ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޯޑިއޯ ޕްރޮގްރާމްތަކެއް ފައްޓަވައިފިއެވެ.

އަމިއްލަ ބްލޮގް މެދުވެރިކޮށް ފެއްޓެވި މި ޕްރޮގްރާމާ ގުޅޭ ގޮތުން ޝަމީމް "ވަގުތު" އަށް ވިދާޅުވީ މިއީ ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ހޭލުންތެރިކޮށް، ރައްޔިތުން އުފައްދާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ޖިނާއީ އެކި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާގެ ދައުރު ނިމުނު ކަމުގައިވީ ނަމަވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އަބަދުވެސް ރައްޔިތުންނާއި ކައިރިން ހިދުމަތް ދިނުމަކީ ކުރާ ހިތްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ގާނޫނީ ފަންނު އުނގެނެމުންދާ ދަރިވަރުންނަށް އެހީވުމަށްވެސް ބޭނުންވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

https://twitter.com/HuShameem/status/1399586683754979329

"މި ޕްރޮގްރާމް މެދުވެރިކޮށް މުޖްތަމައު ތެރޭގައި އެންމެ ބޮޑަަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ. އަދި ރައްޔިތުން އުފައްދާ ގާނޫނީ އެކި ސުވާލުތަކަށް ޖަވާބުވެސް ދެވޭނެ. ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުމަކީ އަޅުގަނޑުގެ އަމާޒެއް" ޝަމީމް ވިދާޅުވިއެވެ.

ގާނޫނީ އެކި މައްސަލަތަކުގެ އިތުރުން މި ޕްރޮގްރާމް މެދުވެރިކޮށް ދީނީ އެކި ކަންކަމާ ގުޅޭ ގޮތުންނާއި، ދުޅަހެޔޮ ކަމާއި ގުޅޭ ގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން ފަތިސް ނަމާދަށް ހޭލުމުގެ މުހިންމުކަމާއި، ދުވުމާއި، ފެތުން ފަދަ ކަސްރަތުތަކެއް ކުރުމާ ގުޅޭ ކަންކަމާއި ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވާނެ ކަން ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވާ ގޮތުން މިއީ އޭނާގެ އަމިއްލަ ބްލޮގް ފުޅާކޮށް ރައްޔިތުންނާއި ކައިރިން ހިދުމަތް ދިނުމަށްޓަކައި ފައްޓަވާ ބޮޑު މަަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިންދު

    އެންމެ ފުރަތަމަ ، ޖިނާއީ ޢަދުލުގެ ނިޒާމަށް ހޭލުންތެރިވަންވީ ތިބޭފުޅާ އިގޭތޯ؟

  2. ކޮވިޑް

    ތި ޕްރޮގްރާމް ތީ އާ އެއްޗެއްނޫން . އޭރު ޝަމީމް ތިޔަ ޕްރޮގްރާމްގަ ދެއްކި ވާހަކަ އާއި މިއަދު ކަން ކުރަމުންދާ ގޮތާ އުޑާ ބިމާހާ ތަފާތު މިކަމަށް ޕޮލިހުން ހެކިވާނެ.

  3. ރައްޔިތުމީހާ

    ތީ ލާދީނީ ބައިގަނޑެއް

  4. ނާޅި

    ބައްލަވާ ޖިނާއީ އަދުލުގެ ނިޒާމަކީ ކޮބައިތޯ، މީހަކު ޖިނާއީ ކުށެއްކުރީމާ 50 ދަޢުވާ 40 ދައުވާ ކުރުންތޯ ނުވަތަ ޢިސްލާމީ ޝަރީޢަތުގައި ކުށެއްކަމަށް ކަންޑައަޅާފައިވާ ކުށެއްކުރުމުން އެމީހަކަށް ޢަދަބުދީ، މީސްތަކުން އެފަދަ ކުއްކުރުން ދުރުކުރުންތޯ ؟