ގެއަކުން ބޫޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާއްމުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހަކީ 2021 އޭޕްރީލް 18 ވަނަ ދުވަހު 5:48 އެހައިކަންހާއިރު މާފަންނު، ގެއަކުން ޓްރެއިނިންގ ޝޫޒްއެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ވީޑިއޯ އިން ފެންނަ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 484805 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓުޕޕ

    ތިވާނީ ބެއްޔާގެ ސައްދާމު ކަމަށް

  2. އާކިފް

    މިކަހަލަ ކަންތައް ޕޮލިހުންނަކަ ނުވާނެ މީޑީއާލާ
    ދެން އެމިހުން ނުލޭނެ ވަގުން ހޯދާކަށް
    އެކަމަކު ނަސީދު އަށް ބޮން އެލީމައި ހުރިހާ މާލޭގެއް
    ސީސީ ޓިވިބަލާ 3 ދުވަސްތެރޭގައި ބޮން އެލި
    މީހުން ހަޔަރުކުރުނެވެ.