އެންގުމަކާ ނުލާ ޖެންޑާ މިނިިސްޓްރީ އާއި ފުލުުހުންގެ ޓީމެއް ލ. ދަނބިދު އަށް އަރާ ކުޑަކުއްޖަކު އިއްޔެ ގެެންްދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންނާ ޖެންޑާ މިނިސްޓްރީން ގެންްގޮސްފައި ވަނީ އެ ރަށު ސްކޫލުގެެ ގްރޭޭޑް އަށެއްގައި ކިޔަވަމުން ދިޔަ ފިރިހެން ދަރިވަރެކެވެެ. އެ ކުއްޖާ ގެންގޮސްފައި ވަނީ ކުއްޖާ އެ ވަގުތު ލައިގެން ހުރި ޔުނިފޯމާއެކުގައެވެ. އިތުރު އެއްވެސް އެއްޗެއް ނުގެންދެއެވެ.
އެ ކުއްޖާ ގެންދިޔަ އިރު މިއަދަކީ ކުއްޖާގެ އިމްތިހާނެެއް ވެސް ފުރިހަމަ ކުރަން އޮތް ދުވަހެކެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހަކު ބުނީ ޖެންޑާ މިނިސްޓްރީން އެ ކުއްޖާ ގެންދިޔައީ ކުއްޖާގެެ މަންްމަ އާއި ހަވާލުކުރުމަށް ކަމަށެވެ. އަދި އެކުއްޖާ އަކީ ބައްޕަގެެ ބެެލުމުގެ ދަށުގައި ބެހެއްޓުމަށް މީގެކުރިން ކޯޓުން ހުކުމްކޮށްފައިވާ ކުއްޖެެއް ކަމަަށް އޭނާ ބުންޏެވެ.
ދަނބިދޫ ކައުންސިލްގެ ރައީސް އިބްރާހިމް މިިމްރާހް "ވަގުތު" އަށް ވިދާޅުވީ ފުލުހުންނާ ޖެެންޑާ މިނިސްޓްރީން ރަށަށް އަރާފައި ވަނީ ކައުންސިލަށް އެެއްވެސް އެންގުމަކާ ނުލާ ކަމަށެެެވެ. ކައުންސިލަށް މިއީ ހިނގި ކަމެއްކަން އެނގުނީ އެ ޓީމު ރަށަށް އެރި ފަހުން ރަށު ތެރޭގައި ބަޔަކު ހިތްހަމަނުޖެހިގެން އުޅޭ ކަން ފާހަގަ ކުރެވުނީމަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށީމަ އަޅުގަނޑުމެން ގުޅާލިން ޖެންޑާ މިނިސްޓްރީގެ ފަރާތުން އެ ޓީމުގައި ހިމެނޭ ބޭފުޅަކަށް. ވިދާޅުވީ ކޯޓު އަމުރަކާ އެކު ކަމަށް ގެންދިޔައީ. އަދި ރަށަށް އެރުމުގެ ހުއްދަވެސް ލިބިފައިވާކަމަށް" އޭނާ ވިދާޅުވިއެެވެ.
ޢެރަށެ އެޗްޕީއީ އިން މޮނިޓަރިންނަށް ނުލާހިދަކު އެރަށަކަށް އަރާ ފޭބުމަށް ކައުންސިލްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ
މޮނިޓަރިންއަށް ލާފަ އޮތް ރަށަކުން އަންނަންޏާ ޖެހޭނެ ހުއްދަ ހޯދަން
ފުލުހުން ތީ މާމަތީގައި މިހާރު އުޅޭ ބައެއް. ދެން ތިބުނާ ޖެންޑަރ ގައި ގިނައިން އުޅެނީ އުޑެއް ބުޑެއް ނޭނގޭ ރޯނުފިލާ މީހުން. ދެން ކިހާ އަސަރު ގަދަވާނެ. ތި ކުރިކަމަކުން ހަލާކުވެގެންދާނީ އެކުއްޖާގެ އުނގެނުން.
މޮނިޓަރިންގަ ހާލަތުގަ އޮންނަ ރަށަކުން އެހެން ރަށަކަން ދަތުރު ކުރަންވާނީ ހުއްދަ އޮގެންކަމަށް ވަނީ .އަދި ހުއްދަ ލިބިގެން ދަތުރު ކުރިޔަސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަންވާނީ
ފުލުހުންނާއި ޖެންޑަރ އިން ރަށަކަށް އަރާއިރު ކައުންސިލުގެ ހުއްދަ ހޯދާކަށް ނުޖެހޭނެ. ވާނުވާ ނޭނގިގެން ތިއުޅެނީ ވަގުތު ނޫސްވެރިން
އަންގާފައި އޮތްނަމަ އެކުއްޖާ ލާހިކެއްނޫން ހޯދާކަށް. ފެނިގެނެންނު ގެންދެވޭނީ!
ތެރަރިސްތްއަމަލެއްކަމަށް ބެލެވެނީ..
ކުދިންގެ ދިރިއުޅުން ސުންނާފަތި ކޮއްފިއޭ މިއުޅޭ ކާފަރު ބައިގަނޑު.
ނަސިބެއް އެކުއްޖާ އެންމެ ފަހުން އެ އަނިޔާވެރި ބަފާ ކައިރި ސަލާމަތް ވިކަން.
ތީތެދުވާހަކަޖެންޑާކިޔާފިއްޔާާއެނިމުނީ މީހުންރަގަޅައްބލަބަލާތިބޭކުދިންވެސްގެންދަނީކޮންކުށެއްއޮވެގެންތޯދުވަހަކު ކުށެއްނެތަސް ކޮއްމެވެސްއެއްޗެކޭ ކިޔާފަ ގެންގޮސް ދަރިން މަގުފުރައްދަނީއެހެންކިތައްދަރިން މަގުފުރެދިގެންގޮސް މީހުން މަރަމުން ކަތިލަމުން ދުވަނީ