ދުއްވާފައި ދިޔަ ސައިކަލެއް ގާޑިޔަލެއްގައި ޖެހި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓަށްފަހު ސައިކަލް މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހި ހިނގި އެއެކްސިޑެންޓްގައި ސައިކަލް ފަހަތުގައި އިން ޒުވާނަކު ވަނީ ނިޔާވެފައެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓް ވުމުންވެސް މަޑުނުކޮށް ދިޔަ މީހާ އިއްޔެ 17:00 ކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއެކްސިޑެންޓްގައި ނިޔާވީ ސައިކަލުގެ ފަހަތުގައި އިން އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒީދުއެވެ. ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކާ އެކު އެކްސިޑެންޓް ހިނގި ތަނުގައި ލޭގެ ކޯރެއް ހެދިފައި އޮތެވެ. އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.

އެކްސިޑެންޓް ވުމާއިއެކު އިސްމާއިލް ޔަޒީދުގެ ރަހުމަތްތެރިޔާ ސައިކަލް މަޑުނުކޮށް ފިލީއެވެ. އޭނާ އިއްޔެ ހައްޔަރު ކޮށްފައިވާކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް އޭނާގެ ވަނަވަރު އަދި ހާމައެއް ނުކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަކޫން

    ތިޔަވާނީ ރޯޔަލް ފެމިލީ މީހަކަށް އެހެން ނޫނީ ކީއްވެ ވަނަވަރު ހާމަ ނުކުރަންވީ އެހެން ނޫނީ އެހެން މީހެއް ތިޔަ ހައްޔަރު ކުރީ

    19
  2. ށަވިޔަނި

    ފޭކު ރަހުމަތްތެރިއެއް

    31
  3. ކޮއްޕަން

    "އެކްސިޑެންޓް ވުމާއިއެކު އިސްމާއިލް ޔަޒީދުގެ ރަހުމަތްތެރިޔާ ސައިކަލް މަޑުނުކޮށް ފިލީއެވެ...."
    މިކަހަލަ ރަހްމަތްތެރިން ގެންގުޅޭނީވެސް މިކަހަލަ މީހުން

    27
    6