އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ތާއިދު ނުކުރައްވާނެ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ޖުޑީޝަލް ސާވިސް ކޮމީޝަންގެ ރައީސް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލާއެކު ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެ ބިލަކީ ލާދީނީ ފަތުރުމުންދާ ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެކަމާ ގުޅުވައި އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާކޮށްފައިވާ ގޮތަށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފުނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ.
"މިއާ އިދިކޮޅަށް ފާސްކުރަން އުޅޭ އެއްވެސް ގާނޫނަކަށް އަޅުގަނޑު ތާއިދެއް ނުކުރަން،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތައް، އިސްލާމް ދީނުގެ އަސްލަކާއި ޚިލާފު ނުވާގޮތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަން އޮންނަން ޖެހޭނެ. މިއާ އިދިކޮޅަށް ފާސްކުރަން އުޅޭ އެއްވެސް ޤާނޫނަކަށް އަުގަނޑު ތާއީދެއް ނުކުރާނަން.
— Ali Hussain (@AleeVoice) June 1, 2021
އެ ޓްވީޓްގެ ތަފްސީލު "ވަގުތު" އާ ހިއްސާ ކުރައްވަމުން އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގެ މަސްދަރަކީ އިސްލާމްދީން ކަމަށާއި، ބަޔަކު ދީނާ ހިލާފު ވާހަކައެއް ދައްކާނަމަ އެއަށް ބަސް ނުބުނެވޭ ގޮތަށް ނިންމާ ހުރިހާ ނިންމުމަކީ ގާނޫނޫ އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.
"އިސްލާމް ދީނާ މީހަކު ޚިލާފުވީމަ، ޚިފާލުވެއްޖެއޭ ބުނެވެން ޖެހޭނެ، އެ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ނެތިއްޔާ ގާނޫނު އަސާސީގެ އެންމެ ބޮޑު ހައްގު އެ ދަނީ،" އަލީ ހުސައިން ވިދާޅުވިއެވެ.
ބިލުގެ ދިފާއުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ އެއީ ވަކި ފަރާތަކަށް ބުރަވެގެން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށެވެ.
ބިލް ހުށައެޅުއްވި މެމްބަރު ހިސާން އަށް މީސް މިޑިއާގައި އިންޒާރުދެމުން ދާތީ އެމްއެންޑީއެފުން ދަނީ އޭނާގެ ސަލާމަތީ ކަންކަން ގާތުން ބަލައި އެކަންކަން ދިރާސާ ވެސް ކުރަމުންނެވެ.
އެމް.އެމް.ޕީ.އާރު.ސީ އިން ބައިއެޅުނު ލާރިގަނޑު ދެނީ ކޮންއިރަކުން.
މީނަ ތަޢުލީމު އުނގެނި ވަޑާއިގަތީ ތަޢުލީމު ދިޔާނާ އިން
ޙަސަދަވެރިވިއަސް އެސޮރު ވަރުގެ ގާނޫނީ އިލްމު ލިބިފަހުރި ބޭފުޅަކު މަޖިލީހުގަ ނުހުންނާނެ.
ތީ ދިވެހިދަރިންނަކީ ހައްގުބަސްބުނަންޖެހޭނެ އިންޝާﷲދެން އެބައިގަޑަކައް ދުވަހަކުވެސް މެޖޯރެޓިއެއްނުލިބޭނެ
ޢިސްލާމްދީނުގެ އަސްލަކ ޚިލާފު ނުވާގޮތަށް ޚިޔާލުފާޅުކުރެވެންޖެހޭނެ. ކާފަރެކޭ ބުނެވިދާނެ. އެކމަކު އިސްރާ މިއުރާޖަށް އިންކާރެއް ނުކުރެވޭނެ! އެއީ ޑިމާރކޝަން ޖަހާ ހިސާބަކީ.
ބަލަ ފެހި ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް މިނިވަންކަން ރމ ހޯދައިދިނީ ތިބުނާ މީހާ ގެ ބާރު އޮތް ޕާޓީއަކުންނޫން. ޢޭރު ތިއްބެވި މެނަބރުންގެ ހިކުމަތްތެރިކަމަުން. އެންމެެ ބޮޑަށް މަސައްކަތްކުރެއްވީ އޭރުގެ މާލޭގެ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާ. ދެން އެހެންމީހުން ހުރިހާ ކަމެއް ކޮށްނިމުނީމާ ރަށަށް ފުންމާލައިގެން މަންޑޭލާ ހެދިގެން އުޅުނެއްކަމަކު އެކަން ގަބުލުކުރަނީ މަދު ތި ކަހަލަ ބޯބުރާތީން. ފެހި ގާނޫނު އަސާސީގެ ފޮނި މީރުކަމަކީ އަހަރެމެން އެންމެން ހޯދި އެއްޗެއް. ވަކި މީހަކަށް މިލްކެއް ނުކުރެވޭނެ. އަދި މިލްކު ކުރެވުނީ ކަމަށް ހީކޮށް އެ ބަދަލު ކުރަން މިއަދު ނޫޅޭ!!!!! ރައްޔިތުން ބަލައެއް ނުގަންނާނެ! ކޯޓުތަކުން ބަލައެއް ނުގަންނާނެ! ލަދުގެ ކަންފުޅެއްވެސް ނެތީތޯ ހަމަ؟؟؟ ސަހަރޯއޭ ހަމަ ހީވޭ. ބުނާނެ އެއްޗެއްވެސް ނޭގިފަ މިހުރީ.
މިއަދުވެސް ހައްގުބަސް ބުނުމުގައި ދެމިހުންނެވި އިބްުރާ އަލީހުސޭނުގެ ޓްވީޓަށް ރައްދު ދެއްވަންޖެހޭ. މި ގައުމުގެ ހައްގުގައި.
އަލިކޮއިގެ ތާއީދު ބޭނުމެއްނުވޭ އަބުރުގެ ގާނޫނުނައްވެސް ތާއިދުނުކުރަމެއްނުން. ޢެކަން އެމީހުން ކުރި ހެޔޮވިސްނޭމީހުން މިދެގާނޫނައްވެސް ތާއީދު ނުކުރާނެ !!!!!
ބަލަ ދެން އެހެން ވިއްޔާ ތިޔަ ލާދީނީ ކޯލިސަނުން ދުރުވެ މިނިވަން މެމްބަރ އަކަށް ވާން ވީނު؟ ކޮން މަޖުބޫރެއް އޮވެގެން ލާދީނީ ކޯލިޝަންގަ ތިހުންނަނީ؟
ސާބަހޭ އަލީހުސޭން ތިޔައީ ގައުމާދީނަށްޓަކައި ބުނަންބޭނުން އެއްޗެއްބުނާނެ މީހެއްކަމުގައި ގަބޫލުކުރަމެވެ އެކަމަކު ސޯލިހުވެސް ހުވާކުރީ އިސްލާމްދީނަށް ހުރުމަތްތެރިކޮށްހިތުމަށެވެ އޭނަވެސް ދޮގުހެދީ އަލީބެވެސް ތިހެންބުނެފަ އޭނަ ފަދައިންނުވާށެވެ.
ގާނޫނުއަސާސީގަ އެބައޮތް އިސްލާމްދިނާއި ހިލާފަު ވާގޮތަށް ފާސްކުރާ ގާނޫނޫނު ވިޔަސް އެފަދަ އަކުރެއްވިޔަސް ބާތިލް ކަމަށް ވީމާ އިސްލާމްދީނާއި ހިލާފުނަމަ ފާސްކުރިޔަސް އެފާސްކުރުން ބާތިލްވާނެ.
ސާބަހޭ އަލީހުސޭން