ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ހިޔާނާތްތެރިވެ ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން ސާބިތުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. ގުރާދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޢައްސަން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ކުުރީ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވި ޢައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީން ހިދުމަތްކުރެއްވީ ރައްޔިތުންނަށްޓަކައި ކަމަށާއި، ހިންގެވި މަޝްރޫއުތަކުގެ ފައިދާކުރަނީ ރާއްޖެއަށް ކަމަށެވެ.

ޔާމީންގެ ބޮލުގައި އަޅުވަނީ ދޮގު އިލްޒާމުކަން ފާޅުވަމުންދާ ކަމަށާއި، 2023 ގައި ރައްޔިތުންގެ ލޮތްބާއެކު ވެރިކަމަށް ޔާމީން ގެންނަވާނެ ކަމަށް ޣައްސާންގެ ޓްވީޓްގައި ލިޔުއްވެވިއެވެ.

"ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވަނީ ހުސްދޮގު އިލްޒާމުކަން މިއޮތް ދަނީ ފާޅުވަމުން" ޣައްސާން ވިދާޅުވިއެވެ.

ޢައްސަންގެ މި ޓްވީޓް ކުރައްވާފައި ވަނީ މީސް މީޑިއާގައި ލީކްވެފައިވާ، ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ މުހައްމަދު ކަމަށް ބެލެވޭ އޯޑިއޯއަކާއި ގުޅިގެންނެވެ. އެ އޯޑިއޯގައި ޝައިނީ ވަނީ ޔާމީން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފައިސާ އަދި ފްލެޓް ދޭން ޔާމިން އަރިހު އެދެމުން އެކަންވެސް ކޮށްނުދެއްވި ކަމަށެވެ.

ޝައިނީ ތުހުމަތުކޮށްފައިވާ ގޮތުން ސަރުކާރުން ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ލިބިފައިވަނީ މި ސަރުކާރުގެ އިސްވެރިންނަށެވެ. ހިޔާނާތުގެ މައްސަަލަ ސަރުކާރަށް ތަހުގީގު ނުކުރެވޭނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ ވެސް އޭނާ މެދުވެރިވެރިވެގެން ކުރި މަޝްވަރާތަކެއްގެ ތެރެއިން ކަމަށްވެސް ލީކުވި އޯޑިއޯގައި ޝައިނީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަައީމް

    ބަލަ ރައްޔިތުންނައްވަގުތުން ދައްކަމުންދިޔަ އޭގަވެސް އެންމެ ކުޑަކުއްޖާޔައްވެސް އެ ކުށުގާ ބަންދުކޮއްފާ ހުންންމީހާ ދޭހެކިބަސް ވާނޭގޮތް މިފަދަ ބޮޑުކަމެއްކުރާއިރު ވިސްނާވެސް ނުލާ ބޮޑުއަދަދަކުން ޖޫރިމަނާކޮއްލީމާ ހީކުރީ ރަންއިލޮށިން ކަދުރުކެވުނީކަމައް އިންސާފުން މޭރުން އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނުވާ ބޭފުޅުން ގައުމުގެ އިސްމަގާމުގަ ތިބީމާ ވާގޮތް

    14
    6
  2. ބޭ ވަފާ

    ތި ކަން އިނގޭނީ ކޯޓުން@

    5
    8
  3. އުތުރު ކަރަ

    އޯކޭ ގައްސާން ދެރަވާތީ ޚިޔާނާތޭ ނުކިޔަމާދޯ. އެކިގޮތްގޮތުން ދިވެހިރާއްޖޭގެ ގުނަންތައް ވިއްކާފަ ފައިސާ ވައްދަން މީރާ ކިޔާ ރެވެނިއުކަލެކްޓްކުރާ ހަބެއް ހުރޭ. ނަމަވެސް މިހަބަށް އެމްއެމްޕީއާރުސީ އިން ލިބޭ ފައިދާ ނުވަދެވޭނެހެން ބްލޮކްކޮށްލުމުގެ ބޭނުމަކީ އެފައިސާގެ ކިތާބު ނުބެލި ފަގީރުންނާއި މިސްކީނުންނަށް ބަހަން ފަސޭހައަކަށްތޯ މިއީ ސުވާލެއް. އެތަނަށް ފައިސާވަތް މިންވަރު ދެނެވޮޑިގެންވަނީ ﷲ. އަދީބަށްވެސް އަދި ގުނާމެސިނަކަށްވެސް އެކަމެއް ނުކުރެވޭހާ ފައިސާ ބަހާލެވުނީ އަދީބަށް މުޅި ދައުލަތުގެ ނައިބުކަން ދީގެން ނޫންތޯ.

    12
    10
  4. Anonymous

    ﷲ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންގެ ތެރެއިން ރައީސް ޔާމީނަށް ވަގަށް ގޮވި މީހުންނަށް އަމިއްލައަށް ކުރެވުނު ނުބައިކަން ވިސްނި ﷲ ގެ ހަޟްރަތުން އަފޫއަށް އެދި ދަންނަވާނެ. އެކަމަކު ހަނދާން ކުރަންޖެހޭނެ. މީހުންގެ އަބުރު ކަތިލާ ހައްދުގެ ބޮޑެތި ކުށްތައް މީހުންގެ ބޮލުގައި އެޅުވުމުން، އެމީހެއްގެ ކިބައިން މައާފަށް އެދެންޖެހޭނެ. އެހެންނޫނީ އެމީހާ ދެދުނިޔޭގައިވެސް ސަލާމަތެއް ނުވާނެ!!!!

    29
    7
    • ތަކުރު

      މަށަށް ކުރެވުނު ކުށަކީ މިހެން ބުނުންތޯ؟ އެކިގޮތްގޮތުން ދިވެހިރާއްޖޭގެ ގުނަންތައް ވިއްކާފަ ފައިސާ ވައްދަން މީރާ ކިޔާ ރެވެނިއުކަލެކްޓްކުރާ ހަބެއް ހުރޭ. ނަމަވެސް މިހަބަށް އެމްއެމްޕީއާރުސީ އިން ލިބޭ ފައިދާ ނުވަދެވޭނެހެން ބްލޮކްކޮށްލުމުގެ ބޭނުމަކީ އެފައިސާގެ ކިތާބު ނުބެލި ފަގީރުންނާއި މިސްކީނުންނަށް ބަހަން ފަސޭހައަކަށްތޯ މިއީ ސުވާލެއް. އެތަނަށް ފައިސާވަތް މިންވަރު ދެނެވޮޑިގެންވަނީ ﷲ. އަދީބަށްވެސް އަދި ގުނާމެސިނަކަށްވެސް އެކަމެއް ނުކުރެވޭހާ ފައިސާ ބަހާލެވުނީ އަދީބަށް މުޅި ދައުލަތުގެ ނައިބުކަން ދީގެން ނޫންތޯ. މިކަން ހިނގީ ކާކުގެ ވެރިކަމުގަތޯ. ޙާކިމާގެ ވާޖިބު އަދާ ނުކުރެވުމުން ދިމާވި މި ކަމުން އެ ހާކިމާއަށް ގިޔާމަތްދުވަހުން މަށެނޫން ބުނެވޭނެތޯ؟

      3
      5
    • ރާގޮނޑި

      ޝަރުއީ 2 ކޯޓުން ސާބިތުވެފަ ހުރި ބޮޑުވަގެއް.

      3
      16
  5. މަނީމަނީ

    އެންމެ ފަހުބަސް ބުނާނީ ކޯޓުން ތިމާގެ މީހުނޫން

    7
    12
  6. .....

    އަމާނާތްތެރި ސިޔާސީ މީހުން ވެސް ތިބޭތަ...ސިޔާސީ ވަނީވެސް ހިޔާނާތްތެރިވާން...ދެން އޮންނާނީވެސް އެކަން ކުރުންތާދޯ...

    6
    1
  7. ޢަހޮމަދު

    ދެން ކޮންތާކުން ހޯދި 100 މިލިއަން ރުފިޔާއެއްތޯ ބޭންކްއެކައުންޓްގައެ ހުރީ . ޥިޔާފާރިނުކުރާމީ ހެއްކަމާ ދަރިފުޅު އެޕާރޓްމަންޓްގެ ކުލިދައްކަންވެސް ލާރިނެތްވާހަކަ ބުނި.

  8. ޢަޒޫ

    ބޮޑު ވަގު ޖަލުގަ ބައިންދާފަ ކުޑަ ވަގު އުފަލުން ދައްކާ ވާހަކަ

  9. އަލްޖިބްރާ

    ޚިޔާނާތްތެރިއެއް ނޫނޭ ބުނާއިރު އެންމެ ކަމެއް ސާފު ކޮށްދީބަލަ ؟ ހެންވޭރުގައި އަޅަމުން ގެންދާ ގަޑުވަރު އެއީ ދިވެހިންގެ ފައިސާއިން އަޅާ ގަޑުވަރެއް ނޫންކަން ސާފު ކޮށްދީބަލަ ؟ ކަލޭގެ ލަދު ކޮބާ ؟

    1
    5