ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ބިލާއެކު މަރުގެ އިންޒާރުތައް ލިބެމުން ދާތީވެ އެމްއެންޑީއެފުން އޭނާ ސެކިއުރިޓީގެ ކަންކަން ބަލަން ފަށައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ފުރާނައަށް ނުރައްކާވާ ފަދަ އެކި އިންޒާރުތައް ހިސާނަށް އަންނަމުން ދާތީވެ، އެމްއެންޑީއެފުން އަންނަނީ ހިސާންގެ ސަލާމަތާ ގުޅުން ހުރި ކަންކަން ވަރަށް ގާތުން ބަލަމުންނެވެ.

އެމްއެންޑީއެފުން މޮނިޓާކޮށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ހިސާންގެ ސެކުއިރިޓީ ވަރުގަދަ ކުރާނެއެވެ.

މި ކަމާ ގުޅޭ ގޮތުން ދައުލަތުގެ އެއްވެސް ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި ބިލާ ގުޅިގެން، ލާދީނިއްޔަތަށް ފުރުސަތު ލިބޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ބިލަށް ފާޑު ކިޔަމުންދާ އިރު، ހިސާނަށް ރައްކާތެރިކަން ދިނުމަށް އެމްޑީޕީގެ ސަޕޯޓަރުން ދަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ބިލުގައި ވަނީ ގާނޫނުލްއުގޫބާތަށް މާއްދާތަކެއް އިތުރު ކުރަން ހިމަނާފައެވެ. އެ ގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް ނުވަތަ އިސްލާމް ދީނާއި ހިލާފު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އަގީދާއާ ގުޅުވައި މުޖުތަމައުގައި ވަކި މީހަކާ މެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގެ ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއްގެ ގޮތުގައި ސިފަ ކުރުމަކީ ވެސް ކުށެއް ގޮތުގައި ކަނޑައަޅުމަށް ބުނެފައިވެއެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. އެހެންކަމުން އެ ކުށް ސާބިތުވާ މީހެއްގެ މައްޗަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ކުށަކަށް ހަދަން މަޖިލީހަށް ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ނިރުބަވެރި ހަމަލާއެއް ދީފައި ވަނިކޮށެވެ.

މި ބިލު ތައްޔާރު ކުރީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ސަރުކާރުގެ ފަރާތުން ފޮނުވާ ބިލުތައް މަޖިލީހަށް ހުށަހަޅާއިރު ވެސް ހުށަހެޅެން އޮންނަނީ މެންބަރަކު މެދުވެރިކޮށެވެ. ހިސާނަކީ މި ބިލު ސްޕޮންސާ ކުރެއްވި މެންބަރެވެ. އާންމު ގޮތެއްގައި ބިލު ހުށަހެޅުއްވުމަށް ފަހު، ގޮތެއް ނިންމުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ވެސް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

 1. މަންމަންމީހާ

  އެހެންވެތަ ހަމަ؟
  ނޫނީ ކޮންވެސް މީހެއްގެ އާމުކޮއް ފެންނަވަރައްވުރެ ސިއްރު ގުޅުމެއް އޮންނަތީތަ؟
  މިވެރިންނައް ވެރިކަން ލިބުނީމަވެސް ރީތިކޮއް އުޅޭކަށެއް ނޭގޭވިއްޔާ.
  ގައިދީންނާއެކު ޑީލްހަދާ ވެރިކަންކަޑައޭ

  114
  3
  • ބޭބެ

   މީނާއަށް މުޅި އުމުރަށް ސިކިއުރިޓީ ދެވޭނެތަ؟ ނުވަތަ ދޭނަތަ؟ ތާއަބަދު އެމަގާމުގައި ހުރެވޭނެތަ؟ ނޫން ދޯ؟ ދެން..؟

 2. ޢައިމިނަ

  ބިލުނަގާބަލަ އޭރުންވީނުން ނުޖެހޭ ދީނާ ދެކޮޅުމީހުން ހިމާޔަތްވާގޮތަށް ބިލު ހަދާކަށް

  134
  8
  • ޢަހުމަދުވަގާރު

   ދީނަ ދެ ކޮޅުތަ

 3. ކިޔުންތެރިއެއް

  އިސްލާމްދީނެއް ނެތޭ ރާއްޖޭގައި. މިވެރިން ހިތުހުރިގޮތަކަށް ކަންކަން ނިންމަން ރައްޔިތުން ފުރުސަތުދިނީނު. މީ ރައްޔިތުން ބޭނުންވި ގޮތެއްނު. ސޯ ތިބެބަލަ ބަލަން އިސްލާމްދީނުގެ ވަސްވެސް ދިވެހި ބިމުން ފޮހެލޭތަން.

  103
  7
  • ކޮވިޑް

   ރައްޔިތުން ދިން ފުރުސަތެކޭ ނުބުނޭ މީ ހަމަ ސީދާ އިސީ ޝަރީފް ވޯޓް ވަގައް ނަގައިގެން ކުރުވި ކަމެއް. މި ޤައުމުގަ މިސަރުކާރުން ހިންގާ ކޮންމެ ޖަރީމާ އެއްގެ ޒިންމާ ނަގަން ޖެހޭނެ ޝަރީފް،

   100
   5
   • ކިޔުންތެރިއެއް

    ޝަރީފް ވޯޓު ވަގައްނެގިޔަސްވެސް ކޮބާތަ މިކަަހަލަ ހުރިހާ ކަންތަކާ ދޭތެރޭ ވިސްނަންޖެހޭ ރައްޔިތުން؟ ވެރިން ކޮންމެގޮތަކަށް ކަންކުރިޔަސް ރައްޔިތުން ނުރުހިފަ ދުރުގަ ހަމަބަލަންތަވީ؟ މީ ރައްޔިތުން ގެ ވެރިކަމެއްނޫންތަ؟ މީ ރައްޔިތުން ހޮވާފަ ތިބިބައެއްނޫންތަ؟ ސިޔާސީ ފިކުރަށްވުރެ ދީނާ ގައުމު އިސްކުރަންވީ ވަގުތު މިއޮތީ. މުސްލިމެކޭ ކިޔާ މީހަކު ދީނަކަށް ފުރައްސާރައެއް ނުކުރާނެ، މިކަހަލަ ބިލެއް ފަރުމާ ނުކުރާނެ ، މިކަހަލަ ބިލެއް ހުށައެއްނާޅާނެ. ކުރާނަމަ އެއީ ހަމަ ހުސް ލާދީނީ މީހުން.

  • ސުހާން

   ލާހިކު ކުޅަދާނައެއްނުން ތިކަން ކުރާކައް..

 4. Anonymous

  ތިޔައީ ވަރައް ނުރައްކާތެރި ބިލެއް ތިޔަބިލު ހުށައަޅާ މީހާ ވަރައް ބޮޑައް ވިސްނަންޖެހޭނެ. މިގައމަކީ މުސްލިމު ވެރިކަމެއްކުރާ މުސްލިމް ގައުމެއްކަމާ ތިޔަބިލުގެސަބަބުން ދެން ގައުމައް ވެގެންދާނެގޮތް

  115
  3
 5. Anonymous

  ތިޔައީ ވަރައް ނުރައްކާތެރި ބިލެއް ތިޔަބިލު ހުށައަޅާ މީހާ ވަރައް ބޮޑައް ވިސްނަންޖެހޭނެ. މިގައުމަކީ މުސްލިމު ވެރިކަމެއްކުރާ މުސްލިމް ގައުމެއްކަމާ ތިޔަބިލުގެސަބަބުން ދެން ގައުމައް ވެގެންދާނެގޮތް. ތިފަދަމީހުން ދެދުނިޔޭގާވެސް އުޅެންޖެހޭނީ ބިރުވެރިކަމުގެ ތެރޭގައި.

  74
  4
 6. ާައަހުމަދު

  ތި އިންޒާރުދޭ ބަޔަކު ހޯދާފަ އެމީހުންނަ ފިޔަޅުނޭޅޭތޯ؟

  24
  61
 7. އަލް އިސްލާމީ

  ދިވެހިން މާބޮޑައް ހާސް ވަނިއްޔޭ ދެން ކިޔާބަ އަސްލު އެމީހުންގެ ނަން( މުނާފިގުން )ކާފަރުން
  ނަށް ވުރެ މާނުބައި ބައެއް އެއީ#މުނާފިގް ބައިގަނޑު

  91
  2
 8. އައްބެ

  މުޅިން ޑްރާމާ، ދެންބުނޭ މިބިލާ ދެކޮޅު މީހުންނަކީ ހަރުކަށި މީހުންނޭ

  104
  1
 9. އަބްދޫ

  ލާދީނިއްޔަތު ހިމާޔަތް ކުރަން ވޯޓްދޭމީހާ ވެސް ވާނީ ކާފަރަކަށް އެމިހަކު ވާހުށީ މާތްﷲ އާއި އެކަލާނގެ ރަސޫލާ އަށާއި ﷲ ގެ ފޮތަށް ފުރައްސާރަ ކުރާމީހަކަށް. އެފަދަ މީހުން ވާހުށީ ކާފަރުންގެތެރެއިން.. ތައުބާ ސޫރަތުގެ 65،66 އާޔަތަށް ބައްލަވާލައްވާ.

  98
  2
  • ސާމާނުބެ

   އެކަން ނޭނގިގެންތަ މިއުޅެނީ

   4
   14
 10. މެން

  އެއްވެސް ބިލެއްބޭނުމެއްނޫން އިންސާނާ ހެއްދެވިފަރާތުންވަނީ ތިކަންކަމައްވެސް ގާނޫން ހަދާފަ ތޒންފީޒްކުރޭ

  82
  1
 11. މިއަދު

  ފާޑުފާޑަށް ބިލުތައްޔާރުކޮށް އެކި މެމްބަރުންގެ ނަމުގައި ހުސައެޅުމުގެބޭނުމަކީ ރަޢިއްޔަތުންޕްރެސަރކޮށް އެކިމީހުންނަށް ސެކިއުރިޓީ ދިނުން ކަމަށްވާނަމަ ތިދަނީ ރަނގަޅަށް އެއިރުންތާ ޕާޓިކުދިންގެ ޖާޙުމަތިވާނީ

  55
  2
 12. އަބްދޫ

  ދިވެހިރާއްޖޭގަ މިހާތަނަށް ކާފަރުކަންއާއމުކުރި އެއްވެސް ފަރާތެއްގެ މައްސަލަ ބަލާފައި ނުވޭ. ތިމާއަކީ މާތްﷲ ބާވައިލެއްވި ފޮތާއި އެކަލާނގެ ރަސޫލާ މުހަންމަދުގެ ފާނުގެރަސޫލުކަން ގަބޫލު ނުކުރާ މީހެކޭ ބުނިމީހާގެ މައްސަލަވެސް މިހާތަނަށް ބަލާފައި ނުވޭ. މާތްﷲ ގެ އާޔަތް ނޫންއެއްޗެއް ހޯދަން ބޭނުންވާ ވާހަކަު ބުނި މީހާގެ މައްސަލަ ވެސް ބަލާފައި ނުވޭ.ދިވެހިރާއްޖޭގަ އިސްލާމްދީނުގެ ހައްދުތައް ގާއިމުކުރަން ދެކޮޅުހަދާ އެކަންއިއުލާންކުރި މީހާގެ މައަސަލަވެސް ބަލާފައިނުވޭ.ދިވެއްސަކަށް ވެހުރެ ރަސޫލުިކަމަށް ދައުވާކުރެި މީހާގެ މައްސަލަވެސް ބަލާފަ ނުވޭ.މިފަދަ މައްސަލަތައް ނުބަލާދޫކޮށްލުމަށްވުރެ އެމީހުން ހިމާޔަތް ކުރަންރާވޭ މީހާގެ ކާފަރުކަން މާބޮޑު.

  66
  1
 13. ކޮވިޑް

  ޑްރާމާ އެ ކުޅެނީ އިންޑިއާ އިން އައްޑު އަށް އަރަން ރާވާ ރޭވުން އެ އަޑު އޮއްބާލަން

  68
  1
 14. ރެފްރީ

  އަނެއްކާއަނެއްބިލެއްފާސްކުރަންތިޖެހުނީ. މިކަނބުލޭގެއާބެހޭގޮތުންވެސް
  އެއްވެސްވާހަކައެއް ލިޔެ ދައްކާހެ ދުމަކީ ޖިނާއީކުށެއްކަމަށް ،

  22
 15. ބަޑިއެދުރު

  ޢަލީ ޙުސަ އިނު ކަހަލަ މެމްބަރު ތިޔަމަޖިލީހުގަ
  މަދުވާނެ. އެކަހަލަ ބެއިފުޅުންނަކީ ހީރޯއިން. ދެން ޙިސާނުއަށް އިންޒާރުވެސްދޭބައަކު އުޅޭނެކަމަށްވެސް ބަލަންވާނެ. ރުހޭކަންކަމުގަ އިންޒާރު ދޭމީހުނެއްނޫޅޭ. ޙިޝާނަކީ ޝޭޚުގެދަރި
  އަކަށްވާއިރު އެހެންމީހުންގެ މޫނާއި،ކަނދުރާއަށް
  ބަލައިލަގެން އުޅުނީމާ ވާނެދެރައެއްއޮތީތަ؟ ކިތަންމެގާޑުންނެއްލާއިފަތިއްބަސްމަރުވާނެ؟އެކިޔާ ސެކިޔުރެޓީންވެސްމަރުވާނެ. ހަމައެންމެބިރުން އުޅޭއެއްބަލި ކޯވިޑުވެސް ޖެހުމަކީ ދުރުގައިވާކަމެއްނޫން.

  21
 16. Anonymous

  ޔާ ﷲ ލާދީނީ ސެކިއުލަރ ނުބައި އެމްޑީޕީ ބޮޑުންގެ ކިބައިން ދިވެހީން ސަލާމަތްކޮށްދެއްވާށީ

  39
 17. މުނާފިގުކަމުން

  ބަލަ! ކީއްވެތަ އިސްލާމް ދީނަށްފުރައްސާރަކުރާ މީހުން ހައްޔަރުކުރަން ބިލަށް އިސްލާހެއް ހުށަނޭޅިގެން ތިޔައުޅޭނީ. އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް މަތީމަޤާމުތައް ދީގެން ތިޔަ އުޅެނީ. މިރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ މީހަކުނެތިއްޔާ ރާއްޖެއިން ބޭރުންވެސް އެފަދަމީހުން ހޯދައިގެން ތަންތަކުގެ ވެރިންނަށް މިލަނީ ކީއްވެހޭ ސުވާލަކީ؟

  22
 18. ގުންޑާ

  ބިރުގަންނަންޏާ ގައުމުން ބޭރައް ލައިކް ޖާރމަނީ އައް ދާންވީނު

  26
 19. އައުލާ

  އިސްލާމް ދީނަ ކީ ދިވެހިންގެ ވިންދު. ދީނަށް ފުރައްސާރަކ ކޮށް ރަސޫލާއަށް ހަޖޫޖަހާ މީހުން ހިމާޔަތް ކުރާނަމަ އެއީ މައްސަލައެއް. ދިވެހިންގެ ދީނާ ނުބެހޭ. ލާދީނީ މީހުންނަށް ހިތްވަރުލިބޭ ފަދަ ބިލުތައް ހުށަނާޅާ. އެއިރުން ރަނގަޅުވާނެ

  25
 20. Happy 321

  ޢމޑޕ އަބަދޔުވެސް މިކަހަލަ ކޮންމެވސް ދީނީ މަޅިޔެއްގަ ޖެހި ހަލާކުވެގެންދަނީ... ވިސްނާލަން ޖެހޭކަމެއް!

  28
 21. އިންޑިއާ އައުޓް

  ﷲ ސުބްހާނަހޫ ވަތައާލާ ރައްކާތެރިކަން ދެއްވި އަޅަކަށް މެނުވީ ރަށްކާތެރިކަންދެވޭނެ އެހެންފަރާތެއް ވޭތޯ ؟ ލާދީނީ މީހުންނޭ

  23
 22. ކަންކަށިފިކުރު

  އެއްވެސް ކަމަކާނުލާ މީހުން ރުޅިއަރުވާ ނުރައްކަލުގެތެރެއަށް ވެއްޓިގަނެ ރައްކާތެރިކަން ހޯދަން އުޅޭނެ ކަމެއްނެތް. ތަފާތުފިކުރުގެ މީހުން އުޅޭނެކަމާއި ތަފާތުފިކުރާއެކު އުޅުންނޫންތޯ ޑިމޮކްރަސީއަކީ. މިރާއްޖޭގެ ވެރިކަން ކުރިމީހަކަށް ވަގަށް ގޮވީ ވައްކަން ސާބިތުވެގެނެއްނޫން. މިހަމައިން ބަލަންޏާ މީހެއްގެ ބޭރު ފުށުގެ އަމަލަށް ބަލާ މިވެނި މީހަކީ މިވެނި ވައްތަރުގެ މީހެކޭ ކިޔުމަކީ އިންސާނީ ޠަބީޢަތެއް. ހަރުކަށި ބަޔެކޭ ކިޔާ ބަޔަކު ލޭބަލުކުރުމެކޭ ލާދީނީބައެކޭ ކިޔާބަޔަކު ލޭބަލުކުރުމުގެ ތަފާތެއް ނެތެއްނުންތޯ ހިސާނޫ....

  23
 23. ކަންކަށި

  އެއްވެސް ކަމަކާނުލާ މީހުން ރުޅިއަރުވާ ނުރައްކަލުގެތެރެއަށް ވެއްޓިގަނެ ރައްކާތެރިކަން ހޯދަން އުޅޭނެ ކަމެއްނެތް. ތަފާތުފިކުރުގެ މީހުން އުޅޭނެކަމާއި ތަފާތުފިކުރާއެކު އުޅުންނޫންތޯ ޑިމޮކްރަސީއަކީ. މިރާއްޖޭގެ ވެރިކަން ކުރިމީހަކަށް ވަގަށް ގޮވީ ވައްކަން ސާބިތުވެގެނެއްނޫން. މީހެއްގެ އަމަލަށް ބަލާ މިވެނި މީހަކީ މިވެނި ވައްތަރުގެ މީހެކޭ ކިޔުމަކީ އިންސާނީ ޠަބީޢަތެއް. ހަރުކަށި ބަޔެކޭ ކިޔާ ބަޔަކު ލޭބަލުކުރުމެކޭ ލާދީނީބައެކޭ ކިޔާބަޔަކު ލޭބަލުކުރުމުގެ ތަފާތެއް ނެތެއްނުންތޯ ހިސާނޫ....

 24. އަސްލު

  އެއްޗެކޭ ކިޔާފަ ސެކިއުރިޓީ އަށް އެދެންވެސް މޮޅު އުކުޅެއް....

 25. Anonymous

  މަރްޙޫމް ޝައިޚް ޙުސައިން ޔޫސުފަށް ރަހްމަތް ލައްވާށި، އަދި އޭނާގެ ދަރިންނަށް ހިދާޔަތު ދައްކަވާ ދީނަށް ނަސްރު ދޭ ބައެއް ކަމުގައި ލައްވާށި

 26. މޫސާ

  ސައިތާނުން ބިރުގަންނާގެ އެމީހުންގެ މަޖިލިސް ތަކުގަ ގުރާންނުގެ އަޑުއިވުނީމަ ބިރުންތެޅިފޮލޭނެ
  ކިތަންމެ ވަރުގަދަ ސިކުރިޓީޔަ އޮތަސް ﷲގެ ވަގުތު ނިމުނީމަ އެކަކަށް ވެސް ކޮއްދެވޭނެ ކަމެއް ނޯނާނެ ﷲގެ ދީން މިބިންމަތި ނުދާނެ ހިސާނު ވިސްނާލާ ސަމޫތު ބާގާގެ މީހުންގެ ވާހަކަ ވަގުތު ޖެހުމުން ކިހިނައްވީ

 27. އެލެކްސް

  ބަޑި ބުރާސްފަތި.

 28. އަލީ

  މީހަކު މީނަދެކެ ލޯބިވެގެން އިންޒާރެއްނުދޭނެ. ޢެއައްވުރެން ކަޑަ. ޢެއްޗެއްނެތއތާކައް ދެވަނަ ވިސްނުމަކައްވެސް ދާންޖެހިދާނެ.

 29. ލާދީނީ

  ލާދީނީން ވަރައް ރުޅިެއަންނަ ކަމެއް ލާދީނީ އޭ ކިޔުން. މި ޝައިތާނުންތައް ދީނާބެހުނަސް ރަސޫލާއައް ފުރައްސާރަ ކުރިޔަސް މިމީހުންނާއި ދިމާލައް އެއްޗެއް ކިޔައިގެނެއްނުވޭ. ޢެހާ ތިން ސްކިންޑް ބަޔެއް އެމްޑީޕީގެ ލާދީނީންނަކީ. ވީހާވެސް ގިނައިން ލާދީނީ ގޮވަންވީ. ކިތައްހާސް މީހުން ޖަލައްލެވޭނެ ކަމައްބާ މިއުޅެނީ.

 30. ތިބިލަށް 0 ތާޢީދު

  މަށަކީ މީ މޑޕ އަށް އެއްވެސް އިރެއްގައި ތާޢީދު ކުރި މީހެއް ނޫނެވެ. އެކަމަކުވެސް ބުނަންޖެހެނީ، އެ ބިލްގައި އޮތީ ކޮން ނުބައި ކަމެއް ހެއްޔެވެ؟ އެއީ ކުރުމަށް މާބޮޑަށް ވެސް ލަސްވެއްޖެ ކަމެކެވެ. ރ. ނަޝީދަކީ ވެސް މިބިމަށް ﷲ އުފަން ކުރެއްވެވި ދިވެހި ދަރިއެކެވެ. މިޤައުމުގައި އެމަނިކުފާނަށް އުޅުމުގެ ޙައްޤު އޮންނާނެއެވެ. ތެދެކެވެ! ހުޅަނގުގެ ޤައުމުތަކާއި، މީހުންނާ ވަރަށް ގުޅުން ބަދައްސެވެ. ބައެއްފަހަރު އަޑުއަހަން އުނދަގޫވާ ޒާތުގެ ބަސްފުޅު ވިދާޅުވެއެވެ. ނަމަވެސް ކިތަންމެ ފަހަރަކު ތިމަން މަނިކުފާނަކީ މުސްލިމެކޭ ވިދާޅުވެއެވެ. އަދި މިސްކިތުގައި ހުކުރު ކުރައްވަނިކޮށް ޓީވީ އިން ފެނެއެވެ. އަޅާނުލާ ދޫކޮށްލައިފިއްޔާ ކޮންމެފަދަ މީހަކުވެސް ކާފަރަކަށް ހަދައި، އުޅުމާ ނުކުޅަދާނަ ވަރުކޮށްފާނެ އެވެ. ފިޠުނަޔަށް ޖާގަނުދީ، ވީހާވެސް އަވަހަކަށް ތިބިލް ފާސްކުރަންވީ އެވެ! ދިވެހި ބިމަކީ ހުރިހައި ދިވެހިންގެ ތަރިކަ އެކެވެ. ވަކި ބައިގަނޑެއް އަތްގަދަކޮށް، އެ ބައިގަނޑު ނުރުހޭ މީހަކު ބުލީ ކުރުމަށް ޖާގަ ދެވިގެނެއް ނުވާނެއެވެ!

 31. ހ މ ޒ

  اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.

 32. ހ މ ޒ

  އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ.

 33. ރައްޔިތުން މަޖިލީހުގައި ތިއްބަވަނީ ހަތަރު އަންހެން މެމްބަރުންނެވެ.

  އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، أمان ވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ!

 34. ދެރާ

  މަރްޙޫމް ޝައިޚް ޙުސައިން ޔޫސުފަށް ރަހްމަތް ލައްވާށި، އަދި އޭނާގެ ދަރިންނަށް ހިދާޔަތު ދައްކަވާ ދީނަށް ނަސްރު ދޭ ބައެއް ކަމުގައި ލައްވާށި.

 35. ޝަފީގާ

  ބުނަންތަ ފާޑު ފާޑު ބިލު އިސްލާމީ ހައްގުތައް ނިގުޅައިގަންނަން ނުހުދޭނެ. ބިލުގަނޑުން ސަޓަނި ހަދާލާނަން.

 36. ސަލްމާ

  ސެކިއުލަރިސްޓުން މިގައުމުން ބާލާ..ސެކިއުލަރިސްޓުން މިގައުމުން ބާލާ..ސެކިއުލަރިސްޓުން މިގައުމުން ބާލާ..ސެކިއުލަރިސްޓުން މިގައުމުން ބާލާ..ސެކިއުލަރިސްޓުން މިގައުމުން ބާލާ..ސެކިއުލަރިސްޓުން މިގައުމުން ބާލާ..ސެކިއުލަރިސްޓުން މިގައުމުން ބާލާ..

  3
  1
 37. ރައްޔިތުން

  އިސްލާމްދީން އޮތީ ބާރުގަދަކޮއް އަދި ބަދިކޮށެވެ. އިސްލާމްދީނައް ހަޖޫޖެހުމާއި ދީނައް ފުރައްސާރަކުރުމާއި ގޯނާ ކުރުމަކީ އެކަން ކުރާ ކޮންމެބަޔަކައްމެ ނުރައްކާތެރިކަމެއްކަން ހިތުގެ އަޑީން ކަށަވަރުކުރާށެވެ. އިސްލާމްދީނަކާއި ނުކުޅެވޭނެ.

 38. ހުސޭނުބެ

  ހަރުކަށި މީހުން ހައްޔަރުކުރޭ

 39. Anonymous

  ދީނީ ބައިގަނޑު ހައްޔަރުކުރޭ އިންޒާރުދެނޔާ

 40. ދީނީބަކަރިންގރބަލާ

  ތިބައިގަނޑަށް އެނގޭނީ އަބަދުވެސް ތިހެން އުޅެން

 41. ޔާމިން

  ތިޔައީ ވަރައް ނުރައްކާތެރި ބިލެއް ތިޔަބިލު ހުށައަޅާ މީހާ ވަރައް ބޮޑައް ވިސްނަންޖެހޭނެ.

 42. ނަޝީދު

  ހިސާނަށް އިންޒާރުތައް އަންނާތީވެ ސެކިއުރިޓީ ދެނީ ދީބަލާނިކަން މިތިބީ ފެނުންލަސްވެފާ

 43. މާރިޔާ

  އެމްއެންޑީއެފުން އަންނަނީ ހިސާންގެ ސަލާމަތާ ގުޅުން ހުރި ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. ހެހެ ނުކުޅެވޭނެ ދީނަކާ

 44. ޅ.ނޫރާނީއާގޭ

  އެ ކުށް ސާބިތުވާ މީހެއްގެ މައްޗަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.އިމްރާނޫ ކީކޭތަމިކިޔަނީ

 45. ޔާމިން

  މި ބިލާ ގުޅިގެން، ލާދީނިއްޔަތަށް ފުރުސަތު ލިބޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ބިލަށް ފާޑުކިޔަމުންދަނީ