އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ގެ މައްސަލަ ބޮޑުވެފައިވާއިރު އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އައު ފްލައިން ސްކޫލެއް ހުޅުވުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ ދާދި ފަހުން އެ ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ އަތުލާފައެވެ. ހުއްދަ އޭނާގެ އަތުން އަތުލާން ނިންމީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށާއި، ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސްކޫލުގެ މެނޭޖްމެންޓުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ކުރަމުން ނުދާތީއެވެ.
އޭއޭއޭގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައާ ބެހޭ ކޮމިޓީއަށް ނަހުލާގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ހާޒިރުކޮށް މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް ކޮށްފައެވެ.
އައު ފްލައިން ސްކޫލެއް ގާއިމްކުރުމަށް ތިން ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ ވިލާ، އައިލެންޑް އޭވިއޭޝަން އަދި ޗެކްރިޕަބްލިކުގެ ކުންފުންޏެކެވެ.
ނަހުލާ ވިދާޅުވީ، އެ ތިން ފަރާތާއެކުވެސް ބައްދަލުކޮށް، އެޕްރޫވަލް ހޯދޭނެ ގޮތްތަކާއި، އެންމެ ފަސޭހައިން ކުރިއަށް ގެންދެވޭނެ މަގުތައް އޮޅުންފިލުވައި ދިފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތެއްގެ އެޕްލިކޭޝަން ޕެކޭޖް ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ހަމައަށް އަދިވެސް ނުލިބޭ ކަމަށް ވިދާޅުވިއެވެ.
އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ބޭފުޅުންނާ ބައްދަލުކުރުން
އޯޑިއޯ:https://t.co/qAURK4Q4Zy pic.twitter.com/waTrwusfai
— People's Majlis (@mvpeoplesmajlis) May 31, 2021
ކުރިން ވެސް އެޕްލިކޭޝަން ނުލިބޭތީވެ މަސައްކަތްތައް ރާވާފައި އޮތީ، އެހެން ސްކޫލެއް އެޕްރޫވް ކުރެވެންދެން އައްޑޫ ފްލައިން ސްކޫލުގައި ދަރިވަރުންނަށް ކިޔެވުން ފުރިހަމަ ކުރެވޭނެ މަގުތަނަވަސް ކުރުންކަން ނަހުލާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ފްލައިން ސްކޫލެއް ގާއިމްކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އެބައޮތެވެ. އެކަމަކު ސްކޫލެއް ހުޅުވޭނެ ސީދާ ތާރީހެއް ދަންނަވަން އަދި ދަތިކަމަށް ނަހުލާ ވިދާޅުވިއެވެ.
"އައިލެންޑް އޭވިއޭޝަނުން ވިޔަސް ކޮންމެ ވެސް ފަރާތަކުން ރާއްޖޭގައި އަމިއްލަ ފްލައިން ސްކޫލެއް ހުޅުވޭނެ. ސީދާ ދުވަހެއް އަޅުގަނޑަކަށް ނުބުނެވޭނެ. އަޅުގަނޑުމެން ފުރުސަތު ފަހިކޮށްދޭނަން. އަމިއްލަ ފަރާތަކުން ބަޔަކު އައިސްފިނަމަވެސް އެކަމަށް ނަގަން ޖެހޭ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެކަން ފުރިހަމަކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން" ނަހުލާ ވިދާޅުވިއެވެ.
ސަރުކާރުން އިންވެސްޓްކޮށްގެން ސްކޫލެއް ހުޅުވުމުގެ މަޝްވަރާތަކެއްވެސް ކުރެވެމުންދާކަންވެސް ނަހުލާ ވަނީ ކޮމިޓީގައި ހާމަކުރައްވާފައެވެ. ނަމަވެސް ކޮވިޑް-19ގެ ދަތި ހާލަތުގައި އެފަދަ ޕްރޮޖެކްޓެއް ހިންގިދާނެ ކަމުގެ ފީޒިބިލިޓީއާމެދުވެސް ސުވާލު އުފެއްދެވިއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކޮށްފައިވާ ފްލައިން ސްކޫލާ ބެހޭ ގަވާއިދުތަކަކީ އިންޓްނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، ސަލާމަތީ ކަންކަން ބެލެހެއްޓުމާ ބެހޭ ގަވާއިދުތަކެއްކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ، ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަކީ އަދި އެ މައްސަލަތައް ހައްލުނުވެފައިވަނީ ތަމްރީނުތަކުގައިއާ ސަލާމަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ އިތުރުން ރާއްޖޭގައި ތައުލީމުދޭ މުއައްސަސާއަކުން އެ މުއައްސަސާގައި ކިޔަވާ ދަރިވަރުންނާ މެދު އަމަލުކުރަންޖެހޭ އުސޫލުތަކާއި ހަމަތައް ނެތުމުގެ ސަބަބުން ކަމަށެވެ.
ފްލައިން ސްކޫލުން ކިޔަވަން ކިޔެވުމަށް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯންތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ނިންމާފައިވާކަން ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފައެވެ.
ނަމަވެސް ލޯނު ނުނަގާ ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރަން ފަންޑު ލިބޭނެ ގޮތެއް ހަމަޖައްސަން ބޭނުންވާ ކަމަށް ނަހުލަ ވިދާޅުވިއެވެ. އެކަމުގައި މަޖިލީހުގެ އެހީތެރިކަމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ފްލައިން ސްކޫލުގައި 173 ތަރިވަރުން އެބަތިބިއެވެ. އެއީ 160 ދިވެހި ދަރިވަރުންނާއި 13 ބިދޭސީ ދަރިވަރުންނެވެ.
އަދި ވިލާ ފްލައިން ސްކޫލުން އެތަން ހި ްގުން ދޮތްޯ ނަހުލާ؟
ތިނޫންވަރެއް އެބަވޭތަ ހުޅުވުން އެވެސް ނަހުލާ ފޮޓޯކޮޅެއްނަގަންވެގެން ކުރާކަމެއް ކިހާދެރަ ކޮންކަމެއްމިވަނީ ކުރިން މަގުމަތީގާ ރޮގުދަމާފަވެސް ވައުދެއްފުއްދިކަމުގާބުނަނީ މިހާރު މިދިމާކުރީ ހުޅުވާފަހުރި ތަންތަން ބަންދުކޮއްފާ ހުޅުވަން ރައްޔިތުންނޭ ވިސްނާލަބަލަ މިވެރިން މިގަންނަގަޑު
ޙައްލަކީ ބުރުމާ ޤާސިމަށް ތިތަން ދިނުން.. އެކަން ނުވެގެން ތިއުޅެނީ..
މުދަލަށް ބޫތު ކައިފަ..
ވިލާ ކުންފުންޏްއްތޯ؟
މި "ކުއްޅަވަށްފަލު ރަނިން" ގެ މަކަރުވެރި ކަމުން ފިރިބޭ ގާރޫނަށް އަނެއް ދާއިރާއަކުން ދިވެހި ރައްޔިތުންގެ ލޭ ބޯން ދޭން މަގު ކޮށަނީ ދޯ..!
ހައްލަކީ ތި ކަނބުލޭގެ އިސްތިއުފާ ދިނުން
ނާގާބިލް ކަމަނާ
ނޫނޭ ވާ މަކަރުވެރި އަންހެނަކު އެބަހުރި
މަކަރާއި ހީލަތުން ރައްޔިތުންގެ މުދާ ފޭރި އާއިލީ ތަރިކަ މުދަލަކަށް ހެދުމަށް ބޫތުކައިފާ
ހައްލަކީ ރައީސް ޔާމީން
ހައްލަކީ އިސްތިއުފާދިނުން.
ތި ނިމިފަ އޮތް ކަމެއް ވިލާ ފްލައިން ސްކޫލް
ފިރި މީހާއާއި މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ވަރިވެ އެހެން މީހަކާއި އިންނަން ގޮވުން ފަދަ ކަމެއްތިއީ
ސާބަހޭ ކަމަނާ އެންމެފުރަތަމަ ފިރިމަނިކުފާނު ލައްވާ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންވީނުދޯ
ސޭޓްވެސް އަދި ކާފަވެސް އެބަޖެހޭ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން މިހާރު ގައްދާރުންގެ ލިސްޓްގަ މައުމޫނު، ޤާސިމް ހިމެނޭނެ
މިނިސްޓަރް ނަހުލާ އިސްތިއުފާ....
މީނަ މަގާމުން ވަކިކުރުމަ ގޮ ވާލަން މިނޫނީ އެއް ވެސް ކަމެއްނުކުރެ ވޭ މިނިސްޓަރަކުނެއް ހުރިހާ ޓެކްސީ ޑުރައި ވަރުން މިއޮއް ބަޑައްޖެހެނީ މީނައައް އެބަ އެގޭބާ؟؟ ރިސޯޓް ގައި ހޮލިޑޭ ހަދާފަ ހައްގު ނޫން މުސާރަ ސަރުކާރުން ނެގީމަ ނިމުނީތޯ..... ނަހުލާ މަގާމުން ބޭރުކޮއްފަ ކަމައް ގާބިލު މީހަކު އެތަނައް ލާ.......
ބަލަ ފްލައިން ސްކޫލްތައް މިހާރު މިކުއްވެރިވީ އާ ސްކޫލެއް އަޅަންމިޖެހުނީ މުޅިން ވެސް މިކަހަލަ މަރުމޯލުން މިނިޝްޓަުންނަށް ....
މަންޖޭ.. ހެދިކާ ހަދާ ނިމުނީތަ؟؟ ހާދަ ދުވަސްވެއްޖޭ ހަބަރެއްނުވާތާ