އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ މި ސަރުކާރުން ރާވާ ހިންގާފައިވާ ހިޔާނަތެއްކަން، ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީ އަބްދުﷲ ގެ އޯޑިއޯއިން ހާމަވެފައިވާ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިކަމުގައި ގުރުބާން ކުރުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ނައިބް ރައީސްކަން ކުރެއްވި ޑރ މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ އޯޑިއެއްގައި ޝައިނީ ކަމަށް ބެލޭވޭ މީހަކު ތުހުމަތުކޮށްފައިވާ ގޮތުން ސަރުކާރުން ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ލިބިފައިވަނީ މި ސަރުކާރުގެ އިސްވެރިންނަށެވެ. ހިޔާނާތުގެ މައްސަަލަ ސަރުކާރަށް ތަހުގީގު ނުކުރެވޭނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ ވެސް އޭނާ މެދުވެރިވެރިވެގެން ކުރި މަޝްވަރާތަކެއްގެ ތެރެއިން ކަމަށްވެސް ލީކުވި އޯޑިއޯގައި ޝައިނީ ވަނީ ވިދާޅުވެފައެވެ. ޝައިނީ ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައެވެ.
އެކަމާ ގުޅުވައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އޯޑިއޯއިން އެތައް ކުށުގެ އިއުތިރާފް ލިބޭ ކަމަށެވެ. ހިޔާނާތުގެ ތުހުމަތުގައި ސުވާލުކޮށް ތުހުމަތަށް މީހުން ހައްޔަރުކުރަމުންދާއިރު ޝައިނީ އިސްތިސްނާވާންވީ ސަބާބާ މެދު ޖަމީލު ސުވާލު އުފެއްދެވިއެވެ.
"އޯޑިއޯއިން އެތައް ކުށެއްގެ އިޢުތިރާފް ލިބޭ. ތުހުމަތަށް އެކި ތަންތަނުން މީހުން ހައްޔަރުކުރޭ. ޝައިނީ އިސްތިސްނާވީ ކީއްވެ؟ ފުލުހުން/ކޮމިޝަންތަކުން ރެކުނީ ކިހިނެއް؟ އެމްޑީޕީ ބްލެކްމެއިލްވުމަކީ މުއައްސަސާތައް ބިރުގަންނަ ސަބަބަށް މިވީ" ޖަމީލް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ވައްކަމުގެ ޖަރީމާތައް ރާވައި ހިންގީ މިސަރުކާރުންކަން ޑރ. ޝައިނީގެ ދައުރުވަމުންދާ އޯޑިއޯއިން ސާބިތުވެއްޖެ. ރައީސް ޔާމީނަށް ތަކުރާރުކޮށް ދަޢުވާކުރަނީ ޙަޤީޤީ މުޖްރިމުން ފޮރުވަން. މިހާރުވެސް ދަޢުވާތައް ބާޠިލްވެއްޖެ. ދަޢުލަތުން ރައީސް ޔާމީން ޤުރުބާންކުރުން ހުއްޓާލާ
— Mohamed Jameel Ahmed (@MJameelAhmed) May 31, 2021
ހިޔާނާތުގެ ދައުވާ ޔާމީނަށް ކުރަނީ ހަގީގީ މުޖްރިމުން ފޮރުވަން ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ. ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ޖަމީލް ވިދާޅުވީ، ޔާމީނަށްކުރާ ދައުވާތައް މިހާރު ވެސް ބާތިލްވެއްޖެ ކަމަށެވެ.
ހިޔާނާތުގެ މައްސަލަ ބަލާ އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު މަޖިލީހާ ހިއްސާކޮށްފައެވެ. އެ ލިސްޓުގައި ރާއްޖޭގައި ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމްގެ އިސް ބޭފުޅުންގެ ނަންތައް ވެސް ހިމެނެއެވެ.
މި ޚިޔާނާތުގެ ތަހުގީގު ފުރިހަމަކޮށް ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު މި ސަރުކާރު ވެސް ޚިޔާނާތުގެ ތަހުގީގު ލަސްވެ، ވަކި ބައެއްގެ މައްސަލަތައް އެކަނި އަވަސް ވާތީ ގިނަ ބަޔަކު ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.
މި ޚިޔާނާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭއިރު، މި ދެ ބޭފުޅުންނަށް ވެސް ދައުވާކޮށްފިނަމަ މަގާމުން ވަކި ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ﷲ ގެ ކުޅަދުންވަންތަ ކަން ހުރިހާ ކަމަކާ އެއްކަށްވުރެ ބޮޑު، މިއަދު އަންނި ، އިބޫ، މައުމޫން ،ޤާސިން ،އިމްރާން މެނަށް ތިހެން ތިބެވިދާނެ އިއްޒަތާ އަރާމުގަ ﷲ ގެ ހަޒްރަތުގައި ވާނެގޮތަކާމެދު ވިސްނަވާ، ޔާ ﷲ ރައީސް ޔާމީން ނަށް ނުހަޤުން އަނިޔާ ކުރަމުންދާ މީހުން ފަލީޚަތް ކުރަށްވާ ރައީސް ޔާމީން އަށް ޔެރަހުމަތް މިންވަރު ކޮށް ދެއްވާށި އާމީން.
ބަލަ ޔާމީނު ކީއްވެތަ އަދީބު ލައިގެން ވައްކަން ކުރީ. ވާވަރަށް ކައިފަ މިބުނަނީ އަންނި ، އިބޫ، މައުމޫން ،ޤާސިން ،އިމްރާން ޖެހި މަޅިއެކޭ. ކަލޭ މީހެއްގެ މަޅީގަ ޖެހިގެން ވައްކަމެއް ކޮށްފާނަންތަ؟
ތިކަހަލަ ގަމާރުންނަކަށް ނުވިސްނޭނެ
މިހާރު ކަލޭމެން ދައްކާވާހަކަ އަޑުއަހާބަޔަކު ނެތް މުޅި އޮޑީގައި ތިތިބީ ހައެއްކަ މީހުން ވަގުންގެ ޕާޓީ ދެން ލަލަލާ
އެއީ ބަކެއްޓެއްތަ@ ޤުރުބާން ކުރަން–:އެހެން ނަމަވެސް މިވަގުތު ޤުރުބާންް ނުކުރަން
ކަލޯމެން އިންތިޚާބުން ސޯލިހް ހޮވީ ސޯލިހް ވެޓިފައޮއްވާތަ ؟ ހަމަ މިކަހަލަ މަޖާޒީ ބަސްތަކުން ގަމާރުންދައްކާ ކަހަލަ ވާހަކަ ދައްކާބަޔަކަށް، މަޖާޒީ ބަސްތަކުން އަސްލުމާނަ ނަގަން ނޭނގޭމީހުންނަށް ކޯއްޗެއްވިސްނޭނީ ؟
އެމްއެމްޕީއާރުސީ ގެ ލާރި ގަނޑު ޤުރުބާން ކުރި ބޭކަލުން އެ އުޅެނީ ބުރި ބުރި އަށް ގޭ ހިތްލާ ލައިގެން ބޮނޑި ބަތުން ފެންވަރާލައިގެން ހަމަޖެހިލާއިގެން އެތިބެނީ
ކެއީ ކޮންބަޔެއްކަން އެހެރަ ފެންނަނީނު ގަމާރީ. 200 އެތައްބަޔަކު ކީއްވެ ޔާމީން އެކަނި އަދަބުގަ؟ ކިޔަންވީ ގަމާރީ އެއްނޫން ގަމާރު. ވައްކަން ކުރިއްޔާ ކުރި އެއްމެނަށް އަދަބު ދީ. އެހެން ނޫނަސް ގާމާރު ޖަހަން ނުކެރި ގަމާރީ އިން ނަކަށް ހަޖަމްނުވާނެ ،
ބަލަ ޖަމީލާ ކަލޭނޫންތަ މީޑިއާކުރިމަތީގަ ހަޅޭލެވީ ވައްކަމުންސަލާމަތްވާނެ އެއްގޮތެއްވެސް ނޭތޭކިޔާފަ. ޢެހުރީ ވީޑިއޯ.މިވަރުގެ ބުރާންޗެއް މަށެއްނުދެކެން.
ޖަމީލަށް ދިންއަނިޔާ ހަދުމަފުޅު ނެތީތޯ؟
ޖަމީލު
ޖަމީލުކުރީގޮވަމުންދިޔައީ
ރަސްމޔާމިނަކީވަގެކޭކިއާފައެތައްމިތަނުގަހަޅޭލަވަމުންދިޔައީމިހާރުކިޔަމުންދަނީޔާމިނަކީހުދުކާފޫރުކޮޅެކޭ
ޖަމީލައްއެގިލައްވާތޯކިޔޭނުކިޔޭއެއްޗެހި