ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ގުޅުވައިގެން އޭރުގެ ފިޝަރީސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝައިނީ މުހައްމަދު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން ހިމެނޭހެން ބައެއް ސިޔާސީ ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ޝައިނީ ދެއްކެވި ވާހަކަތައް ހިމެނޭ އޯޑިއޯއެއް މިހާރު މީސްމީޑިއާގައި ލީކު ކޮށްލާފައިވާއިރު، މި އޯޑިއޯގައި ޝައިނީ ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ސިފައިންނާއި ފުލުހުންނަށް، ނަރުހުންނާއި ޑަކުޓަރުންނަށް، ސިވިލް ސާވަންޓުންނަށް ފްލެޓް ދިން އިރު، ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ފްލެޓެއްގެ ހިސާބު ވެސް ދެއްވާފައި ނުވާ ކަމަށެވެ.

"ރާއްޖޭގައި ފްލެޓް ލިބެނީ ކޮން ބަޔަކަށް؟ ސިފައިންނާއި ފުލުހުންނަށް، ނަރުހުންނަށް، ޑޮކްޓަރުންނަށް، ސިވިލް ސާވެެންޓުންނަށް، މުސްކުޅިންނަށް، އަލަށް މީހުންނާ އިންނަ މީހުންނަށް. ކިހާ ވަރަކަށް ކީ ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ކީއްހޭ ވާނީ ފްލެޓެއް ދިނިއްޔާ،" އޯޑިއޯގައި ޝައިނީ ވިދާޅުވިއެވެ.

ޝައިނީގެ މި ވާހަކަތަކާއި ގުޅިގެން ޝުޖާއު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ފްލެޓް ދިން އިރު އިސްކަމެއް ދެއްވާފައިވަނީ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ.

"ބަލަ ކަލޭމެންނަށް ދޭން ޖެހޭތަ؟ރައީސް ޔާމީން އިސްކަން ދެއްވީ ނިކަމެތި ރައްޔިތުންނަށޭ! ފާޓުފުޅާކަމުން ކަލޭމެން މީހަކާ އެއިރު ވާހަކަ ދެއްކުމަކީ ވެސް ބޮނޑިބަތް ކައްކާވަރުގެ ކަމަކަށް ވެފަ އޮންނަނީ" ޝުޖާއު ވިދާޅުވިއެވެ.

ލީކު ވެފައިވާ އޯޑިއޯގައި ޝައިނީ ވަނީ ރައީސް ޔާމީނުގެ ކެބިނެޓުގައި ވަޒީރުންނަށް ލިބުނު އެއްޗެއް ނެތް ކަމަށާއި ސަރުކާރުން އެ ބޭފުޅުން ނިކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ހުސްއަތާކަމަށް ވިދާޅުވެ، ޝަކުވާ ކުރައްވާފައިވެއެވެ. އަދި ކެބިނެޓުގެ ވަޒީރުންނާމެދު އެންމެ އިހާނެތިކޮށް ކަންކުރެއްވި ރައީސަކަށް ރައީސް ޔާމީން ވެވަޑައިގަންނަވާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަނި

    ކަލެމެންނަ ބޮޑް މުސާރަ ދިފާ ކަރުދިފާ ޕުރެޖެކުޓަކުން ރ ރިސްފަތު ނެގިމާ ވެސް ޔަަމިނު ފުލެޓް ހެދެން ވީ ޔަމިނު ނިކަމެތިންގެ ރައީސް ޔާމިނު ދޫކޮލާ

    27
    2
  2. އަލްޖިބްރާ

    ދެގެރި ތަޅާ ހިސާބަށް ދިޔައީ !

    10
    1
  3. ބުއްޅަބޭ

    މިސަރުކާރުން ޝައިނީއަށް މަގާމެއްދިނުން ވަރަށް އެކަށީގެންވޭ، ފްލަޓު ގަނޑެއްވެސް ލިބޭނެ، އެއީ އެބުނާ ރިކޯޑިން ހުރީމަ!

    20
  4. އައް ލ ގެ ނިހާދު

    ކަލޭމެން އެއިރު ކީއް ވެތަ ޝައިނީ އަށް ނުދިނީ؟ އޭނާ ހުންނަ ގޮތުން އަދި ކިރިޔާ އޭނަ ގެ އުދާސް ބޭރު ކުރެ ވުނީ@ އެކަމަކު ދެން ޝައިނީ އަށް ފުލެޓެއް ލިބޭނީ ޝަކު ވާ ފޯރމް ހުށަހަޅާއިގެން@

    21
  5. ޢަހޫ

    ޢަދުރޭ އަށް2 ރެހެންދި 2 ފްލެޓް؟؟؟؟؟

    1
    8
  6. ހޯހޯ

    ބ ފުޅަދޫއިން މިލިއަން ރުފިޔާއަށް ގަނެފައި ވާބިން ކުޑަ ވަނީތަ؟
    އެހާރުފިޔާލިބުނީކޮންތާކުންބާ؟

  7. ރިޔާޒުބެ

    ޝައިނީ މިހުރިހާ ދުވަހު އުޅުއްވީ ކޮންތާކުތޯ ؟ މިހާރު ޝައިނީ ޕޮޒިޓިއު ވެގެން ތިޔަ އުޅުއްވަނީ ކޮންކުލައަކަށް ތޯއޭ.؟

  8. ޖީލޭ

    ސުޖާއު ކިހިނެތްތަ ރޯހަައުސްއެއް ގަނެލީ؟