ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި އަދި އެފައިސާ އަށް ހިޔާނަތްތެރިވި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް 42 ދައުވާއެއް އުފުލައިފިއެވެ.
މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދަޢުވާތައް ސާބިތުވެއްޖެ ނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވެއެވެ.
ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން މިއަދު ވިދާޅުވީ އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، އައްމަޓީގެ މައްޗަށް ދައުވާ ކުރަން ކޯޓަށް މައްސަލަ ފޮނުވީ އިއްޔެ ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދަޢުވާއަކާއި ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 25 (ފަންސަވީސް) ދަޢުވާ އަކާއި ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 05 (ފަހެއް) ދަޢުވާ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު މަސައްކަތް ފަށާފައެއް ނުވެއެވެ. ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައި ނުވާތީ ފައިސާ ދޭން، އެތަން ނެގި މީހުން އެދުމުން ވެސް ފައިސާ ނުދިން މައްސަލަ މީގެ އަހަރުތަކެއް ކުރިން ފުލުހަށް ހުށަހެޅިއެވެ.
އެކަމަކު އައްމަޓީ ފިލައިގެން ރާއްޖެއިން ބޭރުގައި އުޅުމުން އެ މައްސަލައިގެ ތަހުގީގު އެންމެ ބާރުމިނެއްގައި ކުރިއަކަށް ނުދިޔައެވެ.
އޭގެ ހަ އަހަރު ފަހުން އެ މައްސަލައިގައި ބޮޑެތި ދައުވާތަކެއް ކުރީ ލަންކާއިން އައްމަޓީ ހައްޔަރުކޮށް މިދިޔަ މާޗު މަހު ރާއްޖެ ގެނައުމަށްފަހުގައެވެ.
ބަލަސަރުކާރާއެކުތިޔަމައްސަލައިގަ ޑީލެއް ނެހެދޭނެތޯ އައްމަޓީވެސްބޭނުންވެދާނެ ޑީލެއްހަދަންއެފުރުސަތު އައްމަޓީއައްވެސް ލިބެންޖެހޭނެ
މިއީ ދިވެހިރާއްޖެ!! މަޝްހޫރު މޯލްޑިވްސް!! އެއްކަމެއްވެސް ނުވާނެ!! ހައެއްކަ މަސް ނުވަތަ އަހަރެއް ވަންދެން ކޮޅުކޮޅު މައްޗަށް ދަމާ ހަދާނެ! ބޮޑެތި ޙުކުމްތައްވެސް ކުރާތަން ފެންނާނެ!! ދެން އެންމެފަހުން ކޮންމެވެސް އެއް މަރުޙަލާއެއްގައި ހުދުކަފޫރަށްވެ ދޮވެ ސާފުވެގެން އުޅޭތަން ފެންނާނެ!! ވަކިން ޚާއްސަކޮށް ބޮޑެތި އަދަބު ލިބޭ މައްސަލަތަކުގައި!! މިރާއްޖޭގައި ކިލޯކިލޯއިންނާއި ބައިޓަނުން މަސްތުވާތަކެތި އެތެރެކޮށް އެވިޔާފާރިކުރާ ކިތަންމެ މީހުނެއް ގާނޫނު ކުރިމައްޗަށް ހާޒިރުކުރެވުނު؟ ކޮބާ މިއަދު އެމީހުން؟ މިނިވަންކަންމަތީ މަގުމަތީގަ!! ކަނޑިއާއި ވަޅި އަދި ކަތިވަޅި ބޭނުން ކޮށްގެން ބޮޑެތި މާރާމާރީ ހިންގައިގެން ގާނޫނުގެ ކުރިމައްޗަށް ކިތައްމީހުން ހާޒިރުކުރެވުނު! ކޮބާ އެމީހުން؟ މަގުމަތީގަ! ސިޔާސީ ވެރިންނާ ސިޔާސީ ނުފޫޒުގަދަ ކިތައްމީހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ގާނޫނުގެ ކުރިމައްޗަށް ހާޒިރުކޮށް ޙުކުމްތައް ކުރެވުނު؟ ކޮބާ އެމީހުން!! ހަމަ މަގުމަތީގަ!! ނިކަމެތި ރައްޔިތުން ޙައްޖަށްދާން މުޅި އުމުރު ދުވަހު އެއްކުރި ފައިސާކޮޅަށް ހަރާންކޯރުވެގެން ގާނުނުގެ ކުރިމައްޗަށް ހާޒިރުކުރެވުނު! ކޮބާ އެމީހާ/މީހުން؟ ހަމަ ގޭގައި! ކޮބާ މީގެކުރިން ބޮޑެތި އެތައް ޓެރަރިޒަމްގެ ކަންކަމާ ގުޅިގެން ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރެވުނު މީހުން؟ ކޮބާ ބޮޑެތި ކޮރަޕްޝަންތައް މިރާއްޖޭގައި ހިންގާ ދައުލަތުގެ މަލިއްޔާ ހުސްކުރި ބޮޑެތި މީހުން؟ ރާއްޖެއިން ބޭރުގައާއި ގޭގައި!! އަދަބު ލިބެނީ އަބަދުވެސް ނިކަމެތި
މީހާ ކުރާކުށަށް!! ހަކުރު ޕީސްއެއް ވިއްކާ މީހާ އޮންނާނެ ޖަލުގައި! ވަގުރުކު އަޅާމީހާ އޮންނާނެ ޖަލުގައި!! އާދައިގެ ވައްކަމެއްކުރާ މީހާ އޮންނާނެ ޖަލުގައި!! ސަރުކާރު މުވައްޒަފުންގެތެރެއިން އެތަނަކުން ހާހެއްހާ ރުފިޔާ ނުވަތަ ކަތުރެއް ވަގަށްނަގާ މުވައްޒަފު އޮންނާނެ ޖަލުގައި!! މިރާއްޖޭގައި ބޮޑު ކުށެއްކޮށްގެން އެކުށަކާ އެއްވަރު ޙުކުމެއްކޮށް އެޙުކުމް ޖަލުގައި ތަންފީޒުކޮށް ނިންމިތަން ފެނުނީ ހަމަ އެންމެ ފަރާތެއް!! އެއީ ސަގަރު ނާސިރު!! ތިނެއް ނޮވެމްބަރުގެ ޢުދުވާނާ ގުޅިގެން އޭނާގެ މައްޗަށް ސާބިތުވީ! އޭނާ 25 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒިކޮށް ނިންމާ ދާދިފަހުން އެވަނީ މިނިވަންވެފަ!! މިރާއްޖެގައި އަދުލުއިންސާފު ގާއިމުވެފައި އޮންނަގޮތާމެދު ފުންކޮށް ވިސްނަންޖެހޭ!! ދާދި ފަހުން ނޫންތޯ ފަޓާސް ބަރިއެއްހެން ސްޕްރީމްކޯޓުން ބޮޑެތި އެތައްބަޔަކު ހުދު ކާފޫރަށް ހަދާ ދޫކޮށްލީ ހާލަތު ބަދަލުވީމަ!! އެމީހުންނަށް ހީކުރެވުނީ އެހެންހެދީމަ އެމީހުން ބައިތިއްބާނެކަމަށް!! ޖެހިގެން އައިދުވަހު ނޫންތޯ ސްޕްރީމް ކޯޓް ދޮވެ ސާފުކޮށްލިތަން ފެނުނީ މުޅިން އެހެންބަޔަކު އައްޔަންކޮށްފަ!! މިއީ މިރާއްޖޭގެ ކަންހިނގާމަގު!! ގަބޫލުކުރިޔަސް ނުކުރިޔަސް!!
ދޮންކަލޯ ކޮރަޕްޝަން!! ކޯޓުތަކުގެތެރޭ ކޮރަޕްޝަން!! އެހެންވީމަ ތިހެންވަނީ..
ހުރިހާދިމާލަކ ކުން ފެންނަނީ ކަރަޕުޓު،،ހައިރާންވެ އަންތަރީސް
އެކަމަކު އަދިވެސް 2 ބިލިޔަނަށް ނާރައިގެން މިއުޅެނީ ހަހަަހހަ
އެތައް ބިލިއަން ރުފިޔާ ވަގަށް ނެގި މީހާވެސް އެހެރީ ގޭގައި.
ހުޅުމާލޭ ކޮއްމެވެސް ފްލެޓެއްގައި.
މިރާއްޖެ މީކޮންކަހަލަ ދައުވާ ކުރާތަނެއްބާ މީހެއްގެ މައްޗަ ޖިނާއީ ކުށެއްގައި 40 ދައުވާ 46 ދައުވާ 50 ދައުވާ 55 ދައުވާ، ބަލަ އެންމެ ދައުވާޔަކުން ނުފުދޭތޯ،؟ ޕީޖީވެސް އުޅެނީ ދައުވާ ގިނަކޮށްގެން މަސައްކަތް ގިނަކަމަށް ދައްކައިގެން ގިނައިން މުސާރަނަގަން !
ސީލެއިފަ ދޯ ދެން ހުންނާނީ
الحمد لله.
ބޮޑު ކުށެއް ސާބިތުވާ ވަރުގެ އެއް ދަޢުވާ ކޮށްބަލަ ސާބިތުވާ ވަރުގެ ހެކިތަކާއި އެކު އޭރުން ތަންކޮޅެއް ހަރަދުވެސް ކުޑަވާނެ !