ހއ. ހޯރަފުށީގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ފައިސާއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ލިބޭނެ ކަމަށް އެއޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ހޯރަފުށީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އަނދާފައިވަނީ މުހައްމަދު ސުހައިލް ބުރަ މަސައްކަތުން އެއްކޮށްފައިވާ ފައިސާއެވެ. އެއީ 5،340 ރުފިޔާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "ވަގުތު" އަށް ވިދާޅުވީ، އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމަށް ނުބެލޭ ކަމަށާއި އެއީ އެގެ ވައިރިން ކޮށްފައި ހުރި ގޮތުން ހިނގާދިޔަ ހާދިސާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ހާދިސާއާއި ގުޅިގެން އެމްއެމްއޭގެ މީޑިއާ އޮފިޝަލް މުހައްމަދު ނާސިހު "ވަގުތު" އަށް ވިދާޅުވީ، އެހާދިސާގައި އަނދައިގެން ދިޔަ ފައިސާ، ފައިސާ ބަދަލު ކުރަން ހުށަހަޅާ ފޯމު ހުށަހެޅުއްވުމުން ގައިޑްލައިނާއި އެއްގޮތަށް ފައިސާ ބަދަލު ކޮށްދޭނެ ކަމަށެވެ.

އެމްއެމްއޭގެ ގަވައިދު ބުނާ ގޮތުން ނަމަ، ލިފާނުގެ ހާދިސާއަކުން ނުވަތަ ގުދުރަތީ ހާދިސާއަކުން ހަލާކުވެފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއްގެ އުނިވެފައިވާ ބައި އެކީގައި ނެތިގެން ގޮސްފައިވާ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ވަރުގެ ހެކި ލިބިފައިވާ ނަމަ، އެ ނޫޓެއް ނުވަތަ ފައިސާފޮއްޗެއްގެ ސިއްކައިގެ އަގު ދެވޭނެއެވެ.

އެހެން ކަމުން އެއީ އަލިފާނުގެ ހާދިސާއަކުން ހިނގައިދިޔަ ކަމެއް ކަމުން އެ ފައިސާއަށް ގަވައިދާއި އެއްގޮތަށް ބަދަލު ލިބޭނެއެވެ.

އަލިފާނުގެ ހާދިސާގައި ރޯށަނީ ގޭގައި ބޭނުން ކުރާ ތަކެއްޗަށް ގެއްލުންވެ، ދިރި ނޫޅެވޭ ވަރު ވުމާއި ގުޅިގެން ރަށުގެ ކައުންސިލުން ވަނީ ބިދޭސީ މީހާ އަންނާރުމާ ގެއަށް ބަދަލު ކޮށްފައެވެ. އެގެއަކީ އެއީ ބިދޭސީން ދިރިއުޅެމުން އަންނަ ގެއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ާަައާސިޔާ މޫސާ

  ތި ގަވާއިދާ އެއްގޮތަ އުޅޭ މީހެއްބާ؟

  • ހިޔެއް

   ހިޔެއް ނުވޭ ޤަވާއިދާ އެއްގޮތަށް އުޅޭ ގޮލައެއްހެނެއް.. ކެމްޕޭނު ތެރެއިން އެރަށަަށް ގޮސްގެން އުޅުނު އިރު ތި މީހާ ފެނުނު..ވަކިން ހުންނަ ފަޅު ގެއެއްގަ އެކަނި އުޅޭ ގޮލައެއް.. ބަޔަކު ވަދެ ރޯކޮށްލިނަމަ ފައިސާކޮޅެއް ނުބަހައްޓާނެ އެހާ ހާމައަށް ހުރިތަނެއްގައެއް..

   1
   1