ހއ. ހޯރަފުށީގައި ބިދޭސީއަކު އެއްކޮށްފައި ހުރި ފައިސާތަކެއް އަންދާލައިފިއެވެ.

އެނގިފައިވާ ރޯކޮށްލާފައި ވަނީ ބަންގްލަދޭޝް އަށް އުފަން އެ ބިިދޭސީ މީހާ ބުރަ މަސައްކަތްކޮށްގެން އެއްކޮށްފައިވާ ފައިސާ ރައްކާކުރާ ފޮށީގައެވެެ. އެ ރަށު ބައެއް މީހުން ބުނާ ގޮތުގައި މިއީ ބަޔަކު ގަސްދުގައި ކުރި ކަމެކެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަނީ އަނދައި އަޅިއަށްވެފައެވެ. ނަމަވެސް އެމީހާ އެއްކޮށްފައި ހުރީ ކިހާ ފައިސާއެއް ކަން އެނގިފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވެެފައި ވަނީ، ހޯރަފުށީގައި ބިދޭސީއަކު ދިރިއުޅެމުން އަންްނަ ގެެއެެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:30 ހާއިރު ކަމަށެވެ. މި އަލިފާންގަނޑު ނިއްވާލާފައި ވަނީ ފުލުހުންނާ އާންމުން ގުޅިގެން ކުރި މަސައްކަތުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި އިިމާރާތަށާއި ހިފާ ގެންގުޅޭތަކެއްޗަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ ކިހިނެއް ކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށެވެ.