޭވެސް ގައުމަށް ހެޔޮ އެދެންޔާ ނަޝީދު ގާތު ބުނެބަލަ ތިޔަހެން ބޯހަރުވެގެން ނޫޅޭށޭ..ސެކިއުރިޓީ ދޭން ތިބިމީހުނަށްވެސް ތިހެން އުޅެގެން ތުރާ ނޫންކަމެއް ނުވާނެއޭ..
ގުރައިދޫ މަރުކަޒަށް ގެންދަން ވީ ނު. ސެކިއުރިޓީއާޢި ހުންނާނެ ތަނެއް ހަމަޖެހޭނެ.
ނަޝީދުގެ ސެކިއުރިޓީއެއް ގައުމަކައް މުހިންމެއްނޫން. އޭނާއަކައް ޒިންމާދާރުމަސައްކަތެއް ނުކުރެވޭ. ޕާލަމެންޓުގެ ވަގުތު ބޭކާރު އެބަކުރޭ ބޭކާރު ވާހަކަތައްދައްކަން. އޭނާ ޖަރުމަނުގަ ބަހައްޓާ. ދެން އައު މަޖިލީހުގެ ސުޕީކަރެެއްހޮވާގެން ގައުމައް ސަލާމަތްކަން ހޯދޭތޯ އުޅޭ.