މާލެ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ އުރަމަތީ ހިފި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަން ހިނގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާލެ ލޮނުޒިޔާރަތް މަގުގައެވެ.

އެ މަގުން ހިނގާފައިވާ ދިޔަ އަންހެނެއްގެ ޖިންސީ ގުނަވަނުގައި ހިފައިގެން އެކަން ހިނގާދިޔަ ގޮތް އެ އަންހެން މީހާ ކިޔާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެ މަގުމަތީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިއަދު މީހަކު ހައްުޔަރުކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރުފަހު 15:45 ހާއިރު ކަމަށާއި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލޮނުޒިޔާރަތް މަގުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. 😁

    އިމްރާނު ބުނާ ހެން ތީދެން އެ ހާވަރު ކަމެއްތަ.

    34
    5
  2. ކާފަބޭ2020

    ތިޔައީމައްސަލައަކީ ސޭޚްއިމްރާންވިދާޅުވާގޮތުން ތިޔައީއެއްވެސްކަމެއްނޫނެއްނޫންތޯ؟ އާދައިގެމީހެއްވީމަ5ވަނަގިޔަރުގަމައްސަލަބަލާފަ ރޯޔަލްވީމަ މައްސަލަވަނީ ވަށިގަނޑަށް ރަށްވެހިފަތިސްގެއިންސާފު ކޯދުލާއަރަނީތޯ؟ ސާބަހޭ އެމްޑީއެންސީޕީޙަމީދު ތިޔަދެންބޮލާފޮޑާ އެޅެނީދޯ؟ ޢިސްތިއުފާބުދޭތި ބޯކޮޅުވަތަށްޖެހުނަސް!ސާބަސް

    34
    2
  3. ކޮރަކަލި

    ތިޖިންސީ ފުރައްސާރައިގެ ކަންތައް ފެޝަނަކަށް ވެއްޖެ އެއަމަލު ހިންގާމީހުނަށް ލިބެންވާ ހައްގު އަދަބު ނުދެވޭތީ ދިމާވެގެންއުޅޭ ކަމެއް

    42
    2
  4. ޓ

    ޢިމްރާނު ވިދާޅުވި އެއީ މާބޮޑު ކަމެއް ނޫނޭ
    ޜޯޔަލް ނޫންވީމާ ވަގުތުން ހައްޔަރު

    33
    1
  5. ޝޭޚުއުރަ

    ޝޭޚު އިމްރާން ބުންޏެއްނުން މަގުމަތިންދާ އަންހެނެއްގެ އުރަމަތީ ހިފުމަކީ އެހާ ބޮޑު މައްސަލައެއްނޫނޭ. އެކަހަލަ ކަންތައްވެސް ވެދާނޭ! ރޯޔަލް މީހުން ދައްކާ ނަމޫނާގައި ޒުވާނުން ކުރިއަށްދާނީ. ތިސޮރަށްވެސް ފުރުމުގެ ހައްޤުވެސް އޮންނާނެތާ

    27
    1
  6. ޖަޒީރާވަންތް ކެހެރިނުފަޅާ ޖަނަވާރު

    ރޭޕް ސަރުކާރު އިސްތިއުފާ

    31
    3
  7. Anonymous

    ތިޔަކަހަލަ ވާހަދެހކުމަކެެވެސް ބޮޑުކުށަކަށް ހަދާނެ.

    21
    1
  8. މިތުރު

    އެއީ ޢާންމުކޮށް ހިނގާ އާދައިގެ ކަންތައްތައްކަމަށް ހޯންމިނިސްޓަރު ބުނެފައިވޭ. ޕޮލިހުންނަށް ތިމީހާ ހައްޔަރެއް ނުކުރެވޭނެ.

    24
  9. މަގޭގައުމު

    ނުލަފާ އިމުރާނު ތާބުނީ ޖިންސުއްލަތީފުންނައް ފުރައްސާރަކުން ނޭގޭގޮތައް ހިފަންމިވަތުގެ މީހަކު ވަޒީރުކަމުގައި ހުރުމުން ދޭހަވަނީ ރައީސް ވެސް މިކަމަން ހިއްވަރުދެއްވާކަން އިމްރާނު އިސްތިއިފާ؟؟؟

    28
  10. Anonymous

    މަގުމަތިން އެކަހަލަތަނެއްގަ މީހަކު ހިފައިފިއްޔާތަ މައްސަލަ ބަލަންޖެހެނީ، ހޯމް މިނިސްޓަރ އޮނަރަބަލް ޝައިޚް އިމްރާނު ބުނެގެން އޭނަކާރިއަށް ދީނީމައުލޫމާތެއް ހޯދަންދިޔަ އަންހެނެއްގެ ތަންތާހިފާ ދަމާ ކޮށްލިވަރު އެ އަންހެނާގެ ދުލުން ޝަރުޢީ ކޯޓުތަކަށާއި މީޑިއާތަކަށް އެތައްފަހަރަކު ފާޅުގައި ހުށަހަޅަމުން ދިޔައިރުވެސް މައްސަލަ ބެލޭގޮތެއްނުވެ އަހަރުތަކެއް ފާއިތިވެގެން ދަނީ، ކޮބާ އިންސާފު، ނިކަމެތި ރައްޔިތުމީހާއަށް އިންސާފު ހައްޤެއްނުވޭބާ!!!

    13
    1
  11. ފެކްޓް

    އއިންޑިއާގެ ސިފަ ވަރަށް ގަދަ އެއބަވޭ!
    ރޭޕިސްތާނު ބޭރުކުރޭ މިޤައުމުން

    12
  12. ފައިލަސޫފް

    އެންމެ ފުރަތަމަ ނޫސްވެރިއާ އަށް ބުނެލަން އޮތީ އުރަމައްޗާއި ޖިންސީ ގުނަވަނަކީ ތަފާތު ދެ ގުނަވަނެއްކަން. ޖިންސީ ގުނަވަނަކީ ކުރިމަތި ފަރާތް. ދެން ކޮރަކަލި އަށް ބުނެލަން އޮތީ މިއީ ޖިންސީ ފުރައްސާރައިގެ އަމަލެއް ނޫނޭ. ޖިންސީ ގޯނާ ގެ އަމަލެކޭ. ވަރަށް ގިނަ ނޫސްވެރިންނާއި އާންމުންނަށްވެސް ޖިންސީ ގޯނާ އާއި ފުރައްސާރަ ވަރަށް ބޮޑަށް އޮޅޭ. ޖިންސީ ފުރައްސާރަ އަކީ އަނގަބަހުން ނޫނީ ގައިގައި އަތްނުލާ ހަރަކާތަކުން ނުވަތަ ފޮޓޯ ވީޑިއޯ އަކުން ނުވަތަ އޯޑިއޯ އަކުން ޖިންސީ ކަމެއް ނުވަތަ އަމަލެއް އަނެކަކަށް ނުރުހުމުގައި ދެއްކުން . ޖިންސީ ގޯނާ އަކީ މީހެއްގެ ނުރުހުމުގައި އެމީހެއްގެ ގައިގައި އެންމެ ކުޑަމިނުން އަތްލުން. ނުރުހުމުގައި އަންހެނެއްގެ އަތުގައި ހިފިޔަސް އެ ވާނީ ޖިންސީ ގޯނާ އަށް. ޢެއާ ޚިލާފައް އަންހެނަކު މަގުމަތިން ދަނިކޮށް ތުނބުން ފުމެލިއަސް ވާނީ ޖިންސީ ފުރައްސާރަ، އަށް. ޢެ އަމަލު ޖިންސީ ގޯނާ އަކަށް ނުވާނެ. މިކޮމެންޓު ޖަހާނެބާ.

    23
    2
  13. ހާސިރު

    ޖިންސީ ފުރައްސާރަ މީހަކާދިމާލައް ބޭއަދަބީ ބަހުން އެއްޗެހި ކިޔުން ބޭއަދަބީ ބަހަކީ އާއްމުކޮއް މުޖުތަމައުގައި މީހުން ވާހަކަދައްކާ އުޅޭ ބަސް ފިޔަވައި މީހާގެ ހަށިގަނޑުގެ ގުނަވަނަކައް ނިސްބަތްކޮއް ބުނާބުނުން ޖިންސީ ގުނަވަނަކީ އާއްމުކޮއް މީ ހާގެ ހަށިގަނޑުގެ ފޮރުވިފަހުންނަ ވަނާތައް އަތްތިލަ ނުވަތަ އިސްތަށިގަނޑުގަ ނުރުހުމުގަ އަތްލުން އެވަނީ މާރާމާރީއައް އެއީ އަނިޔާކުރުމުގެ ގޮތުން އަތްލާއަތްލުން

  14. ފައިލަސޫފު

    ހާސިރު. ނޭނގޭ ވާހަކަ ނުދައްކާ . ބޭއަދަބީ ބަހުން އެއްޗެހި ކިޔުން ވާނީ ފުރައްސާރައަށް. އެ ނުވާނެ ޖިންސީ ފުރައްސާރަ އަކަށް. މިހާރު އާންމު ގޮތެއްގައި މަޖްލިސް މެމްބަރުން އެކަކު އަނެކަކަށް މަޖްލިހުގައި ފުރައްސާރަ ކުރަނީ. މިހަފްތާގައި އެމްޑިޕީ އިން ބަޔާނެއް ނެރެފައި މަޖްލިހުގެ ރައީސް ނަޝީދަށް ފުރައްސާރަ ކުރީ އޭ ވެސް، އާންމު ގޮތެއްގައި އަންހެނެއްގެ ނުގަބޫލުގައި އަންހެނަކާއި ދިމާލަށް ހާދަ ރީއްޗޭ ބުންޏަސް ނުވަތަ އޭނަ އާއި ދިމާލަާށް މާބޮޑަށް ބަލަހައްޓައިގެން ހުއްޓަސް އެވާނީ ޖިންސީ ފުރައްސާރަ އަށް . ގާނޫނު ބަލާ ޗެކް ކުރޭ. ފިރިހެނަކު ފިރިހެނެއްގެ ގައިގައި ނުގަބޫލުގައި އަތްލުންވާނީ މާރާމާރީ އަށް. އެކަމަކު އަންހެނެްއްގެ ނުގަބޫލުގައި އޭނާގެ އަތުގައި ހިފުން ނުވަތަ އިސްތަށިގަނޑުގައި ހިފުމަކީ ވާނީ ޖިންސީ ގޯނާއަށް. އެނުވާނެ މާރާމާރީއަށް. ދިވެއްސަކާއި ދިމާލަށް ކާފަރެކޭ ނުވަތަ ދީން ގަބޫލުނުކުރާ މީހެކޭ ބުނެފިނަމަ ގާނޫނީ ބޮޑު ކުށަކަށް ހަދަން އިއްޔެ މަޖްލިހަށް ހުށައެޅީ. ވީމާ ކޮންމެކަމެއްސް އެއީ ދުނިޔެވީ އުސޫލުން ގަބޫލުނުކުރެވުނަސް ގާނޫނުގައި ވަކިގޮތަކަށް އޮވެއްޖެނަމަ އެގޮތަކަށް އަމަލުކުރެވޭނީ. އެހެންވުމުން ޖިންސީ ކުއްތަށް ކަމަށް ބެލެވޭނީވެސް ގާނޫނު އެއީ ޖިންސީ ކުށެއްކަމަށް ބުނާ ކަންތައްތައް.