ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސްރާ) އަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސައިގެ ތަހުގީގު ފުލުހުން ނިންމާލައިފިއެވެ.
އީސައާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރީ ކުރީގެ އަނބިކަނބަލުން ގައިގައި ތަޅައި މާރާމާރީ ހިންގުމާއި ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން އަސްރާ ތުހުމަތު ކުރެއްވި މައްސަލައެވެ. ފަހުން އަސްރާ ވަނީ ދަރިފުޅުގެ ހައްގުގައި ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފައެވެ.
ނަމަވެސް ފުލުހުން ކުރިން ވިދާޅުވީ ވަކި މީހަކު ބުނެގެން ޖިނާއީ މައްސަލައިގެ ތަހުގީގު ހުއްޓާ ނުލާނެ ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
އީސަގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން އީސަ ހައްޔަރުކުރަން ޕްރޮސިކިއުޓަ ޖެނެރަލް މެދުވެރިކޮށް ފުލުހުން ކޯޓު އަމުރަކަށް ވެސް އެދުނެވެ. އެކަމަކު އެ އަމުރު ނެރެދޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ބުނެ ކުރިމިނަލް ކޯޓުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެ ނުދިނެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތައް ބުނާ ގޮތުން މަޖިލިހުގެ މެމްބަރެއް ހައްޔަރު ކުރެވޭނީ ކުށެއް ކުރަމުން އަންނަކަން ފެނިއްޖެ ހާލަތެއްގައެވެ. އެ ނޫން ގޮތަކަށް މެމްބަރަކު ހައްޔަރު ކުރާ ނަމަ، ކޯޓު އަމުރެއް ހޯދަން ޖެހޭނެއެވެ.
އީސަގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީގެ މަގާމުތަކުން ވެސް އީސަ ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އީސަ ވަކިކުރަން މަސައްކަތް ފެށުމުން، އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތައް އޭނާ ދޮގުކުރައްވައެވެ.
ތިކަމެއްނުވާނެއެވެ. އަދި ވިޔަސް އެއްދޮރުން ވައްދާފަ އަނެއްދޮރުންނެރޭނެއެވެ. ރައްޔިތުން ގުބޯހައްދަން ފާޑަކަށް ތަހުގީގުކޮށް ބޮނޑުނަގުލަށްދާނީ
ހުކުން އޮތީ ލިޔެފަ ތައްޔާރައް އިއްވުމުގަ އެއްވެސް ދަތިކަމެއްނެތް ރައްޔިތުން އަޑުއަހަންތައްޔާރައްތިބޭ މީނާގެ ބާރުގަދަކަމާއި ލާދީނީކަން ހެއްކައް އަތްފޯރާފަހުރިވަރު ހުރިހާމީހުން ހަނު
މި މައްސަ ސާބިތު ވެއްޖެނަމަ 50 އެތި ފަ ހަރުން ހައްދު ޖެ ހުން އޮންނާނެ!
ރައްޔިތުންނަށް ދައްކާލި ދަޅައެއް. ދައުވާކުރެވޭ ވަރަށް އުންސުރު ހަމަނުވާކަމަށް އެއްކަލަ ޕީޖީބުނާނެ. އޭނައަށްއެކަނި އުންސުރަކާއި ފަންސުރެއް ލިބިގެން އުޅެނީ.
އުންސުރެއް ކީއްކުރަން ފަންސުރެއްވެސް ނުފެންނާނެ. ހައްޔަރުވެސް ނުކުރިނު. މަޖްލިސް މެމްބަރެއްނު. ރަތްލާޖެހި އެމްޑީޕީގެނު. ޖަމަލު ފޮޑި އަށްވަނީ ތިކަން
ހިތުން ހިޔަޅު އެއްޗެއް ހަދާލީއެވެ. ސަރުކާރުން ކުރަން ވީ ކަންތައް ކޮށްފިކަން ދައްކަން ކުރިކަމެއް، ދެން ކޯޓް ތަކުން ސާބިތު ނުވީކަމަށް ނިއްމާލީމަ އެނިމުނީ!
ޕީ ޖީ ބުނީ ތިޔަމައްސަލަ ބެލޭނެ ފަދަ ސައުގުވެރިކަމެއް އަސަރެއް އަސްރާގެ ނެތޯ
ޑރ.ޖަމީލު އޮތީބުނެފައި ތިކަންވާނެގޮތް.
ﷲގަންދީ ބުނަން ތިއީ އިދިކޮޅު މެމްބަރެއްނަމަ މިހާރު ޓެރެރިޒަމްގެ ދައުވާކޮށް ހުކުންޖަހާފަ އޮންނާނީ ޖަލުގައި.
މީދެން ޚަބަރެއްހޭ؟ ދެއިރުދެދަޅަޔަށް ނޫސްތަކަށްލާން ވަގުތުކުދިން ތިކަހަލަޚަބަރު ހޯދާން ރަށުތެރެއަށް ގޮސްތިޔަކަހަލަ ގޮތެއްނެތް 100 ދެމަފިރިން ވެސް އަދި 9 ފަށް ވެފަ ތިބި 100 ވެސް ފެނިދާނެ !!!