އައްޑޫ ސިޓީގައި އިންޑިއާ އިން ގާއިމް ކުރަމުން ދަނީ މިލިޓަރީ ބޭސްއެއް ކަމަށާއި، އެތަންއެޅުން ވެގެން ދާނީ އިންވެސްޓަރުން އައްޑޫއަށް އައުމަށް ޖެހިލުންވާވަރުގެ ކަމަކަށް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، އޭނާގެ ފޭސްބުކް ޕޭޖްގައި އާއްމުކުރެއްވި ވީޑިއޯއެއްގައެވެ.

އުމަރު ވިދާޅުވީ، އައްޑޫގައި އިންޑިއާއިން ގާއިމްކުރަމުންގެންދާ މިލިޓަރީ ސްކޫލް އޭނާއަށް ސިފަ ކުރެވެނީ ކަސްޓަމްސްއަށް އޮޅުވާލުމަށްޓަކައި ސައިކަލެއް ރޫޅާލައިގެން ފަހަރަކު ބައެއް އެތެރެ ކުރާގޮތަށް، ދިވެހިންނަށް އޮޅުވާލުމަށްޓަކައި އެކިފަހަރު ގެނެގެސްގެން އައްޑޫގައި މިލިޓަރީ މަރުކަޒެއް ރާވާ މަންޒަރު ކަމަށެވެ.

"ފުރަތަމަ އައްޑޫއަށް ގެނައީ ހެލިކަޕްޓަރަކާއި ސިފައިން، ދެން ގެނައީ ރާޑަރު ސްޓޭޝަން، ދެން އެޅި މިލިޓަރީ ބޭސްއަކަަށް ބޭނުން ކުރެވޭވަރުގެ ވަރުގަދަ އިމާރާތެއް، ޑިޕްލޮމެޓިލް ކަވާ ދިނުމަށްޓަކައި މިހާރު މި ގެންނަނީ ކޮންސިއުލެޓް އޮފީހެއް. އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ސިޔާސީ ބޭފުޅުންނަށް ހީވަނީ އިންޑިއާގެ ކޮންސިއުލޭޓް އޮފީހަކީ ޝޮޕިންގ މޯލެއް ކަމަށާއި، އެއީ ވިޔަފާރިއެއް ކަމަށެވެ.

އުމަރު ފާހަގަކުރެއްވިގޮތުގައި، އައްޑޫގެ ރިސޯޓްތައް ބަންދުވެ، އައްޑޫ ރައްޔިތުންނަށް ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅުގައި ތަރައްގީ ކުރަން ސަރުކާރުން ނިންމި 8000 އެނދު ތަރައްގީ ނުކޮށް އިންޑިއާގެ މިލިޓަރީ ބޭސްއެއް އެޅުން ވެގެން ދާނީ އިންވެސްޓަރުން އައްޑޫއަށް އައުމަށް ޖެހިލުންވާ ކަމަކަށެވެ.

"ޓޫރިޒަމްއާ އެނޫންވެސް ވިޔަފާރިތަކަށް ވާނެ ހީނަރުކަމަކަަށް، އަދި އިންޑީއާއަކީ މުއްސަނދިގައުމަކަށް ނުވާތީ މި ބޭސްގެ ސަބަބުން އައްޑޫގެ އިގްތިސާދަށް ކުރާނެ ފައިދާއެއް ނޯންނާނެ". އުމަރު ވިދާޅުވިއެވެ.

އަދި މިކަމުން އެއްވެސް ކަހަލަ އިގްތިސާދީ ފައިދާއެއް ނުވާނެ ކަމަށާއި، މިއީ އައްޑޫގެ އިގްތިސާދަަށް ވާނެ ގެއްލުމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މިތަން އެޅުން ވެގެން ދާނީ ގައުމުގެ މިނިވަންކަމަށް އަންނާނެ ހީނަރުކަމެއް ކަމަށެވެ.

"މިއީ ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން، ރާއްޖޭގެ އެކިކަންކޮޅުގައި އެކި ނަންނަމުގައި، އިންޑިއާގެ ބޭސްތައް ގާއިމް ކުރުމަށް ހިންގާ ފުޅާ ޕްރޮގްރާމެއް". އުމަރު ވިދާޅުވިއެވެ.

ޕޮލިސް އެކަޑަމީއެއް އިމާރާތް ކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގައެވެ. އަދި ޕޮލިސް އެކަޑަމީއެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސެޕްޓެމްބަރު 26، 2012 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުދު ވ

    ރުތް ގަލު ބޭހެއްތަ؟

    3
    6
  2. ޕާޕަ ޕާޕާ

    100 ގެ ވާހަކައެއް

    42
    3
  3. އަބްދޫ

    އެ ބިންވަނި އިންޑިޔާ އަށް ވިއްކާލާފަ. ސޯސަނމަގުގެ ނާސަރީ ބިން 5 މިލިއަންޑޮލަރަށް ނަސިދުގެ ވެރިކަމުގަ ވިއްކާލި ފައިސާކޮބާ؟ ބިންގަނެގެން އިންޑިޔާ އިންވަނީ އެތާގަ މިލިޓްރީ މަރުކަޒެއްހަދާފަ. އެތާގެތެރޭގަ ހުންނަނި އިންޑިޔާ މީހުން ގެކަންތައްބަލަހައްޓާ އޮފީހެއް. އައްޑޫ މީހުންނަކީ ހާދަ ކަންކަން ނުވިސްނޭ ބައެއް ދޯ. ހީނުކުރަން އައްޑޫމީހުންނަކީ މިވަރުގެ ތަންދޮރު ނުދަންނަބަޔަކު ކަމަކަށް.

    46
    3
  4. ހަނި

    ހކަލޭގެ ދެރަ ހުމެތްތެރިން ބައި ވެރި ވެގެން ގެނައި ސަރު ކާރެތްމީ މިކޮލިި ސަނަކީ ގަމް ވިކާލާން ފަސްނުޖެ ހެނެ

    20
    2
  5. ސޮއި

    ވަހީދު ސަރުކާރުގައި އިންޑިއާއިން ބޭސްފަރުވާއަށްދާ މީހުންގެ ވިސާނުދީ އަވީގައި ކިއުހަދަން ޖެއްސުމަށްފަހު ލުއެއްދޭން އެއްބަސްވީ މިއެގްޜިމެންޓްގައި ސޮއިކުރީމަ. ތޯ

    7
    1
  6. އަލީ

    އައްޑޫ މީހުންނަކީ ވަރަށް ގަމާރު ބައެއް.

    33
  7. ބޭޗާރާ

    ކިޔަވައިގެން ތިބި ރަނގަޅު މީހުން އައްޑޫގައި ތިބި ގޮތަށް އެންމެ ގަމާރު ބުރާންތި އަރާފައި ތިބި މީހުން މިގައުމުގައި އެންމެ ގިނަވާނީ އައްޑޫގައި.

    15
  8. ވިސްނާލުމަށް އެދެމޭ

    އޭ އުމަރޫ މަނިކުފާނު އިސް ވެހުރެ ތަހުގީގުހިންގާ ކޯޓުން ހުކުމްކޮއްފަހުރި މައްސަލައެއް މުލިއާގެކައިރިން ބޮމެފެނި އެއީ ހަގީ ބޮމެއްކަން މަނިކުފާނު ކަށަ ވަރުކޮއްދީފައޮތް..އެކަމަކު މަނިކުފާނުގެ ބެސްޓްބަޑީ ޕާޕާ ބުނަނީ އެއީ އަސްލެނެތް ފޭކެކަމަށް..އަދި ކޯޓުން ވެސް ނިންމީ އެގޮތަށް.. ވީއިރު އަސްލަކީ ކޮބާ....މަނިކުފާނު ރޔާމީންގެ ކެބިނެޓްގަ އިޙްލާސްތެރިކަމާއެކު ޙިދުމަތްކޮއްދިންކަމަށް އަހަރެމެން ހީކުރީ..މަނިކުފާނުގެ އިޙްލާސްތެރިކަމާމެދު ސު ވާލު އުފެދޭ މިހާރު...ޖަ ވާބަކީ ކޮބާ...ރޔާމީންއަށް ދެ ވުނު ހަމަލާގެ ހިލަމެ މަނިކުފާނަށް ނު ވީކީއް ވެ..ފުލުހުންގެ އިސް ވެރިޔަކަށް ހުރީ މަނިކުފާނު...

    2
    4
  9. އަލްޖިބްރާ

    ކަލެއަކީ ފައްކާ ކަތުރުފަންޏެއް !

    2
    10
  10. ޕާރޫޤް ޖަމީލް

    މީނަމީ ރާއްޖޭގަ ފައްޅިވެސް އަޅާނެކަމަށް ބުނިމީހާ! ސުވާލަކީ ރައީސު ކަން ބޭނުންވެގެން ހަމަ ހިތައްއެރިހާ އެއްޗެއް ބުނުމުން ރައްޔިތުން ގުނބޯ ހެއްދިދާނެބާއޭ!

    2
    9