ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އުސޫލުތަކާއި ހިލާފުވެގެން މާލެ ސަރަހައްދުން އިއްޔެ އެކަނި 900 އަށްވުރެ ޖޫރިމަނާ ކޮށްފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި 939 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މަބްރޫކު ވިދާޅުވީ، އޭގެ ތެރެއިން 208 މީހަކު ޖޫރިމަނާ ކޮށްފައިވަނީ މާސްކު ނާޅައި އުޅުމުގެ ތެރޭގައި ކަމަށާއި ބާކީ 731 މީހަކު ޖޫރިމަނާ ކޮށްފައިވަނީ ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅުނުގެ ސަބަބުން ކަމަށެވެ.
މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ގަޑީގައި ބޭރުގައި އުޅޭ މީހުންނަށް އަޅާ ފިޔަވަޅަކީ ޖޫރިމަނާ ކުރުމެވެ. ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.
އެހެންކަމުން އިއްޔެ 939 މީހަކު ޖޫރިމަނާ ކޮށްގެން ދައުލަތަށް 939،000 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އެޅިފައި ހުރި ފިޔަވަޅުތަކާއި ހިލާފުވެގެން ކެފޭ، ސެލޫން، ޖިމް އަދި ފިހާރަތައް ހިމެނޭހެން 74 ތަނަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެހެން ނަމަވެސް އަޅާފައިވާ ފިޔަވަޅަކީ ކޮބައި ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
މަބްރޫކު ވިދާޅުވީ، އެތަންނަށް ފިޔަވަޅު އެޅުނުއިރު، އެތަންތަނުން ހިދުމަތް ހޯދަން ތިބި މީހުންނަށް ވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ސަރުކާރުން އާއްމު ކޮށްފައިވާ އުސޫލު ބުނާ ގޮތުން ނަމަ، ކާފިއު ވަގުތުތަކުގައި ވިޔަފާރި ކުރާނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މި މައުލޫމާތަށް ބަލާއިރު، އިއްޔެ އެކަނި، ފިޔަވަޅުތަކާއި ހިލާފުވެގެން ޖޫރިމަނާ ކޮށްގެން ދައުލަތަށް ލިބޭނެ ރުފިޔާގެ އަދަދު ވާނީ މިލިއަނަކަށް އަރާފައެވެ.
ހައްގުތައް މެކުހައް ، މިނިވަންކަން މެކުހައް
ޙައްގުތަކާއި މިނި ވަންކަމަކީ މީހަކުބޭނުންހާގޮތަކަށް އުޅުމެއްނޫން. މީއިންސާނުން ޖަނަވާރުންނެއްނޫން.
ޖޫރިމަނާ ކުރަންވީ، ބަން ދު ވެސް ކުރަންވީ... ފަރު ދީ ޒިންމާ އެއް ނޯވޭ.... ރަގަޅަށް ޖޫރިމަނާ ކުރޭ.... ހަމަ ރަގަޅު.... ލޮކްޑައުންގަ މާ ފުއްޕާފަ ގަވައި ދާ ހިލާފަށް ބޭރަށް ނިކުންނަ ޒުވާނުން މަތަ ކުރަން ޖެހޭ...
ކޮބާތަ ދައުލަތުން ދޭންބުނި އެލެވެންސް އަދިވެސް އާންމު މީހާ ފެލާ ލެވޭތޯ ބަލަނީ
ލާހޫރޭމީހުންނަށް ލިބޭއެއްނޫން އެއީ.
ޖޫރިމަނާ އެކަންޏެއް ނޫން . ބަންދު ވެސް ކުރަން ވީ. މި ބަލިން އަރައެ އް ނުގަނެ ވޭނެ ވަރަށް ހަރުކަށި ވެގެން ނޫން ގޮތަކަށް.
ހަކުށިވަނީ ކިހިނެއް އޭރަށް ހައްޔަރޭ ކުރަނީ ގޮއްވަނީ އޭ ކިޔާފަ އަސްތާ އަށް ހަމަ ނޭގޭތަ؟ ދެން މިބަލިން އަރައިގަތުމަށް މިސަރުކާރަށް އޮތް ހަމަ އެކަނި ޗޮއިސް އަކަށް ވީ މިސްކިއްތައް، މިސްކިއްތައް އެހުރީ ބަންދު ކޮށް ފެނާ ކަރަންޓް ވެސް ކަނޑާ ލާފަ ، ފިޔަވަޅު ކުޑަތަ އަޅާފައިވާ؟
މަގުމަތީގަ އަނދަ ގޮނޑިވެސަ ޖަހާފަ ބަހައްޓަންވީ.
ސަރުކާރަށް އާމްދަނީ ހޯދަން ލިބުނު ފުރުޞސަތެއް.ރައްޔިތުން ފެލާލައިގެން ހިންގާ ސަރުކާރެއް. ވައްޓާލަން ވީ.
ޖޫރިމަނާކުރާ އަދަދުވެސް ކުޑައީ. ނުދައްކައިފިނަމަ ޖަލައްލައި ބުތަ މަސައްކަތް ކުރުވަންވީ
ސަޅިގޮތެއް މައްސަލަ އަކީ "ކަނިރު" އާއިލާގެ މީހަކަށް މި އަދަބު ދޭއިރަށް ހަމަ ތިހެން ފުއްޕާހަ އިންސާފޭ މިނިވަން ކަމޭ އަނިޔާ ގޮވަން ބޯޑް ހިފައިގެން ރައީސް އޮފީސް ކުރިމަތީގަ ހުރެދާނެތީ އޭ؟ މީދިވެހިން ނޭ ހަމަ އެއްގޮތެއްވެސް ކަމުނުދާނެ.