މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަކީ ލާދީނިއްޔަތު ފަތުރަން ހުށަހެޅި ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބިލަށް ފާޑުކިޔަމުންނެވ. ހިސާންގެ ދިފާއުގައި ނުކުމެ އެމްޑީޕީގެ ސަޕޯޓަރުން ވެސް ދަނީ މީސް މީޑިއާގައި އަޑު އުފުލަމުންނެވެ.

މި ބިލާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު ކޯލިޝަންގެ މެންބަރުން ވެސް މީސް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ. އަދި ލާދީނީ ފިކުރު ފަތުރާ މީހުން ފާހަގަކޮށް އެ މީހުނަށް އަދަބު ދޭން ގޮވާލުމުގެ މިނިވަން ކަން އޮންނަން ވާނެ ކަމަށް މެންބަރުން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މި ބިލަކީ ލާދިނިއްޔަތު ފެތުރުމަށް މަޖިލީހަށް ފޮނުވި ބިލެއް ކަމަށެވެ. އަދި މި ބިލާއި އެކު ރާއްޖެ "ސެކިއުލާ ސްޓޭޓް" އަކަށް ވެގެން ދިއުމަށް މަގުފަހިވެގެން ދާނެކަން ފާހަގަކުރައްވިއެވެ.

"މި ވަރަށް ނުބައި މިސްރާބަކަށް ރާއްޖެ ގެންދިއުމަށް ކުރާ މަސައްކަތެއް. މި ބިލުން ނިކުންނަ ނަތީޖާ ގޯސްވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. އެއީ އިސްލާމީ ހަޟާރާތް ދަމަހައްޓާ، އިސްލާމްދީން ފެތުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅިގެން ދާނެތީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވާ ގޮތުން ގާނޫނު އަސާސީގައި މި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ކަނޑައަޅާފައި ވާއިރު، ގާނޫނުތަކުގެ މަސްދަރަކީ ވެސް އިސްލާމް ދީނެވެ.

ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ އެ މެންބަރު ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހާ ކުށްވެރިނުވެ، ފުރައްސާރަކުރަ ކުރާ މީހާއާ ދެކޮޅަށް ބަސް ބުނާ މީހާ ޤާނޫނުން ކުށްވެރިކުރުމަށް މަސައްކަތް ކުރާ ފަރާތްތަށް އެކުރާ ކަމަކީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ މަސައްކަތް ކަމަށެވެ.

"ދީނަށް ކުޑައިމިސްކޮށް ގާނޫނެއްގެ މާއްދާއަކަށް ގެންނަ އިސްލާހެއްގެ އަކުރެއް ވިޔަސް އަދި ފިއްޔެއްވިޔަސް ވާނީ ބާތިލް އެއްޗަކަށް،" ޝިޔާމް ވިދާޅުވިއެވެ.

ޕީއެންސީގެ ނާއިބު ރައީސް، އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވަނީ އިސްލާމް ދީނުގެ ހަމަތަކަށް ފުރައްސާރަ ކުރާނަމަ އެ މީހަކަށް "ލާދީނީ" ގޮވެން ޖެހޭނެ ކަމާއި އެ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން އޮންނަން ޖެހޭނެ ކަމަށެވެ.

"ގައުމިއްޔަތުގެ ހުރުމަތް ކަނޑައި، ތިމާގެ އަމިއްލަ ގައުމަށް އިހްތިރާމް ނުކޮށް، ގައްދާރުވާނަމަ، ލާޤައުމިއްޔަތޭ ބުނެއުޅޭ. ހަމައެފަދައިން، ދީނުގެ ހަމަތަކަށް ގޮންޖަހައި، އިސްލާމް ދީނުގެ ހުރުމަތް ކަނޑާ، ކިލަނބުކޮށް، ޖާހިލިއްޔަތު ކުރިއަރުވާނަމަ ލާދީނީއޭ ބުނެއުޅޭ." ސައީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައިވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ނުވަ މެންބަރުން ތިއްބަވައެވެ. މި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީގެ 65 މެންބަރުން ތިއްބަވާއިރު، ޕާޓީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅު ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީގެ ތެރެއިން މި ބިލާ ދެކޮޅު ކަން "ވަގުތު" އާ ވާހަކަ ދައްކަވަމުން ކަށަވަރު ކޮށްދެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު (އިއްސެ) ވެސް ދީނަށް ފުރައްސާރަ ކުރަން ޖާގަ ދެވެން ނުވާނެ ކަމަށް ވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. އެކަމަކު ބިލާ ދެކޮޅު ކަން ސީދާ އަދި ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އިބްރާ

  ޢާއްމުކޮށް އަޅުގަނޑު ދަންނަވާނީ އެމްޑީޕީގެ ގިނަ މެމްބަރުންނަކީ އެބައިމީހުންނަށް ދީނީ ކައުންސިލިން ވ ބޮޑަށް ބޭނުންވެފައި ތިއްބެވި ބޭފުޅުންނެވެ. އެމްޑީޕީގެ ފިކުރަކީ އަބަދުވެސް ދިވެހިރާއްޖޭގަ ދީނަށް ލޯބިކުރާ ގިނަބަޔަކު އެ ފިކުރަށް ތާޢީދު ނުކުރާ ފިކުރެކެވެ. ވެރިކަމަށް އައުމަށްފަހު އަބަދުވެސް ފެނިގެންދަނީ އިސްލާމްދީނުގެ ކަންކަމުގައި ފަހަތުފަޔަށް ބުރަވާތަނެވެ. އަދި އިސްލާމްދީނުގެ ޢަދުއްވެއްނަމަ އެފަރާތަކާއި ކައިރިވާ މަންޒަރެވެ.

  21
  2
 2. ސސ

  ދިވެހިރާއްޖެ އަބަދުވެސް އޮންނަންވާނީ އުތީމް ބޮޑުތަކުރުފާނު ޤައުމު ބިނާކުރި ޕުރިންސިޕަލް މަތީގައި ދިވެހިން އެޕުރިންސިޕަލް ކުރިއަރުވަން މަސައްކަތްވެސް ކުރަންޖެހޭނެ.
  އުތީމް ބޮޑުތަކުރުފާނު ޕުރިންސިޕަލް :
  1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން.
  2/ ދިވެހިންނަކީ ސުންނީ މުސްލިމުން.
  3/ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިލު އިސްލާމީ ޤައުމެއް.
  4/ ދިވެހިންގެ ބަހަކީ ޢަރަބިތާނަ ދިވެހިބަސް.

  30
 3. ފަރީދު

  މިހާރުގެ ސަރުކާރުގައި މިތިބިމީހުން ކުރިންކީހާޅެން މިހާރުވެއްޖެ ފަރިއްސަށް

  20
  1
 4. މުނާޒު

  ! ކީއްވެތަ އިސްލާމް ދީނަށްފުރައްސާރަކުރާ މީހުން ހައްޔަރުކުރަން ބިލަށް އިސްލާހެއް ހުށަނޭޅިގެން ތިޔައުޅޭނީ. އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް މަތީމަޤާމުތައް ދީގެން ތިޔަ އުޅެނީ. މިރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ މީހަކުނެތިއްޔާ ރާއްޖެއިން ބޭރުންވެސް އެފަދަމީހުން ހޯދައިގެން ތަންތަނުގެ ވެރިންނަށް މިލަނީ ކީއްވެހޭ

  24
  1
 5. މުންތާޒު

  ! ކީއްވެތަ އިސްލާމް ދީނަށްފުރައްސާރަކުރާ މީހުން ހައްޔަރުކުރަން ބިލަށް އިސްލާހެއް ހުށަނޭޅިގެން ތިޔައުޅޭނީ. އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް މަތީމަޤާމުތައް ދީގެން ތިޔަ އުޅެނީ. މިރާއްޖޭގައި ދީނަށް ފުރައްސާރަ ކުރާ މީހަކުނެތިއްޔާ ރާއްޖެއިން ބޭރުންވެސް އެފަދަމީހުން ހޯދައިގެން ތަންތަނުގެ ވެރިންނަށް މިލަނީ ކީއްވެހޭ

 6. އާކިފް

  ހާދަ މޮޔަ ބިލްއެކެވެ.

 7. ޟޟމ

  ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް
  ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
  އާދޭސް ކޮށްފައި ދަންނަވަމެވެ.
  ހެޔޮ ނުވާނެ އެވެ. އިސްލާމް ދީނަށް ފުރައްސާރަ ކޮށް ލިޔުންތައް ލިޔެ ހަދާ މީހުން ނަށް ފިޔަވަޅުއަޅައި ދިނުމަށް ބިލެއް ހުށަހަޅާ ދެއްވާށެވެ.
  މަޖިލިހަށް ވެއްދި މެމްބަރަށް ﷲ އަށްޓަކައި ދުޢާކޮށް ދޭނަމެވެ.

 8. Anonymous

  ބިލުގަ އޮތީ މުސްލިމުންގެ ވާހަކަ. ދީނަށް ފުރައްސާރަކުރާ މީހުނެކޭ ނެތް އެޔަކު. ޥާނުވާގަތަ

 9. ގޯވިނުބާއީ

  ކޮބާ ކިހިނެއްތޯ މިވަނީ އެދިގުރާސްތާ ވެރި ކަމުގަ ގޮވިގޮވެލިފަތީގެ ހިތިރަހަ ކަރުބުޑުގަލީތޯ މުސްކުޅިންބުނޭ އެމީހަކު ފޭއްސުނު އިލޮއްޓެއް ވަންނާނީ އެމީހެއްގެ ލޮލަށޭ މީހަކުގޮވި ޕޯޑިެމްގައި ހަޖޫޖަހާށޭ ފުރައްސާރަވެސް ކުރާށޭ އެކަމަކު މިއަދުމިފެންނަނީ ހަޖަމް ނުވެގެން އުޅޭ މަންޒަރ ވެދުން

 10. ހުސް

  މިއަދު ގާނޫވެ، ދީންވެސް ބަދަލުކުރެވިދާނެ، އެކަމު މަހުސަރު ދުވަހު ކީއްކުރާނީ؟ އަދިއޭގެ ކުޜީގަ ވޯޓުން ތިކަން ދައްކާނަން...

 11. އަބްސީ

  ޤާނޫން ފާސްކުރިޔަސް އުލަކަށް އެމުނިޔަސް އިސްލާމްދީނަށް ފާޅުގައި އެއްޗެހި ކިޔާމީހުނަށް ލާދީނީ ގޮވާނަން އިންޝާﷲ، މި ދިވެހި ފަސްގަނޑުގަ